Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕާކިންގ ސްލޮޓް

ޕާކިންގ ސްލޮޓުގެ ގުރުނެގުން އަންގާރަ ދުވަހުގެ ރޭ

ގުރު ނެގުން އޮންނާނީ އަންގާރަ ދުވަހުގެރޭ 9:30ގައި ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2021 | ހޯމަ 14:35
މާލެ ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ ގުރުއަތުލުން

މާލެ ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ ގުރުއަތުލުން

މާލޭގައި، އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ޚާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އަލުން ގުރުނެގުން އޮންނާނީ އަންގާރަ ދުވަހުގެރޭ 9:30ގައި ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގައިކަމަށެވެ. އަދި ޕާކިންގ ސްލޮޓްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅި ހުރިހާ އެންމެންނަށް ގުރުއަތު ލުމުގައި އަމަލީ ގޮތުން ބައިވެރިވުމަށް ދައުވަތު ދޭ ކަމަށެވެ.

Advertisement - newsAdvertisement

މާލެސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ސަންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގުރުނެގުމުގައި ގަބޫލުކުރެވޭ މައްސަލަތައް ހުރި ކަމަށެވެ. އެގޮތުން އިދާރީ މައްސަލަތައް ގިނަކަމަށާއި، އޭސީސީން ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮރަޕްޝަންގެ މައްސަލަތައް ހުރިކަމަށް ބުނެފައެއް ނެތް ކަމަށާއި، އަލުން ގުރުއަތުލުން ބޭއްވުމަށް ބުނެފައިވާ ކަމަށެވެ.

ކުރިން ބަރާބަރަށް ފައިސާ ދައްކަމުން އައި ބައެއް ޕާކިންގ ސްލޮޓުތަކުގެ ވެރިންނަށް، އޮޓޮމެޓިކުން ޖާގަ ލިބޭ ގޮތަށް އޮތް ނަމަވެސް، އެ މީހުންގެ ނަންބަރުތައް ވެސް ގުރުއަތުގައި ހިމެނުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމައެހެންމެ ފުރަތަމަ ދޫކުރި ސްލިޕްތަކުގައި ސްލިޕް ނަންބަރު ޖެހިފައި ނުވާކަމަށާއި އެހެންނަމަވެސް ސިޓީ ކައުންސިލުން ފޯމު ބަލައިގަތުމަށްފަހު އެކައުންޓު ފޮތުގައި ސްލިޕް ނަންބަރު ނޯޓުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފައިވާ ޕާކިންގ ސްލޮޓްތަކުގެ ގުރުއަތުލުން ބާއްވާފައިވާއިރު, މި ގުރުލުން ކުރިއަށް ދިޔަ ގޮތާމެދު ވަރަށް ގިނަ ބަޔެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އަދި ޕާކިންގ ސްލޮޓްތަކުގެ ގުރުނެގުން ކުރިއަށް ގެންދިޔަ އުސޫލާމެދު ވެސް ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. އޭރު މި މައްސަލަ ވަނީ އޭސީސީއަށް ވެސް ހުށަހަޅާފައެވެ.

211 ސްލޮޓަށް 969 މީހަކު ކުރިމަތިލާފައިވާއިރު މި ސްލޮޓްތަކަށް ކުރިމަތިލި ކޮންމެ ފަރާތަކަށް ވެސް ސްލިޕެއް ހަވާލުކުރި ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ގުރުއަތު ނެގުމަށް ބޭނުންކޮށްފައިވަނީ މި ސްލިޕް ނަންބަރުތައް ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ބައެއް މީހުންނަށް ސްލިޕް ދޫކުރިއިރު ފޯމް ނަންބަރު ކައުންސިލުގެ ފަރާތުން ޖަހާފައި ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އަދި މިފަދަ ގިނަ ސްލިޕްތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ, ނަންބަރުތައް ނެތް ސްލިޕް ހުރެދާނެ ކަމަށެވެ.

މި ސްލޮޓްތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއި އެ ސްލޮޓް ލިބޭ ފަރާތަކާމެދު ހެދޭ އެއްބަސްވުމެއްގެ ދަށުން، އެ ސްލޮޓަކީ އެ ވެހިކަލްގެ ގަރާޖުގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި މިގޮތަށް ކަނޑައެޅުމަށް 25،000ރ. ކުލީގެ ގޮތުގައި ނަގާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މި ސްލޮޓަކީ އެ އުޅަނދެއް ދެމިއޮތްހާ ހިނދަކު އޮންނާނެ ސްލޮޓެއް ކަމަށެވެ. އެއީ މުސްތަގުބަލުގައި ހަދާ ޕާކިންގ ސްލޮޓަކުން ކަމަށް ވިޔަސް އެމީހަކަށް އެ ސްލޮޓް ކަށަވަރުވެފައި އޮންނާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕަރކިންމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު