Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ މެމްބަރުން ވަކިކުރުމުގެ މައްސަލަ

އޭސީސީ މެމްބަރުން ވަކިކުރުމާ ގުޅޭގޮތުން، ގޮތެއް ނިންމުމަށް އެމްޑީޕީ ޕީޖީގައި މަޝްވަރާކުރަނީ

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ކޮމިޓީން ނިންމާފައިވަނީ ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2021 | އަންގާރަ 15:38
އެމްޑީޕީ ޕީޖީ ގްރޫޕުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީ ޕީޖީ ގްރޫޕުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެމްބަރުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމާފައިވާއިރު, އެކަމުގައި ގޮތެއް ނިންމުމަށް މަޝްވަރާކުރުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އަންގާރަ ދުވަހުގެ ރޭ ބައްދަލުވުމެއް ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

މިބައްދަލުވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ 20:30ގައެވެ. ބައްދަލުވުމުގެ އެޖެންޑާގައި ވަނީ އޭސީސީ މެމްބަރުން ވަކިކުރުމާއި، ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ކޮމިޓީން ނިންމާފައިވަނީ ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. އެދުވަހުގެ ބައްދަލުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެޖެންޑާކޮށްފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ތައްޔާރުކޮށްފައިވާ, އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޕަރފޯމެންސް އޮޑިޓް ހުށަހެޅުމެވެ. މި ބައްދަލުވުމުގެ އެއްބައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ކޮމިޓީ ބައްދަލުވުމަށްފަހު މަޖިލީހުގެ މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ޕާރފޯމަންސް އޮޑިޓަކަށްފަހު އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވެއެވެ. މިގޮތަށް ނިންމީ އެ ކޮމިޝަނުން މައްސަލަތައް ބެލުމުގައި ލަސްކަމާއި، ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް ފަހު، ހޯދި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. މިގޮތަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދުއެވެ.

ހަސަން ހުށަހެޅުއްވީ، މި ވެރިކަމުގައި އޭސީސީގެ މެމްބަރުން އައްޔަންކުރި ފަހުން މިހާތަނަށް ބެލިފައި ހުރި މައްސަލަތަކުގެ ތަފްސީލް ހޯދުމަށާއި، ކޮމިޓީއަށް ހާޒިރުކޮށްގެން މައުލޫމާތު ހޯދުމަށެވެ. އަދި މިހާތަނަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ހުރި މައްސަލަތަކާއި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ކުރި މަސައްކަތަކީ ކޮބައިތޯ އޮޅުން ފިލުއްވުމަށެވެ.

މި ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ހުށަހެޅުއްވީ ޕަރފޯމަންސް އޮޑިޓަކަށް ފަހު، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރައްވާ މެމްބަރުން ވަކިކުރެއްވުމަށެވެ. އަދި ކޮމިޓީއަށް އޭސީސީ އެކި ފަހަރުމަތިން ހާޒިރުކުރުމުން ވެސް މައްސަލަތައް ނިންމަން އެކި މުއްދަތުތަކެއް ދީފައިވާ ކަމަށެވެ. އެކަމަކު ދައުލަތަށް ގެއްލުނު ފައިސާގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ނިންމިފައިވޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ބޮޑެތި މައްސަލަ ވެސް ޕީޖީއަށް ފޮނުވާނެ ކަމަށް ބުނެ ކޮމިޓީއަށް ޑެޑްލައިންތަކެއް ދީފައިވީނަމަވެސް އެކަން ނުވާކަމަށް ވިދާޅުވިއެވެ.

ޝަހީމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމެވެ. އެއާއެކު ކޮމިޓީގެ އަޣްލަބިއްޔަތުން ވަނީ އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް ވަކިވަކިން ސުވާލު ކުރުމަށް ނިންމާފައެވެ.

ކޮމިޓީން މެމްބަރުން ވަކިކުރަން ނިންމާފައިވާއިރު, އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ, އޭސީސީއަށް ނަތީޖާ ނެރެވޭނީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ކަމަށެވެ. އަދި ހަރުދަނާ ރަނގަޅު ގޮތުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮމިޝަން މިނިވަން ތަނެއްގެ ގޮތުގައި ބާއްވަން ޖެހޭ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ އެހެން ބަޔަކު މެމްބަރުކަމާ ހަވާލުވި ނަމަވެސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތްކުރާނެ ޖާގަ ލިބުމާއެކު، ވަސީލަތްތަކާއި، ނިޒާމީ ބަދަލުތައް ގެނެސްގެން ކަމަށެވެ. މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި ޝިއުނާ ވިދާޅުވީ, މަސައްކަތްތައް ކުރަމުންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު