Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

މާލޭގެ ފެންހިންދުމުގެ ނިޒާމާއި ޑރ މުއިއްޒު

ފެންހިންދުމުގެ ނިޒާމުގައި ބޭނުންކުރާ ޕަންޕުތަކަކީ މުއިއްޒު ގެންނަވާފައިވާ ޕަންޕުތަކެއް

ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2021 | އާދީއްތަ 11:35
މާލޭގެ މޭޔަރ ޑރ މުއިއްޒަކީ އެކި ދުވަސްވަރު އެކިގޮތަށް ވާހަކަ ދައްކަވާ ބޭފުޅެއް

މާލޭގެ މޭޔަރ ޑރ މުއިއްޒަކީ އެކި ދުވަސްވަރު އެކިގޮތަށް ވާހަކަ ދައްކަވާ ބޭފުޅެއް

ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ އަސަރު މާލޭ ސިޓީ ކައުންސިލާ ހަމަޔަށްވެސް ފޯރައިފިކަމަށް ހީވެއެވެ. މާލޭގެ ބައެއް މަގުމަގުގައި ހެދިފައިވާ ފެންފެންގަނޑު މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ވެސް އަތުވެއްޖެ ކަމަށް ފެނެއެވެ. އެހެން ހީވީ މިކަމާމެދު މޭޔަރު މުއިއްޒު ވިދާޅުވި ވާހަކަފުޅަކާ ގުޅިގެންނެވެ، މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފެން ހިންދުމުގެ ނިޒާމާއި ގުޅިފައިވާ ޕަންޕުތައް ބެލެހެއްޓުމުގެ ޒިންމާޔަކީ އެމްޑަބްލިއުއެސްސީއާ ހަވާލުކުރެވިފައިވާ ޒިންމާއެއް ކަމަށާއި އެ ޒިންމާޔަށް އެމްޑަބްލިޔުއެސްސީން އިހުމާލުވެފައިވާ ކަމަށެވެ. އެހެންނޫންނަމަ މިވަރަށް ފެންބޮޑު ނުވީސްކަމުގައެވެ. ފެންބޮޑުވަނީ ޕަމްޕުތައް ނުބެލެހެއްޓޭތީ ކަމުގައެވެ. އެހެންވީމާ ފެންބޮޑުވުމުގެ މައްސަލައަށް އޮތް އަވަސް ހައްލަކީ އަވަހަށް އެނިޒާމާއި ޕަންޕުތައްވެސް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުން ކަމަށް ވަނީ ވިދާޅުވެފައެވެ.

މުއިއްޒު އެވިދާޅުވަނީ ކޮން ޕަންޕުތަކެއްގެ ވާހަކަ ބާވައެވެ. ކޮން ދައުރެއްގައި ކާކު ގެނެސް ބެހެއްޓި ޕަންޕުތަކެއް ބާވައެވެ. ކިހާ ފެންވަރެއްގެ ކިހާ ކެރިކުޅަދާނަކަން ލިބިގެންވާ ޕަންޕުތަކެއް ބާވައެވެ. އަޅުގަނޑުގެ ނަޒަރުގައި އެންމެ ފުރަތަމަ އެއަށް ކޮންމެވެސް މިންވަރަކަށް ބަލާލަން އެބަޖެހެއެވެ. މުއިއްޒު އެވިދާޅުވަނީ ހަގީގީ ޕަންޕުތަކެއްގެ ވާހަކައެވެ. އެޕަންޕުތަކުގެ ފެންވަރާއި އޭގެ ސައިޒާއި އެއިން ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަންވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ ޑރ މުއިއްޒެވެ. އެހެނީ އެޕަންޕުތަކަކީ ޑރ މުއިއްޒު ހަތް އަހަރު ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު ސީދާ މުއިއްޒުގެ ހުއްދަ ލިބިގެން މުއިއްޒު ބޭނުންފުޅުވި ޝަރުތުތަކަށް ފައްތައިގެން ގެނެސް ބަހައްޓާފައިވާ ޕަންޕުތަކެކެވެ. އެއީ މުއިއްޒުގެ ޕަންޕުތަކެކެވެ. އެޔަށް އެންމެ ބޮޑަށް ޒިންމާވާން ޖެހޭ ބޭފުޅަކީވެސް ހަމަ މުއިއްޒެވެ. އެންމެ ފަހުން އެއާމެދު އެމަނިކުފާނު ބަސްފުޅުވެސް ވިދާޅުވީއެވެ.

ޑރ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގެ ދައުރުގައި ދިވެހި ބަހުގެ ތެރެއަށް އައު މިސާލު ބަހެއް ވަދެފައި އޮވެއެވެ. އެއްކަމެއް ތިން ހަތަރު ފަހަރުކޮށްގެންވެސް ނަތީޖާއެއް ނުފެނި ބޭކާރު ޚަރަދު ކުރަންޖެހުމަށް ބުނެ އުޅެނީ ތިޔަކަންތައް ތިޔައޮތީ މުއިއްޒުވެފައެވެ. އެހެން ބުނަނީ ހައުސިން މިނިސްޓަރު ކަމުގައި ޑރ މުއިއްޒު ހުންނަވައިގެން ކުރެވުނު ހަމަ ކޮންމެ ކަމެއްވެސް ހަތަރު ފަސްފަހަރު ކޮށްގެންވެސް ރަނގަޅަށް ނުކުރެވޭތީއެވެ. އެއީ މަގު ހެދުން ކަމަށްވިޔަސް ދުވާ ޓްރެކް އެޅުން ކަމަށްވިޔަސް ޕަންޕު ބެހެއްޓުން ކަމަށްވިޔަސް އެކަމެއް ހަތަރު ފަސްފަހަރު ކުރަން ޖެހޭނެއެވެ. ބޭކާރު އެތައް ޚަރަދެއް ކޮށްގެން ނޫނީ އެދެވޭ ހައްލެއް ނުލިބޭނެއެވެ. މިކަން ފާހަގަކޮށް މީސްތަކުން އައު މިސާލު ބަހެއް އުފެއްދީއެވެ. އެކަމަކު މިހާރު މުއިއްޒު ވެސް މިކަމުގެ މަތިން ހަނދުމަފުޅު ހުރިހެން ހިޔެއް ނުވެއެވެ. އެދުވަސްވަރު މާލޭގެ މަގުތަކުގައި ފެންބޮޑުވާ ކޮންމެ ދުވަހަކު މުއިއްޒު ޓެގްކޮށްފައި މީސްމީޑިއާއަށް އެކި މީހުން ލަމުންދިޔަ ޕޯސްޓުތަކުގެ މަތިންވެސް ހަނދުމަފުޅެއް ނެތެވެ.

މައްސަލައެއް ނެތެވެ. މުއިއްޒު ހަނދުމަފުޅު ނެތަސް އެހެން މީހުން އެހަނދާން އެބަހުއްޓެވެ. ވާރޭ ވެހުނީމާ މާލޭގެ މަގުމަގުގައި ފެންބޮޑުވެ މީސްތަކުން އުފުލި ތަކުލީފާއި އެކަމާއި ގުޅިގެން މުއިއްޒަށް އަމާޒު ކުރެވުނު ފާޑުކިޔުންތަކާއި މުއިއްޒުގެ ޖަވާބުތައްވެސް އެހެރީ ފެންނާށެވެ. އަދި މާގިނަ ދުވަސްތަކެއް ފާއިތުވީއެއް ވެސް ނޫނެވެ. އެހެންވީމާ ތިޔަ ވިދާޅުވި ޕަންޕުތަކުގެ ހަގީގަތާމެދު އަޅުގަޑުވެސް ދެތިން އެއްޗެއް އިތުރުކޮށްލާނަމެވެ. ތިޔަ ވިދާޅުވަނީ ހަތަރު ޕަމްޕެއްގެ ވާހަކައެވެ. އެ ހަތަރު ޕަންޕަކީވެސް ނުވަ ކިލޯވޮޓްގެ ޕަމްޕެވެ. ޕަމްޕުތައް ގާއިމުކުރެވިފައިވަނީ އަމީނީ މަގުގެ އިސްކަންދަރު ކޮށި ހުރި ސަރަހައްދާއި ސިނަމާލެ ފްލެޓްތަކުގެ ސަރަހައްދާއި އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ކެއަރ އިމާރާތް ހުރި ސަރަހައްދާއި އައިޖީއެމްއެޗް އެހުންނަ ސަރަހައްދުގައެވެ. މި ފަންނުގެ އެންމެހައި ތަޖުރިބާކާރުން ގަބޫލު ކުރާ ގޮތުގައި އަދި ބުނާގޮތުގައި މިވަރަކުން ނުފުދެއެވެ. އެންމެ ދަށްވެގެންވެސް އެކަށީގެންވަނީ 13 ކިލޯވޮޓްގެ ޕަމްޕެވެ.

ޑރ މުއިއްޒުގެ މިނިސްޓަރު ކަމުގައި އެމަނިކުފާނު އެޕްރޫވް ކުރައްވައިގެން ގެނެސް އެ ޕަންޕުތައް ގާއިމްކުރެވުނު ފަހުންވެސް މާލެއަށް ފެން ޖަމާވުމުގެ ވަސީލަތްތައް ވެފައިވަނީ އިތުރެވެ. އޭގެ ތެރޭގައި ބުރިޖުން ފައިބައިގެންދާ ފެންވެސް ހިމެނެއެވެ. ބޮޑުތަކުރުފާނު މަގާއި ބުރިޖުން ވެސް ފެން ޖަމާވަނީ މާލެ ތެރެއަށެވެ. އެހެންވީމާ އެ ޕަންޕުތަކަށް އޮބި ނޯންނަނީއެވެ. މެޝިނެއްވިޔަސް އެޔަށްވެސް ނުކަތާވަރުގެ ކަންކަން ހުންނާނެތާއެވެ. މިއީ އެފަދަ ކަމެކެވެ. މުއިއްޒު ގެންނެވީ މިކަމަށް ފުދޭވަރުގެ ޕަންޕުތަކެއް ނޫނެވެ. އެހެންވީމާ އެއަށް ނުކަތަނީއެވެ. ޕަންޕުތަކާއި މުޅި ނިޒާމުވެސް ކުރިން ދެންނެވި މިސާލު ބަހުގައި އިޝާރާތް ކުރެވޭ ބީދައިން އެއޮތީ މުއިއްޒު ވެފައެވެ. ޕަންޕުތަކަށް ދިމާވެގެން އުޅެނީ އެތަކެތި ނުބެލެހެއްޓުމުގެ މައްސަލައޭ މިހާރު މުއިއްޒު ވިދާޅުވިޔަސް ހަގީގަތުގައި ދިމާވެގެން މިއުޅެނީ ފެން ހިންދުމަށް އެކަށީގެންވާ ގާބިލްކަން ހުރި ޕަމްޕުތަކަކަށް ނުވުމުން ފެން ހިންދުމަށް ހޭދަވާ ވަގުތު އިތުރުވުމުގެ މައްސަލައެވެ.

ޕަންޕުތައް މަރާމާތުކޮށް އެއަށް ބޭނުންވާ ފަރުވާދީ ބެލެހެއްޓުމުގެ ޒިންމާ އަދާކުރަނީ އެމްޑަބްލިއުއެސްސީގެ ފަރާތުންނެވެ. އެ ކުންފުނިން މިޒިންމާ އަދާކުރިއަސް ޕަންޕުތަކުގެ ބެލެނިވެރި ފަރާތަކީ ކުރިންވެސް އަދި މިހާރުވެސް ޕްލޭނިން މިނިސްޓްރީއެވެ. އެއީވެސް ޑރ މުއިއްޒުގެ ދައުރުގައި ފަރުމާ ކުރެވުނު ނިޒާމެއްގެ ދަށުން މިއަދާ ހަމަޔަށްވެސް ދެމިގެން އައިސްފައިވާ ކަމެކެވެ. އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެފައިވަނީ ޕަމްޕުތައް ބަރާބަރަށް މަރާމާތުކޮށް ބަލަހައްޓާ ކަމަށާއި ޕަމްޕުތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. މައްސަލައަކީ ޕަމްޕުތައް ނުބެލެހެއްޓުމެއް ނޫންކަމުގައެވެ. މައްސަލަޔަކީ ކުރަންޖެހޭ މަސައްކަތާ އެކަށީގެން ނުވާ އެއްޗެއް ގެނެސްގެން އެއަށް ނުކަތައިގެން އުޅުން ކަމުގައެވެ. މިކަމުން އެނގި ކަށަވަރުވަނީ ޑރ މުއިއްޒުގެ އިހުމާލެވެ. މިކަން މިހެން އޮވެފައިމެ ސިޓީ ކައުންސިލާއި ޕަންޕުތައް ހަވާލުކުރާށޭ މިހާރު މުއިއްޒު އެވިދާޅުވަނީ ކޮންބަޔަކަށް އޮޅުވައިލުމަށް ބާވައެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒުގެ ޢިއްޒަތް

މުއިއްޒުގެ ޢިއްޒަތް

28 މެއި 2021

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު