Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ

"މީއާދުގެ ޑީއެންއޭ ހިމެނޭ އަންގިއެއް ރާއްޖެޓީވީ ރޯކޮށްލި ސަރަހައްދުން ފެނުނީ ކީއްވެކަން ބުނެއެއް ނުދެވުނު"

މީއާދުއާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2021 | ބުރާސްފަތި 13:16
ރާއްޖެޓީވީ ރޯކޮށްލުމުގެ ދައުވާ އުފުލާފައިވާ ހ. ގަސްވާ މުހައްމަދު މީއާދު

ރާއްޖެޓީވީ ރޯކޮށްލުމުގެ ދައުވާ އުފުލާފައިވާ ހ. ގަސްވާ މުހައްމަދު މީއާދު

ރާއްޖެޓީވީގެ 11 އަހަރުވީ ދިގު ތާރީޚުގައި ތަފާތު އެކި ކަހަލަ ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރެއިންވެސް މީގެ 8 އަހަރު ކުރިން ރާއްޖެޓީވީ އޭރު ހިންގަމުން ދިޔަ ތަނުގައި ރޯކޮށްލި ބިރުވެރި ހާދިސާއަކީ އިއްޔެ ވީ ކަމެއްހެން މިއަދުވެސް މުވައްޒަފުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ހާދިސާއެކެވެ.

އެ މައްސަލައިގެ އިންސާފު ހޯދުމަށް ރާއްޖެޓީވީން ފާއިތުވި 8 އަހަރު އެކި މުއައްސަސާތަކުގެ ދޮރުގައި ޓަކިޖަހާފައިވެއެވެ. އެތައް މަސައްކަތެއް ކޮށްފައިވެއެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެކަމުގައި ރާއްޖެޓީވީއަށް އިންސާފު ލިބިފައެއް ނުވެއެވެ. ނުވިތާކަށް އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވިފައިނުވާއިރު، އެ މައްސަލާގައި ދައުވާ އުފުލައި، ޝަރީއަތް ހިންގައި، ހުކުމަކާ ހަމައަށްވެސް ގޮސްފައި މިވަނީ އެންމެ މީހެއްގެ މައްސަލައެވެ. ހ. ގަސްވާ މުހައްމަދު މީއާދުގެ މައްޗަށް ބުރާސްފަތި ދުވަހު، ކްރިމިނަލް ކޯޓުން މިވަނީ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މި މައްސަލައިގައި މީއާދުއާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު، އެ ހެކިތައް ނަފީކުރެވޭފަދަ ހެއްކެއް މީއާދަށް ހުށައެޅިފައިނުވާކަމަށް ހުކުމުގައި ބުނެއެވެ.

ދައުލަތުން މައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ ޑީއެންއޭ ތަހުލީލު ރިޕޯޓުން، ޝަރީއަތަށް ފާހަގަކުރެވޭ ކަންކަން ބަޔާން ކުރައްވައި، މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވިދާޅުވާ ގޮތުގައި، ޑީއެންއޭ ތަހްލީލު ރިޕޯޓް ތައްޔާރު ކުރެވިފައިވަނީ ބިކޭޓީ ބިލްޑިންގ ކުރިމަތިން ފެނުނު އަންގި ކިބައެއްގެމައްޗަށް ބިނާކޮށްކަން މި މައްސަލައިން އެނގެން އޮވެއެވެ.

ދައުލަތުން މައްސަލަ ސާބިތުކުރުމަށް ހުށަހެޅި ސީންއަށް ހާޒިރުވި ފުލުހުންގެ ބަހުން، ހާދިސާ ހިނގިރޭ އެ އަންގި ފެނިފައިވަނީ ރާއްޖެ ޓީވީ ހުރި އިމާރާތުގެ (ބިކޭޓީ ބިލްޑިންގ) ކުރިމަތިން، އެތަނުގައި ޕާކްކޮށްފައިވާ ސައިކަލްތަކެއްގެ ކައިރިންކަން އެނގެން އޮންނަކަމަށް ހުކުމުގައި ބުނެފައިވެއެވެ. އަދި އަންގި ފެނުނުއިރު، އަންގިއޮތީ އޭގެ "ފްރެޝްކަން" ނުގެއްލި (ބަޔަކު އޭގެ މައްޗަށް އަރައި، އޭގެ ކުލަ ބަދަލުނުވެ) ކަންވެސް އެނގެން އޮންނަކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، އެ އަންގީގެ ޗެއިންއާ ގުޅިގެން ސުވާލު އުފެދޭނެ ހާލަތެއް މައްސަލައިގެ ތެރޭގައި ފެންނަން ނެތްކަމަށާއި، އެ އަންގިން މުހައްމަދު މީއާދުގެ ޑީއެންއޭ ފެނިފައިވަނީ ކޮން ސަބަބަކާހުރެކަން މުހައްމަދު މީއާދުގެ ފަރާތުން ޝަރީއަތަށް ބުނެދެވިފައިނުވާކަމަށްވެސް ގާޒީ ވިދާޅުވިއެވެ. އަދި އޭނާގެ ޑީއެންއޭ ހިމެނޭ އަންގިއެއް ރާއްޖެޓީވީ ހިމެނޭ ސަރަހައްދުގައި އޮންނަންވީ އެއްވެސް ސަބަބެއްވެސް އޭނާގެ ފަރާތުން ޝަރީއަތަށް ބުނެދެވިފައެއް ނުވެއެވެ.

ހުކުމުގައި ފާހަގަ ކޮށްފައިވާ ގޮތުން، އަންގިން ނެގުނު ޑީއެންއޭ، މީއާދު ފިޔަވައި އިތުރު މީހެއްގެ ޑީއެންއޭއާ ދިމާވުމުގެ އެއްވެސް ޕޮސިބިލިޓީއެއް ނެތެވެ.

ހުކުމުގައި ބުނެފައިވާ ގޮތުގައި، މައްސަލައާއެކު ހުށަހެޅިފައިވާ އެންމެހާ ކަންކަމަށް ބަލާއިރު، ރާއްޖެޓީވީ ހުރި އިމާރާތުގައި މީއާދު އަލިފާން ރޯކޮށްލިތަން ފެނިފައިވާކަމަށް ދައުލަތުން ހުށަހެޅި އެއްވެސް ހެކިވެރިޔަކު ބުނެފައިނުވިނަމަވެސް، އޭނާ ރާއްޖެޓީވީ ހުރި އިމާރާތުގައި އަލިފާން ރޯކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމަށް ދަލާލަތުކޮށްދޭ، ގުޅިފައިވާ ވަރުގަދަ ގިނަ ގަރީނާތަކެއް، މައްސަލައާއެކު ވަނީ ހުށައެޅިފައެވެ.

އެގޮތުން ބަލާއިރު، ދައުލަތުން ހުށަހެޅި ހެކިންގެ ބަހުން، ހާދިސާ ހިނގިރޭ އޭނާ އިތުރު ބަޔަކާއެކު ރާއްޖެ ޓީވީ ހުރި އިމާރާތަށް ވަދެފައިވާކަމާއި، އަދި އިމާރާތަށް އެބަޔަކު ވަތްފަހުން، އިމާރާތުން ކަރަންޓްގޮސް ބިއްލޫރި ގަނޑެއް ތަޅައިގެން ދިޔަ އަޑު އިވިފައިވާ ކަމާއި، އެބަޔަކު ނުކުތް ފަހުން އިމާރާތުން އަލިފާނާއި ދުމުގެ އަސަރު ފެނިފައިވާކަން އެނގެން އޮވެއެވެ.

އަދި އިމާރާތުގައި އަލިފާން ރޯކޮށްލިކަމަށް ތުހުމަތު ކުރެވޭ އިތުރު ބަޔަކު އެ ސަރަހައްދުން ފެނިފައިނުވުމާއި، އެރޭ އެ އިމާރާތުގެ ކުރިމަތިން ފެނިފައިވާ އަންގިއަކުން މުހައްމަދު މީއާދުގެ ޑީއެންއޭ ފެނިފައިވުމުގެ އިތުރުން، ރާއްޖެޓީވީ ހުރި އިމާރާތުގެ ސީސީޓީވީ ފުޓޭޖްތަކުން، އަލިފާން ރޯކޮށްލުމުގައި އުޅުނު ފަރާތްތަކުން އަންގި ބޭނުންކޮށްފައިވާއިރު، ވީޑިއޯއިން ފެންނަ އަންގިއާ އެއްގޮތް ކަންތައްތަކެއް މި އަންގިތަކުގައި ހުރިކަން ވީޑިއޯ އެނަލިސިސް ރިޕޯޓާއި ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހުން އެނގެން އޮވެއެވެ.

މީގެ އިތުރުންވެސް މީއާދުގެ ހަށިގަނޑުން ފެނުނު ލަކުނު ތަކަކީވެސް އެ ކަންކަމުގެ މައްޗަށް ބާރު ލިބިގެން ގޮސްފައިވާ ކަންކަމެވެ. މިފަދަ ގިނަ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ މީއާދުގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވައި، ޤާނޫނުލްއުޤޫބާތުގެ ދަށުން އޭނާގެ މައްޗަށް 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވަވާފައެވެ.

މީއާދުގެ އިތުރުންވެސް އިތުރު ބަޔަކު މި މައްސަލައިގައި ޝާމިލުވާކަން އެނގެން އޮތް ނަމަވެސް، އެމީހުން މިއަދާ ހަމައަށްވެސް އިންސާފުގެ ކުރިމައްޗަށް ގެނެވިފައެއްނުވެއެވެ. ރާއްޖެޓީވީން މި މައްސަލާގައި އިންސާފު ހޯދުމަށް، ނިމިދިޔަ ސަރުކާރުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އޭރު ކުރި ހުރިހާ މަސައްކަތްތަކެއް ދިޔައީ ފަނުފުލުންނެވެ.

ރާއްޖެޓީވީއަކީ ވެސް ދައުލަތަށް ޓެކްސް ދައްކައިގެން، ސައްތައިން ސައްތަ ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާ ސްޓޭޝަނަކަށް ވެފައި، އިންޝުއަރެންސްގެ ޚިދުމަތް މެދު ކެނޑިފައި އޮތް ދަނޑިވަޅެއްގައި 11 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ސްޓޭޝަނަށް ދިނުމުން އެކަމުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދި ރައީސް އޮފީހަށް ފޮނުވި ސިޓީތަކަށް ވެސް ޖަވާބެއް ނުލިބި އެތައް އިންތިޒާރެއް ކުރިއެވެ.

މި މައްސަލައިގައި ބަދަލު ނަގައި ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބޭރުކޮށްލީއެވެ. ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލަ ވެސް އެތައް އަހަރެއް ވެގެން ދިޔައިރު ވެސް ވީނުވީއެއް ނޭނގުނެވެ. 

ރާއްޖެޓީވީން ވަނީ މި މައްސަލަ ދާދި ފަހުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށްވެސް ހުށައަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ހަނދާނާއި ގުޅިފައިވާ ދަތްދަގަނޑު

ރާއްޖެޓީވީގެ ހަނދާނާއި ގުޅިފައިވާ ދަތްދަގަނޑު

07 އޮކްޓޯބަރު 2020
ރާއްޖެޓީވީގެ ލޮކްޑައުންއަށް 30 ދުވަސް- މުވައްޒަފުން ކުރަމުންދާ ތަފާތު ތަޖުރިބާ

ރާއްޖެޓީވީގެ ލޮކްޑައުންއަށް 30 ދުވަސް- މުވައްޒަފުން ކުރަމުންދާ ތަފާތު ތަޖުރިބާ

19 މެއި 2020
ރާއްޖެޓީވީ ރޯކޮށްލުން : އިންސާފު ލިބޭނެކަމުގެ އުންމީދުގައި ތިބޭތާ 6 އަހަރު!

ރާއްޖެޓީވީ ރޯކޮށްލުން : އިންސާފު ލިބޭނެކަމުގެ އުންމީދުގައި ތިބޭތާ 6 އަހަރު!

07 އޮކްޓޯބަރު 2019
ސިފައިންގެ ބޮޑު ސްކްރީންގައި ރާއްޖެޓީވީ

ސިފައިންގެ ބޮޑު ސްކްރީންގައި ރާއްޖެޓީވީ

26 އެޕްރީލު 2019
ރާއްޖެޓީވީގެ އަހަރީ ދުވަހާއި ގުޅިގެން އާންމުންގެ ތަޢުރީފު

ރާއްޖެޓީވީގެ އަހަރީ ދުވަހާއި ގުޅިގެން އާންމުންގެ ތަޢުރީފު

15 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު