Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލޭގެ ބިމުގެ މައްސަލަ

ހުޅުމާލޭގެ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

30 ޑިސެމްބަރު 2021 | ބުރާސްފަތި 06:56

ހުޅުމާލެ ބިމުގެ މިލްކުވެރިކަމާ މެދު އޮތީ ގާނޫނީ ބަހުސެއް އުފެދިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޑިސެމްބަރު 2021 | ބުރާސްފަތި 06:56
ހުޅުމާލެ،

ހުޅުމާލެ،

ސަރުކާރުގެ ވިޔަފާރި ކުންފުނި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލްކުރަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ސިޓީ ކައުންސިލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފްކުރުމަށް ހައި ކޯޓަށް ހުށަހެޅީ އަންގާރަ ދުވަހު ކަމަށެވެ.

Advertisement - newsAdvertisement

ހުޅުމާލެ ބިމުގެ މިލްކުވެރިކަމާ މެދު ގާނޫނީ ބަހުސެއް އުފެދިފައިވާއިރު، މި މައްސަލައިގައި ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެމުން ބުނެފައިވަނީ، އެޗްޑީސީގެ ނަމުގައި ހުޅުމާލެ ފޭސް އެކެއް އަދި ދޭއް ހަދާފައިވާ ބިމުގެ ރަޖިސްޓްރީތައް މާލެ ސިޓީ ކައުންސިލުން ބާތިލުކޮށްފައިވާކަމަށް އަންގާފައިވާތީ، އެ ނިންމުމަކީ ޤާނޫނު އަސާސީގެ 40 ވަނަ މާއްދާއާއި، ޤާނޫނު އަސާސީގެ 233 ވަނަ މާއްދައާއި، ބިމާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާ ޚިލާފަށް އެކައުންސިލުން ނިންމާފައިވާ ޣައިރު ޤާނޫނީ ނިންމުމެއް ކަމަށެވެ.

އެޗްޑީސީން، ހުޅުމާލޭގެ ބިން ހިއްކުމަށް ސަރުކާރުން ކުރި ޚަރަދާއި، ސަރުކާރަށް ނަގާފައިވާ ދަރަންޏާ ހަވާލުވެ، އެ ޚަރަދާއި އެ ދަރަނީގެ ޖުމްލަ އަގަށްވާ ހިއްސާ ސަރުކާރުގެ ނަމުގައި އެކުންފުނިން އެކަށައަޅައި، އެ ހިއްސާތަކުގެ މުޤާބިލުގައި، ހުޅުމާލޭގެ ބިން އެޗްޑީސީގެ އެސެޓެއްގެ ގޮތުގައި ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބިންތަކެއްކަން، މާލެސިޓީ ކައުންސިލުންގެ ފަރާތުން އެޗްޑީސީއަށް ހަދާދީފައިވާ ހުޅުމާލެ ރަޖިސްޓްރީއަށް ބެލުމުން އެނގެން އޮންނަ ކަމެވެ. ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާން ޖެހޭކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އާންމު ޝަރުތުތަކަށް ބަލާއިރު، ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ ބިމަކީ، ދަޢުވާ ކުރާ އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ބިންކަން، އެ ދެ ބިމަށް ހަދައިދީފައިވާ ރަޖިސްޓްރީން އެނގެން އޮތުމުން، އެ މައްސަލާގައި ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އެޗްޑީސީއަށް ލިބިގެންވާކަން އެނގެން އޮންނަ ކަމަށް ވެސް ސިވިލް ކޯޓުން ބުނެއެވެ.

ސިވިލް ކޯޓުން އިތުރަށް ބުނީ، ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައިވާ ބިމުގައި ހިމެނޭ، އަމިއްލަ މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބިންތައް ފިޔަވައި، ދެން އޮންނަ އެންމެހާ ބިންތަކަކީ އެޗްޑީސީގެ މިލްކުގައިވާ މުދަލެއްކަން، އެ ބިންތަކަށް މާލޭސިޓީ ކައުންސިލުން ހަދައިދީފައިވާ ރަޖިސްޓްރީތަކުން އެނގެން އޮންނަ ކަމަށާއި، އެ ރަޖިސްޓްރީތައް ބާތިލު ކުރުމުގައި މާލޭސިޓީ ކައުންސިލުން އަމަލުކޮށްފައިވާ ގޮތަކީ، އެކަންކަމުގެ މައްޗަށް ކަނޑައަޅައި ބަޔާންކުރެވި، އިސްތިޤްރާރު ކުރެވިފައިވާ ޤާނޫނުތަކާއި ތަޢާރުޟުވާ ގޮތެއްކަން އެނގެން އޮތުމުން، ވަގުތީ އަމުރަށް އެދޭ ފަރާތަކަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ހައްގެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު، ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައި އޮތްކަން އެނގެން އޮންނަ ކަމަށެވެ.

ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ ރަޖިސްޓަރީ ބާތިލުކުރުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށާއި މާލެސިޓީ ކައުންސިލްގެ އެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށާއި، ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން ލިބިފައިވާ އެންމެހާ ޤާނޫނީ ޙައްޤުތަކާއި، ބިމާ ގުޅިގެން ކުރަމުން އައި އެންމެހާ ކަންކަމާއި، ހުޅުމާލެ ތަރައްޤީ ކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީން ކުރަމުން އައި ކަންކަމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި، ކުރަމުންދާނަމަ އެކަމެއް ހުއްޓުވައިދިނުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް