Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ ބިމުގެ މައްސަލަ

ހުޅުމާލެ ބިމުގެ މައްސަލަ އިސްތިއުނާފުކުރަން ނިންމައިފި

27 ޑިސެމްބަރު 2021 | ހޯމަ 07:55

މި ހަފްތާ ތެރޭގައި މި މައްސަލަ ހައި ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 ޑިސެމްބަރު 2021 | ހޯމަ 07:55
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރި މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެޗްޑީސީއަށް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ހިމެނޭގޮތަށް ހަދައިފައިވާ ބިމުގެ ރެޖިސްޓްރީ ބާތިލްކުރި މައްސަލަ އެޗްޑީސީން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. ސިވިލް ކޯޓުގެ ވަގުތީ އަމުރުގައި ވަނީ ހުޅުމާލޭގެ ބިން އެޗްޑީސީގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމާލެ ހިއްކަން ސަރުކާރުން ކުރި ޚަރަދާއި، ނެގި ލޯނުތަކަށް ޒިންމާވާގޮތަށް ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީ ބާތިލްކުރުމަކީ އެޗްޑީސީއަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށާއި، އެހެންކަމުން އެ ނިންމުމަށް އަމަލުކުރަން ފަސްކުރުމަށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރު ނެރެފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް މާލެ ސިޓީ ކައުންސިލުން ވަނީ ސިވިލް ކޯޓުގެ ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ފޮނުވަން ނިންމާފައިވާކަމަށް ބުނެފައެވެ. މި ހަފްތާގެތެރޭގައި މި މައްސަލަ އިސްތިއުނާފަށް ފޮނުވުމަށް ކައުންސިލްގެ ލީގަލް ޓީމުން މަސައްކަތްކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ރަޖިސްޓްރީ ބާތިލްކޮށް މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނަން މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާއަށް ހުށަހެޅުއްވީ، ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝެވެ. މި ހުށަހެޅުއްވުން ހުށަހަޅުއްވަމުން ނަރީޝް ވިދާޅުވީ، ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ތާނަކަށްވާއިރު، އެތަނުގައި ރައްޔިތުން އެދޭ ކަމެއް ކުރުމުގެ ޖާގަ ނުލިބޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން ހަދާފައިވާ ރަޖިސްޓްރީ ބާތިލްކޮށް އެއީ ކައުންސިލްގެ ބިމެއްގެ ގޮތުގައި އޮތުން މުހިއްމު ކަމަށް ނަރީޝް ވިދާޅުވިއެވެ.

މި ހުށަހެޅުމަށް ވާހަކަ ދެއްކުމަށްފަހު ހުށަހެޅުން ފާސްކުރީ 12 މެމްބަރުންގެ ވޯޓުންނެވެ. ހުށަހެޅުން ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 3 މެމެބަރުންނެވެ. މިއާއެކު އެ ރަޖިސްޓްރީ ބާތިލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް މޭޔަރ ޑރ. މުހައްމަދު މުއިއްޒުވަނީ ލޭންޑް ބިލްޑިން ސެކްޝަނަށް އެކަން އަންގަވާފައެވެ.  

މި މައްސަލައިގައި އެޗްޑީސީން ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާ ގުޅިގެން ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެ ކަމަށެވެ. ހުޅުމާލޭގެ ބިމަކީ އެ ކޯޕަރޭޝަންގެ އަމިއްލަ ޚަރަދުގައި ހިއްކާފައިވާ، އަދި އެ ކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއް ކަމަށެވެ. އަދި އެ ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ "ކުންފުންޏާބެހޭ ގާނޫނު"ގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ، ގާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިދީފައިވާ ވަކި ޝަޚުސެއް ކަމަށެވެ.

އަދި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެ ކޯޕަރޭޝަނަށް ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ "މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ" ހައްގާއި، ބިމާ ބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ)އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ހ)އާ ޚިލާފަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ ނާތަހުޒީބު ނިންމުމެއް ކަމުގައި އެ ކޯޕަރޭޝަނުން ދެކޭ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން، އެ ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢާއްމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެ ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިން ވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި އެ ކޯޕަރޭޝަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައެވެ.

އެޗްޑީސީން ބުނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ބަލާއިރު، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް، އެ ބިމާ ގުޅިފައިވާ އެންމެހައި މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްގުތައް ލިބިދީފައިވުން ކަމަށެވެ. އަދި ހަމަ މި ގާނޫނުން އެނގިގެންދަނީ، ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބިމުގެ ގާނޫނީ މިލްކުވެރިކަން ލިބިފައިވާކަން އަންގައިދޭ ގާނޫނީ ލިޔުމަކީ ބިމުގެ ރަޖިސްޓަރީކަން ކަމަށާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ގާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށެވެ.

ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ވެސް، އަމިއްލަ މުދަލަކީ ގާނޫނު ހުއްދަނުކުރާ ގޮތަކަށް ނިގުޅައިގަނެގެންވާނޭ އެއްޗެއް ނޫން ކަމަށާއި، ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވައި، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް ފަރުދެއްގެ މުދަލެއް އެފަރާތުގެ ރުހުންނެތި ނެގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށް ބުނެއެވެ. އަދި ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވާ އެބިމުގެ މިލްކުވެރިކަމުގެ ގާނޫނީ ހައްގަކީ ކަނޑައެޅި ބަޔާންވެގެންވާ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ނޫންގޮތަކަށް ބާތިލުކުރެވޭނެ ހައްގެއް ނޫން ކަމަށާއި، ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާ ގުޅިގެން އެ ކޯޕަރޭޝަނަށް ލިބިފައިވާ އެންމެހައި ހައްގުތައް އެ ކޯޕަރޭޝަނަށް ލިބިގެންވީ ހިނދު، ދިވެހިރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް