Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އުމްރާނީ ތަރައްގީގެ މަޝްރޫއުތައް

މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް މަޑުޖެހުމެއް ނެތް

ސަރުކާރުގެ ސިޔާސަތަކީ ވަކި ރަށެއް ބާކީ ނުކޮށް ހުރިހާ ރަށަކަށް ތަރައްގީ ގެނައުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2021 | ބުދަ 12:07
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

މީގެ ކުރިަން އައި ކޮންމެ ސަރުކާރަކުންވެސް ބޮޑަށް މަސައްކަތްކުރީ އާބާދީ ބޮޑު ރަށްރަށަށް ތަރައްގީ ގެނެސްދިނުމަށެވެ. ކުޑަ އާބާދީއެއް އޮންނަ ރަށްރަށަށް މާބޮޑަކަށް އަޅާލާފައެއް ނުވެއެވެ. ތަރައްގީގެ ގިނަ މަޝްރޫއުތައްވެސް ހިންގާފައިވަނީ ބޮޑެތި ރަށްރަށް ނުވަތަ އާބާދީ ބޮޑެތި ރަށްރަށުގައެވެ.

ކުރީ ސަރުކާރުތަކުން ގެންގުޅުނީ މަދު މީސްކޮޅެއް އުޅޭ ރަށްރަށުން އާބާދީ ބޮޑެތި ރަށްރަށަށް އެމީހުން ބަދަލުކުރުމުގެ ވިސްނުމެވެ. އެހެންކަމުން އަބާދީ ކުޑަ ރަށްރަށުގައި މާ ގިނަ ވަސީލަތްތަކެއްވެސް ގާއިމްވެފައެއް ނެތެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް ބޭނުންވާނެ އަސާސީ ޚިދުމަތްތައް ކަމަށްވާ ތައުލީމާއި. ސިއްހީ ޚިދުމަތްފަދަ ކަންކަން ކޮށްދީފައެއް ނުވެއެވެ.

އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގެންގުޅުއްވަނީ މި ވިސްނުމެއް ނޫނެވެ. ރައީސް ސާލިހު ގެންގުޅުއްވާ ވިސްނުންފުޅަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމްކޮށްދިނުމުގެ ވިސްނުމެވެ. މިގޮތުން މި ސަރުކާރު ހަވާލުވީއިރު، އެންމެ އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި ނަރުދަމާ ގާއިމްވެފައި ނެތް ރަށްރަށް ގިނައެވެ. ސިއްހީގޮތުން ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް ގާއިމްވެފައި ނެތް ރަށްރަށް ގިނައެވެ.

މި ސަރުކާރުގެ ސިޔާސަތަކީ އެންމެ ކުޑަވެގެން މިފަދަ އަސާސީ ޚިދުމަތްތައް ގާއިމްކުރުމެވެ. މިގޮތުން މި ސަރުކާރު ވެރިކަމަށް އައީ މިފަދަ އަސާސީ ޚިދުމަތްތައް ގާއިމްކޮށްދިނުމުގެ ވައުދާއެކުއެވެ. މިއީ ހަމައެކަނި މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދެއް ނޫނެވެ. ސަރުކާރުން ގެންދަނީ މިކަންކަން ހަގީގަތަކަށް ހެދުމުގެ އަމަލީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ބަނދަރެއް ނެތް ރަށްރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ރަށްރަށުގެ ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް ތަރައްގީކުރުންފަދަ ރަށްރަށަށް ކުރިއެރުން ގެނުވާނެ އެތައް މަސައްކަތެއް މި ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

މިގޮތުން ހަމައެކަނި ޕްލޭނިން މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ގޮތުގައި 373 މަޝްރޫއެއް ހިމެނެއެވެ. މިއީ މިހާރު މަސައްކަތް ހިނގާ، ކޮންޓްރެކްޓުގައި ސޮއިކޮށް، ނޫނީ ޓެންޑަރ ސްޓޭޖުގައި ހުރި މަސައްކަތްތަކެވެ. މިގޮތުން 25 ރަށެއްގެ ބަނދަރުގެ މަސައްކަތް މިވީ ތިން އަހަރުގެ ތެރޭގައި މި ސަރުކާރުން ވަނީ ނިންމާފައެވެ. 39 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު، 13 ރަށެއްގެ ބަނދަރު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވެއެވެ. އަދި ޓެންޑަރ މަރުހަލާގައި 8 ރަށުގެ ބަނދަރު ހިމެނެއެވެ.

މީގެ ތިން އަހަރުކުރިން މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 188 ރަށުގެ ތެރެއިން ފެނުގެ ނިޒާމު ގާއިމުކޮށްފައިވަނީ 37 ރަށުގައެވެ. އަދި ނަރުދަމާ ނިޒާމު ގާއިމުކޮށްފައިވަނީ 69 ރަށުގައެވެ. މިއީ ވަރަށް ދަށް އަދަދެކެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ 48 ރަށުގެ ނަރުދަމާއާއި 60 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައެވެ. މި މަސައްކަތްތައް އަދިވެސް ކުރިއަށްދާއިރު، މި ނިޒާމު ގާއިމްކުރެވިފައިނުވާ ރަށްރަށުގެ މަސައްކަތްވެސް ބުދަ ދުވަހު ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. 23 ރަށުގެ ފެނުގެ ނިޒާމު ގާއިމުކުރުމާއި، 16 ރަށުގެ ނަރުދަމާގެ މަސައްކަތެވެ. މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރެވިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން އާބާދީ ބޮޑެތި ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް މިހާތަނަށް 4 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ކޮށްނިންމާފައެވެ. އަދި 5 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާކަމަށް ސަރުކާރުން ބުނެއެވެ. ކޮވިޑް-19ގެ ހާލަތުގައިވެސް އެއްވެސް މަޑުޖެހުމެއްނެތި މި މަސައްކަތްތައް ކުރިއަށްދެއެވެ. އެއްވެސް މަޑުޖެހުމެއްނެތި މި ސަރުކާރުން ގެންދަނީ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

05 ފެބުރުއަރީ 2018
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު