Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެކަނިވެރި މަންމައެއްގެ ދިރިއުޅުން

އަނިޔާ ލިބެމުން ދިޔަ އެކަނިވެރި މަންމައެއްގެ ދިރިއުޅުމަށް ހިނިތުންވުން!

14 ޑިސެމްބަރު 2021 | އަންގާރަ 14:02

ފިރިމީހާގެ ފަރާތުން އެތައް އަނިޔާއެއް ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޑިސެމްބަރު 2021 | އަންގާރަ 14:02
ނާޒިމާމެންގެ އާއިލާ ދިރިއުޅެމުންދިޔަ ގެ ހަދާދީފައި

ނާޒިމާމެންގެ އާއިލާ ދިރިއުޅެމުންދިޔަ ގެ ހަދާދީފައި

ގެވެށި އަނިޔާގެ ވާހަކައަކީ ރާއްޖޭގައި އަބަދުވެސް ވަރަށް ގަދަޔަށް ދެކެވޭ އެއް ވާހަކައެވެ. މިއަދާ ހަމައަށް ވެސް ހައްލު ނުވެފައިވާ ބޮޑު މައްސަލައަކަށްވާއިރު، މިފަދަ ގިނަ އާއިލާތަކުގައި މައިންބަފައިންގެ ފަރާތުން ދަރިންނަށް ލިބެން ޖެހޭ ލޯތްބާއި އަޅާލުމުން ދަރިން ދަނީ މަހުރޫމްވަމުންނެވެ. ކައިވެނި ރޫޅި ނުވަތަ އެކުގައި އުޅޭއިރު ވެސް, މި އަނިޔާ ތަހައްމަލު ކުރާ ގިނަ މައިންނާއި ދަރިން އުޅޭކަމީ މިއަދުގެ އެއް ހާގީގަތެވެ. ދިރިއުޅޭނެ އެހެން ތަނެއް ނުވަތަ ގޮތެއް ނެތުމަކީ އަނިޔާއަށް ކެތްކުރަން މަޖުބޫރުކުރުވާ އެއްސަބަބު ވެސް މެއެވެ. ނަމަވެސް މިފަދަ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރާއި، އެކިއެކި އެންޖީއޯތައް ދަނީ އެކި ލެވަލްގައި މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހިންގަމުންދެއެވެ.

ކޮންމެ ދުވަހަކު އެތައް މައްސަލައެއް އެކި އެންޖީއޯތަކުގައި ރިޕޯޓު ކުރެވެމުންދާއިރު، އެކަނިވެރި މައެއްގެ ދިރިއުޅުމަށް "މަމްސް އެންޖީއޯ"ގެ ސަމާލުކަން ލިބިގެންދިޔައެވެ.

މަމްސް އެންޖީއޯއިން މައުލޫމާތު ދޭ ގޮތުގައި، ނާޒިމާ އަކީ 12 އަހަރުން ދަށުގެ ފަސް ކުދިންނާއި އުމުރުން ދުވަސްވީ މަންމައާއެކު، މާބަނޑު ހާލުގައި ދިރިއުޅެމުން ދިޔަ މީހެކެވެ. ވޭތުވެ ދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި މެދުކެނޑުމެއް ނެތި ނާޒިމާއަށް އޭނާގެ ފިރިމީހާގެ ފަރާތުން އެކިވަރުގެ އަނިޔާތައް ލިބެމުން ދިޔައެވެ. މި އަނިޔާތަކުގެ ސަބަބުން ނާޒިމާ ވަނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށި ވެފައެވެ. ނާޒިމާ އިނީ ވަޒީފާއަކަށް ގޮސް އާމްދަނީއެއް ހޯދޭނެ ފަދަ ހާލަތެއްގައި ނޫނެވެ. އަދި އެކަނިވެރި މައިންނަށް ލިބެންޖެހޭ އެލަވަންސްއަށް އެކި ފަހަރުމަތިން ހުށަހަޅައިގެން ވެސް ނާޒިމާއަށް އެ ފައިސާ ލިބޭ ގޮތް ނުވިއެވެ. އަދި ކުދިންގެ ބައްޕަގެ ފަރާތުން ދަރިންނަށް ލިބެންޖެހޭ ޚަރަދުވެސް ނުލިބޭއިރު، ފަސް ކުދިންނާއި ނާޒިމާ، އަދި އޭނާގެ މަންމަ ޒަރޫރީ ބޭނުންތައް ފުއްދަމުން ދިޔައީ އުމުރުން ދުވަސްވީމަންމައަށް ލިބޭ އެލަވަންސުންނެވެ.

ނާޒިމާގެ ހާލަތު މަމްސް އެންޖީއޯއިން އިތުރަށް އޮޅުންފިލުވަން ކުރި މަސައްކަތުން، މިއީ ވަރަށް ބޮޑަށް މުޖުތަމައުން ބާކީކޮށްލެވިފައިވާ އާއިލާއެއްކަން އެނގުނު ކަމަށް އެ އެންޖީއޯއިން މައުލޫމާތު ދެއެވެ.

ނާޒިމާ ދިރިއުޅޭ ގޭގެ ހާލަތަށް ބަލާއިރު، އެއީ ބާވެ ވަރަށް ބޮޑަށް ވީރާނާވެފައިވާ ގެއެކެވެ. އެގޭގައި މުސްކުޅި މަންމައާއި ތުއްތު ކުދިން ގޮވައިގެން ނާޒިމާ ދިރިއުޅެމުން ދިޔައީ ދެ ކޮޓަރީގެ ކުޑަ ތަންކޮޅެއްގައެވެ. ގޭގެފުރާޅުގެ ޓިނުތައް ފޫގޮސްފައި ހުރުމުން، ވާރޭ ވެހޭ ދުވަސްވަރެއްގައި، އެ ތަންތަނުން ގޭތެރެއަށް ފެން ފައިބައެވެ. ގޭތެރެ ފެނުނީ އާއްމު ދިވެހިން ދިރިއުޅެމުންދާ ހާލަތަށްވުރެ މާ ނިކަމެތިކޮށް ކަމަށް މަންމްސް އެންޖީއޯއިން ބުނެއެވެ.

ގޭގައި އެންމެ ފާޚާނާއެއް ހުންނައިރު، އެތަން ހުންނަނީ ކޮޓަރިން ބޭރުގައި ވަކިންނެވެ. އެތަނަކީވެސް ކުޑަކުދިންތަކެއް ބޭނުންކުރަން ރައްކާތެރި ތަނެއް ނޫނެވެ. ފެންވެރުމަށް ފެން ނަގަން ހުންނަނީ ތިން ފޫޓުގެ ތިރި ވަޅެކެވެ. އެ ފާޚާނާގައި އެންމެން ވެސް ފާހަނާ ކުރުމަށް ބޭނުންކުރަމުން ދިޔައީ ތިރި ތައްޓެކެވެ. ނާޒިމާގެ ބަލިހާލަތު ހުރި ގޮތުން އޭނާއާއި އޭނާގެ ތުއްތު ދަރިންގެ ޒިންމާ ނަގަމުންއައީ ނާޒިމާގެ ދުވަސްވީ މަންމަ އެވެ.

ކުދިންގެ ހާލަތާބެހޭގޮތުން މަމްސް އެންޖީއޯއިން ބުނީ، ކައިވެންޏަށް ވީ 12 އަހަރު ތެރޭގައި ނާޒިމާއާއި އޭނާގެ ދަރިންނަށް ކުދިންގެ ބައްޕަގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން އެތައް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ނާޒިމާ ބުނާގޮތުން މަސްތުގެ ވަބާގައި ޖެހި އޭނާގެ ކުރީގެ ފިރިމީހާ ހަމަހޭގައި ހުންނަނީ މަދު ފަހަރަކުއެވެ. ފިރިމީހާ ހަމައިގައި ނުހުންނަ ކޮންމެ ފަހަރަކު ނާޒިމާއަށް އެތައް އަނިޔާއަކާ ކުރިމަތިލާން ޖެހެއެވެ.

އަނިޔާތަކުން ސަލާމަތްވުމަށް ނާޒިމާ އޭނާގެ ފިރިމީހާގެ ކިބައިން ވަރިވިއެވެ. ނަމަވެސް ނާޒިމާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ގިނައެވެ.

ނާޒިމާގެ އުނދަގޫ ދިރިއުޅުމުގެ ހާލަތު އެނގުމާއެކު، މަމްސް އެންޖީއޯއިން އޭނާއަށް އެހީވުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އެންމެ ފުރަތަމަ ކުދިންނާއި ނާޒިމާގެ އާއިލާއަށް ބޭނުންވާނެ، ފައިދާހުރި ކާނާއާއި ހައިޖީން ޕްރޮޑަކްޓްސް ފަދަ ތަކެތި ފޯރުކޮށްދިނެއެވެ.

މީގެ އިތުރުން އެކަނިވެރި މައެއްގެ މިހިތްދަތި ދިރިއުޅުމުގެ ވާހަކަ މަމްސްގެ ސޯޝަލް މީޑިޔާގައި ހިއްސާކޮށް، އެ އާއިލާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ގެ މަރާމާތުކޮށްދީ ކުދިންނަށް ދިރިއުޅެން ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށް މަމްސްއިން އިސްނަގައިގެން ފަންޑްރައިޒިން ކެމްޕޭނެއް ފެށިއެވެ. އަދި "ހެލްޕް ނާޒިމާ ފެމިލީ" ކެމްޕެއިންނަށް އެހީ ޖަމިއްޔާއިން ގުޅުނު ހިސާބުން ބޮޑު އެހީތެރިކަމެއް ލިބުނެއެވެ.

މިއާއެކު، ކޮންޓްރެކްޓަރ އަކާއެކު އެއްބަސްވެވި، ނާޒިމާގެ ގެ މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް 24 މޭގައި ފެށިގެން ދިޔައެވެ. ކުދިންނަށް ގެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް މުޅި ގޭގެ ވަށާފާރު ރޭނުމުގެ މަސައްކަތް ފެށިއެވެ. އިތުރު ފާޚާނާއަކާއި ކޮޓަރިއެއް ހެދި، ޖުމްލަ 3 ކޮޓަރިއާއި 2 ފާޚާނާ އެގޭގައި ހެދިގެން ދިޔަ އެވެ. މުޅިގޭގެ ފުރާޅު ބަދަލުކޮށް، ސީލިންގް ކުރެވި، ގޭގެ ކަރަންޓް ވަޔަރިންގ އެކީ ބަދަލުކުރެވުނެވެ. ޒަމާނީ ފެންވަރަށް ބަދިގެ ހަދައި، ގޭގައި ތަށިމުށި ޖަހައި ރީތިކުރެވުނެވެ. ގޭގައި ބޭނުން ކުރަމުން ދިޔަ ހުރިހާ ފަރުނީޗަރާއި، އިލެކްޓްރޯނިކްސް އައުކޮށް، ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދައި ދެވުނެވެ. އަދި ގޭގައި ދުވަސްވެފައިވާ ޖަންކްޝަން ވަޅުގަނޑު ބަންދުކޮށް، އައު ވަޅުގަނޑެއް ރޭނި، ފާޚާނާތައް ޒަމާނީ ފެންވަރަށް ހަދައި، ފެންވައިރުކުރެވުނެވެ.

މީގެ އިތުރުން ކުދިންގެ ޓިއުޝަނާއި ގުރުއާން ކްލާހަށް ފޮނުވުމަށް ފީ ހަމަޖައްސައިދީ, އެ ކުދިންގެ ސްކޫލަށް ބޭނުންވާ ސާމާނު ވަނީ ހަމަކޮށްދީފައެވެ. އަދި ކުދިންނާއި ނާޒިމާއަށް ބޭނުންވާ ނަފްސާނީ ފަރުވާ ފެށިފައިފައިވާއިރު، ކުރިއަށް އޮތް ހަ މަސް ދުވަހަށް އެ އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި، ހައިޖީން ޕްރޮޑަކްޓްސްގެ އިތުރުން، ޒަރޫރީ ތަކެތި ހޯދައިދިނުމަށް އެ އެންޖީއޯއިން ވަނީ ނިންމާފައެވެ.

މަމްސް އެންޖީއޯއިން އިސްނައިގެން ފެށި މަސައްކަތުގައި އެތައް ބައެއްގެ އެހީތެރިކަމާއެކު، މިއަދު ނާޒިމާއާއި އޭނާގެ މި ކުޑަ އާއިލާއަށް މިވަނީ ރައްކާތެރި އަދި ސާފު މާހައުލެއް ގާއިމްކޮށްދެވިފައެވެ. ނާޒިމާއާއި އޭނާގެ މަންމަ އަދި ކުދިންގެ މޫނު މަތިން މިއަދު ފެނިގެންދަނީ ހިނިތުންވުމެވެ. ނާޒިމާ ފަދައިން ދަތިހާލުގައި ދިރިއުޅެމުންދާ އެތައް އާއިލާއެއް އެބަތިއްބެވެ. އެފަދަ އާއިލާތަކަށް ބޭނުންވަނީ ދީލަތި އެހީތެރިކަމެކެވެ. އިސްނަގައިގެން މަސައްކަތް ފަށައިދޭނެ ބައެކެވެ!

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ޖޫން 2017

ހާރުކައިގެން ނިދަން ދިޔަ އިއްސެ މަރައިލީ ތޫނު އެއްޗަކުން ފުން ޒަޚަމްތަކެއް ކޮށްލައިގެން!

17 ޖޫން 2017
ހާރުކައިގެން ނިދަން ދިޔަ އިއްސެ މަރައިލީ ތޫނު އެއްޗަކުން ފުން ޒަޚަމްތަކެއް ކޮށްލައިގެން!
23 މެއި 2017

"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

23 މެއި 2017
"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"
26 އެޕްރީލު 2017

ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

26 އެޕްރީލު 2017
ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!
25 އެޕްރީލު 2017

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް