Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް، ބާ ޖަމާލުއްދީން ބިމުގައި އަޅަން ނިންމައިފި

ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް ރައީސް އަޑުއެއްސެވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2021 | ހޯމަ 11:27
ރައީސުލްޖުމްހޫރިއްޔާ، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާ ބައްދަލުކުރެއްވުން

އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދުނުމުގެ ގޮތުން, ބާ ޖަމާލުއްދީނުގެ ބިމުގައި ޖާގަ ތަނަވަސް އައު ޢިމާރާތެއް އަޅަން ސަރުކާރުން ނިންމަވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ޢަރަބިއްޔާ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ، މިހާރު އެ ސްކޫލް ހިންގާ ޢިމާރާތުގައި ހުރި ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައިފައެވެ. އަދި ޢިމާރާތުގެ މައްސަލަތަކެއް ހުރުމުން އެޑިއުކޭޝަން މިނިސްޓްރީއިން ވަގުތީ ގޮތުން ދެއްވި ޙައްލުތަކާމެދު ހުރި ކަންބޮޑުވުންތައްވެސް މި ބައްދަލުވުމުގައި ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ، އެ ބޭފުޅުން މި މައްސަލައިގައި ޙައްލު ހޯދަން ބޭނުންވާ ގޮތްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ޕީ.ޓީ.އޭ.ގެ މެންބަރުން ހުށަހެޅުއްވި އިތުރު ކަންކަން ބައްލަވައި އެކަންކަމަށް ވެސް ޙައްލެއް ހޯދައިދެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަންއާ މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ޢިއްޒުއްދީން ސްކޫލަށް ބަަލުކުރަން ނިންމި ނިންމުމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން އިޢުލާނުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. މި ނިންމުން ނިންމުމާއެކު ހުކުރު ދުވަހުގެ ހަވީރު ޢަރަބިއްޔާ ސްކޫލުގެ ކައިރީގައި ގިނަ އަދަދެއްގެ ބެލެނިވެރިން އެއްވެ، ވަނީ ނުރުހުންފާޅު ކޮށްފައެވެ. އަދި އެކި ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިއާގައިވެސް މި ނިންމުމާ ދެކޮޅަށް އެކި ވާހަކަތައް ދައްކަމުންނެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ، ހުކުރު ދުވަހުގެ ހަވީރު އެ ސުކޫލުގައި ބެލެނިވެރިން ބައްދަލުވުމެއް ބޭއްވި ކަމަށާއި، ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ގިނަ ބެލެނިވެރިން ބޭނުން ނުވާ ކަމަށެވެ. އަދި އެކަން އެޑިޔުކޭޝަން މިނިސްޓްރީއަށްވެސް އަންގާފައިވާ ކަމަށާއި، އެނިންމުމަކީ ބެލެނިވެރިންނާ މަޝްވަރާ ކުރުމެއްނެތި ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ޢަރަބިއްޔާ ސްކޫލަށް ސަރުކާރުތަކުން ދަނީ އިހުމާލުވަމުންކަން ފާހަގަކޮށް ބެލެނިވެރިން ބުނީ، ދަރިވަރުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކޮށްފި ކަމުގައިވާނަމަ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ އެކި އެކި ބޭބޭފުޅުން ވެސް ގެންދަނީ ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަދައްކަމުންނެވެ. އެގޮތުން ޢަރަބިއްޔާ ސްކޫލަކީ ޚާއްސަ ސްކޫލެއް ކަމަށާއި، ތަފާތު ދެ މީޑިއަމަކަށް ކިޔަވައިދޭ ދެ ސްކޫލް އެއް ޢިމާރާތެއްގެ ތެރޭގައި އެއްކޮށްލުމަށްވުރެ އެއް މީޑިއަމެއްގެ ދެ ސްކޫލު އެއްތަނަކަށްލުން މާ ބުއްދިވެރިކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.

ޢަރަބިއްޔާ ސްކޫލް ހުންނަ އިމާރާތަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޢަރަބިއްޔާ ސްކޫލްގެ އިމާރާތަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލަ ބަލައި ހައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެ ސްކޫލްގެ އިމާރާތުގެ ހާލަތު މިވަގުތު ހުރިގޮތުން އެތަނުގައި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަކީ އެންމެ ރައްކާތެރިކަމެއްނޫން ކަމަށާއި، ޢިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަރަބިއްޔާ ސްކޫލްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

10 ސެޕްޓެމްބަރު 2025
މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

24 ނޮވެމްބަރު 2024
އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ބިމެއް ކަނޑައަޅައިފި

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ބިމެއް ކަނޑައަޅައިފި

22 ނޮވެމްބަރު 2023
އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި

އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި

20 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު