Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހަނިމާދޫ ބަނދަރު މަޝްރޫއު

ހަނިމާދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުވަނީ

ހަނިމާދޫ ބަނދަރަށް އަލަށް އިތުރުކުރާބައި 700 ފޫޓު ދިގު، 50 މީޓަރު ފުޅާވާނެ

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2021 | ހޮނިހިރު 08:08
ހދ.ހަނިމާދޫ ބަނދަރު މަސައްކަތް ކުރިއަށްދަނީ

ހދ.ހަނިމާދޫ ބަނދަރު މަސައްކަތް ކުރިއަށްދަނީ

ރާއްޖޭގެ އެހެން ބައެއް ރަށްރަށެކޭ އެއްގޮތަށް ހދ ހަނިމާދޫ ރައްޔިތުންނަކީވެސް ލަފާފުރުމާއި ބަނދަރުގެ ދަތިކަން އިހްސާސްކުރަމުންދާ ބައެކެވެ. އާބާދީގައި 2000 އަށްވުރެ ގިނަ މީހުން އުޅޭ ހަނިމާދޫގައި ލަފާފުރުމަށް 70 އަށްވުރެ ގިނަ އުޅަނދު ބޭނުންކުރެއެވެ. އަދި ދުވާލެއްގެ މައްޗަށް އެހެން ރަށްރަށުގެ އުޅަނދުފަހަރުތަކާއެކު ގާތްގަނޑަކަށް 100 އަށްވުރެ ގިނަ އުޅަނދު އެރަށަށް ލަފައެވެ. ބަނދަރެއް އޮތްނަމަވެސް އެ ބަނދަރަކީ އެރަށުގެ އޮޑިދޯނިފަހަރަށާއި ލަފާފުރުމަށް ބޭނުންކުރަން ރައްކާތެރި ބަނދަރެއް ނޫނެވެ.

މިހާރު ހަނިމާދޫގައި ބޭނުންކުރަމުންދާ 500 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެރަށުގައި ތަރައްގީ ކޮށްފައިވާ ބަނދަރެކެވެ.

މިހާރު ބޭނުންކުރަމުންދާ ބަނދަރު ތިލަވުމާއި ވާޓަރު ހަލާކުވެފައިވުމުން ބަނދަރު ބޭނުންކުރުމުގައި ވަރަށްބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. އަދި ޚާއްސަކޮށް ހުޅަނގު މޫސުމުގައި ހަނިމާދޫ ބަނދަރަށް ލަފާފުރުމާއި އުޅަނދުތައް އަޅާފައި ބޭއްވުމަކީ އެއްވެސް ރައްކާތެރިކަމެއް ނެތްކަމެކެވެ.

2020 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ނިމެނިކޮށް ސަރުކާރުން ހަނިމާދޫ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުން ހަނިމާދޫ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފްތަކަށް ލުއެއް ލިބޭނެކަމަށް އެމީހުން ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހެން ފެށިއެވެ.

ހަނިމާދޫ ބަނދަރަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަޝްރޫއުގެ ދަށުން އެރަށުގެ ބަނދަރަށް 270 މީޓަރުގެ އެއްގަމު ތޮއްޓެއް އިތުރުކުރާނެއެވެ. އަދި 355 މީޓަރުގެ ބޭރު ތޮއްޓަކާއި، ބަނދަރު ފުންކުރުމާއި، ލައިޓްޖެހުމާއި، ޕޭވްމަންޓް ލުން ހިމެނެއެވެ. އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި ހަނިމާދޫ ބަނދަރަށް އަލަށް އިތުރުކުރާބައި 700 ފޫޓު ދިގު، 50 މީޓަރު ފުޅާވާނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ. މިއީ 57.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހަނިމާދޫ ރައްޔިތުން ބުނީ ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ނިމުމުން މިހާރު ބަނދަރު ބޭނުންކުރުމުގައި ދިމާވެފައިވާ ދަތިތަށް ހައްލުވެ، މީހުންނަށާއި އުޅަނދުތަކަށް ރައްކާތެރިކަން ލިބިގެންދާނެކަމަށެވެ.

ހދ. ހަނިމާދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ހިރިމަަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި

ހިރިމަަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި

01 ފެބުރުއަރީ 2025
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރަށް އިސްރާފެއް ނަމަވެސް މި މަޝްރޫއާއެކު މުޅި ރީޖަން ބަދަލުވާނެ: ފައްޔާޒު

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރަށް އިސްރާފެއް ނަމަވެސް މި މަޝްރޫއާއެކު މުޅި ރީޖަން ބަދަލުވާނެ: ފައްޔާޒު

13 އޮކްޓޯބަރު 2024
ހދ. ހަނިމާދޫގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ. ހަނިމާދޫގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

22 ޖޫން 2024
މަސްތުވާތަކެއްޗާއެކު ހަނިމާދޫން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހަނިމާދޫން 2 މީހަކު ހައްޔަރުކޮށްފި

12 އޮކްޓޯބަރު 2023
އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން ޒުވާނާގެ ބަންދަށް 7 ދުވަސް

އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން ޒުވާނާގެ ބަންދަށް 7 ދުވަސް

05 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު