Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ ވިޔަފާރީ

ފާހަގަކުރެވޭ ވަކިވަކި ސިޔާސީ ފަރާތްތައް މަސްތުވާތަކެތީގެ ވިޔަފާރީގައި ފުޅާ ދާއިރާއެއްގައި އެބަ އުޅޭ: މިނިސްޓަރ އިމްރާން

28 ޑިސެމްބަރު 2021 | އަންގާރަ 09:13

މި ސަރުކާރުން ޑްރަގް ނެޓްވޯކްތަކުގައި ހަރަކާތްތެރިވާ މީހުންނާއި ގޭންގުތައް ކުރިމަތީގައި ބޯ ތިރިނުކުރާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ޑިސެމްބަރު 2021 | އަންގާރަ 09:13
314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށް އަންގާރަ ދުވަހު ދޫނިދޫގައި އޮތް ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވާހަަކަ ދައްކަވަނީ

314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށް އަންގާރަ ދުވަހު ދޫނިދޫގައި އޮތް ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވާހަަކަ ދައްކަވަނީ

ފާހަގަކުރެވޭ ވަކިވަކި ސިޔާސީ ފަރާތްތައް މަސްތުވާތަކެތީގެ ވިޔަފާރީގައި ފުޅާ ދާއިރާއެއްގައި އެބަ އުޅޭ ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށް އަންގާރަ ދުވަހު ދޫނިދޫގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން އަބްދުﷲ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަށް އެންމެ ބޮޑަށް ދަތިވަނީ މިކަމުގެ ނާޖާއިޒު ފައިދާ ނަގާ ވިޔަފާރި ނެޓްވޯކްތައް އުޅޭތީ ކަމަށެވެ.

Advertisement - newsAdvertisement

މަސްތުވާތަކެތީގެ ވިޔަފާރީއަކީ ހަމައެކަނި މަގުމަތީގައި އުޅޭ ކުދިންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މީގެ ފަހަތުގައި ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ހިމެނޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

މިކަމުގައި ފާހަގަކުރެވޭ ވަކިވަކި ސިޔާސީ ފަރާތްތައް އުޅޭއިރު ރައްޔިތުން އެމީހުން ދެނެގަންނަން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރައްޔިތުން މިކަމާ މެދު ވިސްނަންޖެހޭ ކަމަށާއި، އޭރުން މިފަދަ ސިޔާސީ ފަރާތްތައް އެމީހުންގެ މަސައްކަތާއި ވިޔަފާރީގައި މިފަދަ ނުބައި ކަންކަން ހިމަނައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެމީހުންގެ ފަރާތުން ނުފޫޒުތައް ކުރިމަތިވާކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ އެކި މުއައްސަސާތަކަށާއި މިނިސްޓަރަށް ވެސް ނުފޫޒު ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝަރުޢީ މަރުހަލާގެ ތެރެއިން ފުލުހުން މައްސަލަ ގެންދެވެން ހުރި ހިސާބަށް ގެންދާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހުރިހާ ދިމާލަކުން އެކުގައި ކުރަންޖެހޭ މަސައްކަތް ކުރަންޖެހޭ ކަމަށާއި އެއްވެސް ދިމާލަކުން ފެއިލް ވެއްޖެ ކަމުގައިވާނަމަ މިކަމުގައި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސް ޓާސްކްފޯހެއް އެކުލަވާލައި، މި މަސައްކަތް ފެށީ ޤައުމުގެ ހުރިހާ އެންމެން ސަލާމަތް ކުރަން ބޭނުންވާތީ ކަމަށް އިމްރާން ވިދާޅުވިއެވެ.

މި ސަރުކާރުން ޑްރަގް ނެޓްވޯކްތަކުގައި ހަރަކާތްތެރިވާ މީހުންނާއި ގޭންގުތައް ކުރިމަތީގައި ބޯ ތިރިނުކުރާނެ ކަމަށާއި، އިސް އުފުލާއިގެން ކެރިގެން އެކަންތައްތަކާ ކުރިމަތިލާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އަދި ޤާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނެސްގެން ވެސް ރާއްޖެ މިވަބާއިން ސަލާމަތް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް