Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖިންސުގެ ތަފާތުކުރުންތައް ނައްތާލުން

މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ޝާހިދު ކަނޑައެޅުއްވި އަޒުމް

ޝާހިދުގެ ކެބިނެޓުގައި ޖިންސުގެ ހަމަހަމަކަން ވަނީ ގާއިމްކުރައްވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2021 | އަންގާރަ 07:39
އދ. ގެ އާންމު މަޖިލީހުގެ އޮފީސް

އދ. ގެ އާންމު މަޖިލީހުގެ އޮފީސް

އަންހެން ފިރިހެން، މި ދެ ޖިންސުގެ ދެމެދުގައި ހަމަހަމަކަން ގާއިމުކުރުމުގެ ވާހަކަ އަބަދުވެސް ދައްކައެވެ. ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި މި މައްސަލައަށް ހައްލެއް ހޯދައި މި ތަފާތުކުރުންތައް ނައްތާލުމަށް އެކި ގޮތްގޮތުން މަސައްކަތްކުރާ މީހުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް މުޅި ދުނިޔޭގެ ހާލަތަށް ބަލާލާއިރު، މިއަދުވެސް ފެންނަނީ ޖިންސުގެ ތަފާތުކުރުންތައް ގެންގުޅޭ ތަނެވެ. މިއީ މިއަދު އަހަރުމެން ދެރަވެ، ލަދުގަންނަންޖެހޭ ކަމެކެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދޭނީ ވަރަށް ގިނަ ބައެއްގެ ވިސްނުމާ ފިކުރު ބަދަލުކޮށްގެންކަން އަހަރުމެން އެންމެންވެސް ދަނެއެވެ. މިކަންކަމުގެ ފަންނުވެރިން ދުނިޔޭގައި ތިބި ނަމަވެސް މިހާތަނަށް އައިއިރު މިކަން ކުރެވިފައެއް ނެތެވެ. އަދިވެސް ފިރިހެނުންނާ އެއް ހަމައަކަށް އަންހެނުންނަކަށް ނާދެވެއެވެ. އެހެންނަމަވެސް މިއީ އުންމީދު ކަނޑާލަންވީ ކަމެއް ނޫނެވެ. މިކަން ކުރެވޭނެ ކަމުގެ އުންމީދުގައި، އަންހެނުން ބާރުވެރިކުރެވޭނެކަމުގެ އުންމީދުގައި މިއަދުވެސް ދުނިޔޭގެ ގިނަ ބަޔަކު ދަނީ މަސައްކަތްކުރަމުންނެވެ.

މިކަމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ މީހުންގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، އަބްދުﷲ ޝާހިދު ފާހަގަކޮށްލެވެއެވެ. އެމަނިކުފާނު އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ކުރައްވާތާ 100 ދުވަސް ވެފައިވަނީ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. މިހާތަނަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތައް އިންތިހާއެވެ. ވަކިން ޚާއްސަކޮށް އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެމަނިކުފާނު ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ. އެމަނިކުފާނު ވަނީ އާންމު މަޖިލީހުގެ ރައީސް ކަމުގެ ހުވާ ކުރެއްވިއިރު، ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް މަސައްކަތްކުރުމުގެ އަޒުމް ކަނޑައަޅުއްވާފައެވެ.

ޝާހިދު ވިދާޅުވިގޮތުގައި މި އަޒުން ކަނޑައެޅުއްވީ، މިއީ ހައްލު ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ދެމިއޮތް މައްސަލައަކަށް ވުމުންނެވެ. މިއީ މިއަދު ލަދުގަންނަންޖެހޭ ކަމެއް ކަމަށާއި، މިކަމުން ދައްކުވައިދެނީ އަހަރުމެންގެ "ފެއިލިއަރ" ކަމުގައި ޝާހިދު ވިދާޅުވިއެވެ. މިކަމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތްކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް އަވަސް މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އެމަނިކުފާނުގެ އަމާޒަކީ ހުރިހާ މަޝްވަރާތަކެއްގައާއި، އެކި އިވެންޓުތަކުގައި އަދި މަތީ ފަންތީގައި ހިނގާ ކަންކަމުގައި ޖިންސުގެ ހަމަހަމަކަން ގާއިމްކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި އަމާޒާއެކު މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ޝާހިދު ވަނީ ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އާންމު މަޖިލީހުގެ ޖެނެރަލް ޑިބޭޓުގެ ފުރަތަމަ ދުވަހުގައިވެސް އެމަނިކުފާނު ވަނީ ދޭދޭ ގައުމުތަކުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާއިރު، ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައެވެ. އަދި މި ޑިބޭޓުގައި ބައިވެރިވެވަޑައިގެންނެވި އަންހެން ލީޑަރުންނާ ބައްދަލުކުރައްވައި، އަންހެންނުންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭގޮތުންނާއި، ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމާއި، އަދި އޮންލައިންކޮށް އަންހެން ލީޑަރުންނަށް އަމާޒުކުރާ އަނިޔާ އަދި ދިމާކުރުންތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދިވެސް މިފަދައިން ބާރުގަދަ މަގާމުތަކުގައި ތިއްބެވި އަންހެން ލީޑަރުންނާ ޝާހިދު ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. ޝާހިދު ގެންދަވަނީ މިފަދަަ ބައްދަލުވުންތަކުގައި ޖިންސުގެ ހަމަހަމަކަމާއި، އަދި ވަކި ޖިންސަކަށް ވީތީ ކުރިމަތިކުރުވާ އެކި ކަންކަން ބަލައިނުގަންނަވާނެކަމަށް ވިދާޅުވަމުންނެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ސްޕެޝަން އެޑްވައިޒަރ އޮން ޖެންޑަރ އީކުއާލިޓީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވާފައެވެ. ޖިންސުގެ ހަމަހަމަކަމާ ގުޅޭ އެޑްވައިޒަރީ ބޯޑެއް އެކުލަވާލައްވާފައިވާއިރު، 76 ވަނަ ޕީޖީއޭ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައިވެސް ޖިންސުގެ ހަމަހަމަކަން ވަނީ ގާއިމްކުރައްވާފައެވެ. މިއަދާ ހަމައަށް އައިއިރު އެ އޮފީހުގައި މަސައްކަތްކުރާ 53 އިންސައްތަ މުވައްޒަފުންނަކީ އަންހެނުންނެވެ. އަދި 47 އިންސައްތަ މުވައްޒަފުންނަކީ ފިރިހެނުންނެވެ.

އެކި ގޮތްގޮތުން ޖިންސީ ހަމަހަމަކަން ގާއިމްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެމަނިކުފާނު ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވާތާ 100 ދުވަސް ވީ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައިވެސް މިކަމަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެމަނިކުފާނަކީ ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް އަބަދުވެސް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ކެބިނެޓަކީވެސް ދެ ޖިންސު ހަމަހަމަ ކެބިނެޓެއް ކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ދާއިރާއެއްގައި އުޅޭ އަންހެނުންނާއި، އަންހެން ކިޔަވާ ކުދިންނާވެސް ބައްދަލުކޮށް އެމީހުންނަށް ކުރިމަތިލާންޖެހިފައިވާ ކަންކަން އަޑުއަހަށް ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ. އަދި އެކަންކަމަށް ހައްލު ހޯދައިދޭން ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.

ޢަބްދުﷲ ޝާހިދުޖިންސީ ހަމަހަމަކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު