Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީޑީ

އެމްޓީޑީން ވެސް ރައީސް ޔާމީނު ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭން ކުށްވެރިކޮށްފި

28 ޑިސެމްބަރު 2021 | އަންގާރަ 08:57

މިގައުމު މުޅިދުނިޔެއާ އެކަހެރިކޮށް ބާއްވަން ބޭނުންވާ ލީޑަރެއް ދިވެހިރައްޔިތެއް ބޭނުމެއް ނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 ޑިސެމްބަރު 2021 | އަންގާރަ 08:57
އެމްޓީޑީގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޓީޑީގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޓީޑީން ރައީސް ޔާމީނު ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭން ކުށްވެރިކޮށްފިއެވެ.

އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިކަމާ ރައްޔިތުން ފުންކޮށް ވިސްނައި، މިކަމުގައި ބައިވެރި ނުވާން ގޮވާލާ ކަމަށެެވެ.

Advertisement - newsAdvertisement

މިއަދު ރައީސް ޔާމީނަށް އެއްވެސް އުންމީދެއް ރައްޔިތުންނަކަށް ނުދެވޭ ކަމަށާއި، ބަދަލުގައި އެމަނިކުފާނު ގެންގުޅުއްވަނީ ހުރިހާ ކަމަކަށް އެންމެ އެޖެންޑާއެއް ކަމަށެެވެ. އެމަނިކުފާނުގެ ވައުދަކީ ވެސް އަދި މެނިފެސްޓޯއަކީ ވެސް ބަދަލުހިފުމުގެ ރޫހާއި ނަފުރަތުން ފުރިގެންވާ "އިންޑިއާ އައުޓް" އެޖެންޑާކަމަށާއި، ދިވެހިރާއްޖެއަށް މިކަމުން އެތައް ގެއްލުމެއް ލިބި އިންވެސްޓަރުންގެ އިތުބާރު ގެއްލި މިގައުމު މުޅިދުނިޔެއާ އެކަހެރިކޮށް ބާއްވަން ބޭނުންވާ ލީޑަރެއް ދިވެހިރައްޔިތެއް ބޭނުމެއް ނުވާނެކަމަށް އެމްޓީޑީން ބުނެފައިވެއެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ނަފުރަތާއި ޖަޒުބާތުގައި ރައްޔިތުން ޖެއްސުމަކީ ދިވެހިރާއްޖެ ދެކެ ލޯބިވާ އެއްވެސް ލީޑަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ.

ކޮވިޑްގައި ރާއްޖެއަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، އިންޑިއާގެ އެހީތެރިކަމާއެކު އެތައް ކިލޯއެއްގެ މަސްތުވާތަކެތި ދިވެހި ފުލުހުން އަތުލައިގަންނަމުން ގެންދާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ރައީސް ޔާމީނަށް ހަޖަމުނުވިޔަސް ކުރިއަށް އޮތްތަނުގައި ވެސް އިންޑިއާއިން ދާނީ ދިވެހިރާއްޖެއަށް އެހީ ތެރިވަމުން ކަމަަށާއި، މިއީ ރައީސް ޞާލިޙުގެ ހަރުދަނާ ޚާރިޖީ، ދިފާޢީ އަދި އިޤްތިޞާދީ ސިޔާސަތުތަކުގެ ފުރިހަމަ ނަތީޖާކަމުގައެވެ.

އެމްޓީޑީް ބުނީ، މުޅި ދުނިޔެއަށާއި ގައުމަށް ދިމާވެފައިވާ އިޤްތިޞާދީ ގޮތުން ދަތި އުދަގޫ ދުވަސްވަރު އެއްވެސް ޒިންމާދާރުކަމެއް ނެތި ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދީ މިއަދު ރައީސް ޔާމީނު ކުއްލިއަކަށް "އިންޑިއާ އައުޓް" ޖަހައިގެން މަސައްކަތް ކުރައްވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތަކުގެ ސަބަބުން ހިތަށް ކެތްނުވެގެން ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު ވެސް ވަނީ އިންޑިއާއާ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ އެތައް ގުޅުންތަކެއް ވަރުގަދަކޮށްފައި ކަމަަށާއި، ރައީސް ޔާމީނު ވަނީ އިސްވެ އިންޑިއާ އާއެކީ ގުޅުން ބަދަހި ކުރުމަށްޓަކައި އިންޑިއާގައި އެދިގެން ވެރިކަން ލިބުމުގެ ކުރިންނާއި އަދި ވެރިކަން ލިބުމުގެ ފަހުން ވެސް މަސައްކަތް ކުރައްވާފައި ކަމަށް އެމްޓީޑީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ވެސް އިންޑިއާއަށް ކަމަށާއި، ރައީސް ޔާމީނު ސަރުކާރުން ފުރަތަމަ ސޮއިކުރި ޑިފެންސް އެގްރިމަންޓަކީ އެމަނިކުފާނު އެކަމަށް އެދި އެންޑޯސްކޮށްގެން އިންޑިއާއިން ދެވަނަ ހެލިކޮޕްޓަރު ގެނައުމުގެ އެގްރިމެންޓެއް ކަމަށެވެ.

އިތުރު މިލިޓަރީ ޑޯނިޔާ މަތިންދާ ބޯޓެއް ގެންނަން ވެސް އިސްވެ އިންޑިއާގައި އެދުނީ ރައީސް ޔާމީނުކަން އޭރުގެ ގިނަ ވަޒީރުން ހެކިވާނެ ކަމަށް އެމްޓީޑީން ބުނެއެވެެ.

ރައީސް ޔާމީނަށް އިންޑިއާ، ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، ޔޫ.އެން ގޯސްވީ ސިޔާސީ އެތައް ކުށްވެރިންނެއް ޖަލަށްލައިގެން އަނިޔާ ނުކުރުމަށާއި، އިންސާފު ގާއިމުކޮށް އިންސާނީ ހައްގުތައް ހިމާޔަތް ކުރަން ޑިމޮކްރެޓިކް ގައުމުތަކުންނާއި ޖަމާއަތް ތަކުން ގޮވާލުމުން ކަމަށެވެ.

ރައީސްޔާމީނުގެ ވެރިކަން ނިމުނު އިރު ދިވެހިރާއްޖެ އޮތީ މުޅި ދުނިޔެއާ އެކަހެރިވެ ޔޫރަޕިއަން ޔޫނިއަން އިން ފިޔަވަޅު އަޅާހިސާބުގައި ކަމަށާއި، ރައީސް ޔާމީނު އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރައްޔިތުންގެ އަޑުއުފުލައި ސަރުކާރު ޖަވާބުދާރީ ކުރުވާތަނެއް ނުފެންނަ ކަމަށް އެމްޓީޑީން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް