Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
215 ކިލޯ ޑްރަގް ކޭސް

215 ކިލޯ ޑްރަގް ކޭސް: ދެމީހެއްގެ މައްޗަށް ދައުވާ އުފުލައިފި

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދެމީހެއްގެ މައްޗަށް ވަނީ އުފުލާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2021 | ބުރާސްފަތި 12:25
މަސްތުވާތަކެތި

މަސްތުވާތަކެތި

މަސްތުވާތަކެތި ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޯދާފައިވާ 215 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ދައުވާ އުފުލާފައިވަނީ ރ. މަޑުއްވަރީ ފިނިފަރު، އަލީ ޝާކިރު 42، އާއި ރ. މަޑުއްވަރީ ފެހިއަލި، ނިމާލް އަބްދުލްހާރިސް 33، ގެ މައްޗަށެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދެމީހުންގެ މައްޗަށް ވަނީ އުފުލާފައެވެ. އަދި އަލީ ޝާކިރުގެ މައްޗަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 125 ވަނަ މާއްދާގެ ދަށުން، ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.

މި މައްސަލާގައި ދައުވާ ލިބޭ އަލީ ޝާކިރާއި ނިމާލް އަބްދުލްހާރިސް ތިބީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

215 ކިލޯ ޑްރަގް ފެނުނީ ރ. ރާނބުގަލީ ކަށިކެޔޮ ގަސްގަނޑެއްގެ ތެރޭގައި ހުރި ގޯނިތަކަކުންކަން ވަނީ ހާމަވެފައެވެ. އެކަން ހާމަވެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ރ. މަޑުއްވަރީ، ފިނިފަރު، އަލީ ޝާކިރު (42އ) އާއި ރ. މަޑުއްވަރީ، ފެހިއަލި، ނިމާލް އަބްދުލްހާރިސް (33އ) ގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، މި މައްސަލައިގައި ހިމެނޭ އައިއޯއިން ފާހަގަކޮށްފައިވާ ވާހަކަތަކުންނެވެ. އެގޮތުން މި ދެ މީހުންގެ ބަންދަށްވެސް އިތުރު 15 ދުވަސް ޖަހާފައިވާއިރު، މި ދެމީހުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަން އިންޓެލިޖެންސް ރިޕޯޓުންވެސް އެނގޭކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ އައިއޯއިން ފާހަގަކުރާ ގޮތުގައި "ފެށުން 2" ނަމަކަށް ކިޔާ ލޯންޗެއްގައި މި ދެމީހުން ރ މަޑުއްވަރީއަށް ވަތް ވަގުތު، ބަލައި ފާސްކޮށްފައިވާކަމަށް ސީންގައި ހަރަކާތްތެރިވި އޮފިސަރުން ވަނީ ބުނެފައެވެ. އަދި އޭރު ލޯންޗުން ގިނަ އަދަދެއްގެ ޕެޓްރޯލް ހަންތަކާއި، ސެޓެލައިޓު ފޯނެއް ފެނިފައިވާއިރު، އެ ސަރަހައްދުގައި ހުރި ފަޅު ރަށްތައްވެސް އޮފިސަރުން ވަނީ ބަލައި ފާސްކޮށްފައެވެ. މިގޮތަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ރ ބޮޑުފަރު ފިނޮޅުން ޕެޓްރޯލް ހުސްކުރި 20 ލީޓަރުގެ 63 ހަން ފެނިގެން އޮފިސަރުން އެމީހުންނާ ސުވާލު ކޮށްފައިވާކަމަށާއި، ޖަވާބުގައި އެއީ މަސްތުވާތަކެތި ބަލާ ދިއުމަށް ޓެސްޓު ދަތުރެއް ކުރަން ބޭނުންކުރި ހަންތަކެއްކަމަށް އެމީހުން ބުނެފައިވާކަންވެސް އޮފިސަރުން ފާހަގަ ކުރެއެވެ.

ސީންގައި ހަރަކާތްތެރިވި އޮފިސަރުން މައުލޫމާތު ދޭ ގޮތުގައި، އެ ދެމީހުން އެތެރެކުރި މަސްތުވާތަކެތި ރ ރާނބުގަލީގައި ހުންނާނެކަމަށް ބުނެ އެތަކެތި ފުލުހުންނަށް ދެއްކިއެވެ. އެގޮތުން އެތަކެތި ފެނިފައިވަނީ އެމީހުން އެތަކެތި ހުންނާނެކަމަށް ބުނި ކަށިކެޔޮ ގަސްތަކުގެ ތެރޭގައިކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެތަނުން މަސްތުވާތަކެތި އަޅާފައި ހުރި 11 ގޯނި ފުލުހުން ހޯދާފައިވެއެވެ. އަދި އެތަކެތީގެ ވަގުތީ ބަރުދަނުގައި 215 ކިލޯ ހުންނާނެކަންވެސް ފުލުހުން ފާހަގަ ކުރެއެވެ.

އޭގެ އިތުރުން، ލޯންޗުން ފެނުނު ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓުވެސް ފުލުހުން ވަނީ ބަލާފައެވެ. އަދި ފޯނުގައި ހުރި މެސެޖުތަކުގައި، އެމީހުން ރާއްޖެ ސަރަހައްދުން ބޭރަށް ދިޔަ ކަމުގެ މެސެޖުތަކާއި، ބޯޓަކާ ބައްދަލުކުރި ކަމުގެ މެސެޖުތަކެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ދިފާއުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ދެ މީހުންނަށް ފުލުހުން އަނިޔާކުރި ކަމުގެ ޝަކުވާ ކޮށްފައިވާތީ, އެކަން ބެލުމަށް އެޗްއާރްސީއެމްއަށް ކޯޓުން ވަނީ އަންގާފައެވެ. އެގޮތުން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ފަހުން ފަޅު ރަށަކަށް ގެންގޮސް އަނިޔާކޮށްފައިވާކަމަށް އެމީހުން ވަނީ ބުނެފައެވެ. އެމީހުން ވަނީ، ޕެޕަރ ސްޕްރޭ ޖަހައި، ގައިގައި ތަޅައި އެތައް އަނިޔާއެއް ކޮށްފައިވާކަމަށް ތުހުމަތު ކޮށްފައެވެ. އަދި އަނިޔާއިން ރެކުމަށްޓަކައި ޕެޓްރޯލް ހަންތަކާއި ގުޅޭގޮތުން އެއްޗެއް ބުނެވިފައި އޮވެދާނެ ކަމަށާއި، ނަމަވެސް ފުލުހުން އެ ފާހަގަކުރާ ގޮތަށް މަސްތުވާތަކެއްޗާ ގުޅޭގޮތުން އެއްޗެއް ބުނެފައިނުވާނެކަމަށް އެމީހުން ބުނެއެވެ.

215 ކިލޯ ޑްރަގް ކޭސް

ކޮމެންޓް

އިތުރަށް ކިޔާލަން

215 ކިލޯ ޑްރަގް ކޭސް: ޝަރީއަތް ނިމެންދެން ދެ މީހުން ބަންދު

215 ކިލޯ ޑްރަގް ކޭސް: ޝަރީއަތް ނިމެންދެން ދެ މީހުން ބަންދު

15 ނޮވެމްބަރު 2021
ކަނަމަދު ކިލޯއެއް 800 ރުފިޔާއަށް އަރައިފި

ކަނަމަދު ކިލޯއެއް 800 ރުފިޔާއަށް އަރައިފި

04 ޖޫން 2017
ބޮން އުފައްދަން އުޅުނު ދެމީހެއްގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ބޮން އުފައްދަން އުޅުނު ދެމީހެއްގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

24 މެއި 2017
ޔާމީން މައްސަލައިގައި ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ޔާމީން މައްސަލައިގައި ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

24 މެއި 2017
ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

09 މެއި 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު