Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި ނައްތާލުން

މަސްތުވާތަކެތި ނައްތާލުން: 314 ކިލޯގެ ތެރޭގައި 215 ކިލޯ ޑްރަގް ކޭހުން ފެނުނު މަސްތުވާތަކެތި ހިމެނޭ

28 ޑިސެމްބަރު 2021 | އަންގާރަ 09:30

އދ. މަހިބަދޫން އަތުލައިގެން 107 ކިލޯގެ މަސްތުވާތަކެތި ވެސް ހިމެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ޑިސެމްބަރު 2021 | އަންގާރަ 09:30
314 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުރަނީ

314 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުރަނީ

314 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަންގާރަ ދުވަހު ނައްތާލައިފިއެވެ.

ފުލުހުން ބުނީ މި ނައްތާލެވުނު 314 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ރ. އަތޮޅުން އަތުލައިގަނެވުނު 215 ކިލޯގެ މަސްތުވާތަކެއްޗާއި އދ. މަހިބަދޫން އަތުލައިގަތް 107 ކިލޯގެ މަސްތުވާތަކެތި ހިމެނޭ ކަމަށެވެ. 

Advertisement - newsAdvertisement

އަދި މިވަގުތު ނައްތާނުލެވިވާ މަސްތުވާތަކެއްޗަށް ބަލާއިރު 119 ކިލޯގެ މަސްތުވާތަކެތި ފޮރެންސިކް ލެބްގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޕީޖީން ހުއްދަ ލިބުމުން އެތަކެތި ވެސް ނައްތާލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ފުލުހުން މިހާރު ކުރަމުންދާ ބައެއް މަސައްކަތުގެ މައުލޫމާތު ހިއްސާކޮށް ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 44 ކެފޭ ބަންދުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ތިން ކެފޭ އަލުން ހުޅުވާލައިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެތަންތަން ވެސް ބަންދު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރ. އަތޮޅުން އަތުލައިގަނެވުނު 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައަކީ މަސްތުވާތަކެތި ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޯދާފައިވާ މަސްތުވާތަކެއްޗެވެ. 215 ކިލޯގެ ޑްރަގް ފެނުނީ ރ. ރާނބުގަލީ ކަށިކެޔޮ ގަސްގަނޑެއްގެ ތެރޭގައި ހުރި ގޯނިތަކަކުންކަން ވަނީ ހާމަވެފައެވެ. އެކަން ހާމަވެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ރ. މަޑުއްވަރީ، ފިނިފަރު، އަލީ ޝާކިރު (42އ) އާއި ރ. މަޑުއްވަރީ، ފެހިއަލި، ނިމާލް އަބްދުލްހާރިސް (33އ) ގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، މި މައްސަލައިގައި ހިމެނޭ އައިއޯއިން ފާހަގަކޮށްފައިވާ ވާހަކަތަކުންނެވެ. އެގޮތުން މި ދެ މީހުންގެ ބަންދަށް ވެސް އިތުރު 15 ދުވަސް ޖަހާފައިވާއިރު، މި ދެމީހުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަން އިންޓެލިޖެންސް ރިޕޯޓުން ވެސް އެނގޭކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ އައިއޯއިން ފާހަގަކުރާ ގޮތުގައި "ފެށުން 2" ނަމަކަށް ކިޔާ ލޯންޗެއްގައި މި ދެމީހުން ރ. މަޑުއްވަރީއަށް ވަން ވަގުތު، ބަލައި ފާސްކޮށްފައިވާކަމަށް ސީންގައި ހަރަކާތްތެރިވި އޮފިސަރުން ވަނީ ބުނެފައެވެ. އަދި އޭރު ލޯންޗުން ގިނަ އަދަދެއްގެ ޕެޓްރޯލް ހަންތަކާއި، ސެޓެލައިޓު ފޯނެއް ފެނިފައިވާއިރު، އެ ސަރަހައްދުގައި ހުރި ފަޅު ރަށްތައް ވެސް އޮފިސަރުން ވަނީ ބަލައި ފާސްކޮށްފައެވެ. މިގޮތަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ރ. ބޮޑުފަރު ފިނޮޅުން ޕެޓްރޯލް ހުސްކުރި 20 ލީޓަރުގެ 63 ހަން ފެނިގެން އޮފިސަރުން އެމީހުންނާ ސުވާލު ކޮށްފައިވާކަމަށާއި، ޖަވާބުގައި އެއީ މަސްތުވާތަކެތި ބަލައި ދިއުމަށް ޓެސްޓު ދަތުރެއް ކުރަން ބޭނުންކުރި ހަންތަކެއްކަމަށް އެމީހުން ބުނެފައިވާކަން ވެސް އޮފިސަރުން ފާހަގަކުރެއެވެ.

ސީންގައި ހަރަކާތްތެރިވި އޮފިސަރުން މައުލޫމާތު ދޭ ގޮތުގައި، އެ ދެމީހުން އެތެރެކުރި މަސްތުވާތަކެތި ރ. ރާނބުގަލީގައި ހުންނާނެކަމަށް ބުނެ އެތަކެތި ފުލުހުންނަށް ދެއްކިއެވެ. އެގޮތުން އެތަކެތި ފެނިފައިވަނީ އެމީހުން އެތަކެތި ހުންނާނެކަމަށް ބުނި ކަށިކެޔޮ ގަސްތަކުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެތަނުން މަސްތުވާތަކެތި އަޅާފައި ހުރި 11 ގޯނި ފުލުހުން ހޯދާފައިވެއެވެ. އަދި އެތަކެތީގެ ވަގުތީ ބަރުދަނުގައި 215 ކިލޯ ހުންނާނެކަން ވެސް ފުލުހުން ފާހަގަކުރެއެވެ.

އޭގެ އިތުރުން، ލޯންޗުން ފެނުނު ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓު ވެސް ފުލުހުން ވަނީ ބަލާފައެވެ. އަދި ފޯނުގައި ހުރި މެސެޖުތަކުގައި، އެމީހުން ރާއްޖެ ސަރަހައްދުން ބޭރަށް ދިޔަ ކަމުގެ މެސެޖުތަކާއި، ބޯޓަކާ ބައްދަލުކުރި ކަމުގެ މެސެޖުތަކެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަސްތުވާތަކެތި ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޯދާފައިވާ 215 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މިހާރު ދައުވާ ވެސް އުފުލާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް