Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ދެލި ކޮޕީ

މުއިއްޒުގެ ޢިއްޒަތް

ވެރިކަމުގައި ތިއްބެވި ދުވަސްވަރު އެކިއެކި ފީތަކާ ކުލިތަކާ ޖޫރިމަނާތަކާ ދުއްތުރާ ރައްޔިތުންނަށް ކުރި

ދެލިކޮޕީ
ދެލިކޮޕީ, ރާއްޖެ އެމްވީ | 28 މެއި 2021 | ހުކުރު 10:14
ޑރ. މުހައްމަދު މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު

މާލޭ މީހުން ތިބީ އެމްޑީޕީ އަށް ރުޅިމޫނު ދައްކާ، ވޯޓުލާން އަސަޑުވެ ފޫހިވެފައޭ ބުނެ ފަރުޖައްސާކަށް ނެތީމެވެ. މުޅިމާލޭން ދެމީހުންނާ ފަޅި ނުކުމެގެންވެސް ހޮވިފައި ހުރި މޭޔަރުގެ ޢިއްޒަތް މިއަދު އޮތީ މުޢިއްޒަށެވެ.

ޖޭޕީން، އަދާލަތުން އެމްޑީއޭ އަދި ޕީޕީއެމުން ވިޔަސް، ރައްޔިތަކަށް ހުޅުވާލެވުނު ވޯޓަކުން ޑރ. މުޢިއްޒު ހޮވުނު ފުރަތަމަ މަގާމަކީ ބަޔަކު މޭކެރިޔަސް ހަމަ މޭޔަރުކަން ކަމުގައި މިއޮތީ ވެނިމިފައެވެ.

މިވަރުގެ މަގާމަކަށް މާލޭގެ ވޯޓަކުން ހޮވުނީމާ މުއިއްޒު އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ހެދިވަޑައިގެން ހަނދި ހަސަނަށް މޫދު ހިތަކަށް ލިބުނީމާ އުޅޭހެން ކަމަށް ވުމަކީ މާބޮޑަށް އަޖައިބުވާން ޖެހޭ ކަމެއް ނޫނެވެ.

ކޮންމެ ގޮތަކުން ނަމަވެސް މާލެ ސިޓީގެ އަޣުލަބިއްޔަތު މިހާރު މިއޮތީ ދުވަހަކުވެސް ނުލިބޭ ބަޔަކަށް ލިބިފައެވެ. އަލަށް އެއްޗެއް ލިބުމުން ކުރެވޭ އިހުސާސަކީ ތަފާތު އެއްޗެކެވެ. ގާބިހެއް ނަމަވެސް އަލަށް އެޅުމުން ކުކުޅުގެ އިހުސާސްތައް ބަންޑުންކޮށްލާ ގޮތުގެ ވާހަކަ މީހުން ދައްކައެވެ. ދެފިޔަތަޅައި ކަރުދަމާ ވާންކޮށް، ބާރަށް ގޮވާ ހުއްޓުމެއްނެތި ކާކާ ލައްވައެވެ. މެދުނުކެނޑި އެސޮރުގެ ލަގޮނޑި ކައްކަނީ އެކުކުޅަށް އެވީ ފިސާރި ބޮޑު އެހާމެ އާ ކަމެއްވީމައެވެ.

ހުވާ ކުރިފަހުން މޭޔަރާ އަދި މޭޔަރުގެ ޓީމަށް ވެސް ވެގެން މިއުޅެނީ ގާބިސް އެޅި އައު ކުކުޅަށްވީފަދަ ގޮތެކެވެ. ވާހުރިހާ ކަމަކާ ހިނގާ ކޮންމެ ހާދިސާއެއްގެ ތެރެެއަށް ދަނޑިބާނަން ފަށައިފިއެވެ. ދައުލަތުގެ މާާލީ ކަންކަމާ ވެސް ބެހެން ފަށައިފިއެވެ. މުޅިރާއްޖޭ ރައްޔިތުންގެ ޕެންޝަން ފަންޑަށް ހަދަން ޖެހޭގޮތް ވެސް މިހާރު ކިޔަނީ މުޢިއްޒުއެވެ.

ވެރިކަމުގައި ތިއްބެވި ދުވަސްވަރު އެކިއެކި ފީތަކާއި ކުލިތަކާއި ޖޫރިމަނާތަކާއި ދުއްތުރާ ރައްޔިތުންނަށް ބޮޑުވާނެހާ ގޮތަކަށް ކުރެއްވިޔަސް މިއަދު އެއީ ލާމަރުކަޒީ އަނެއް މުއިއްޒުއެވެ.

ބޯހިޔާވަހިކަމަށް އެދި މާލޭ ރައްޔިތުން ރޯރުއިމުގެ އަޑުއިވިވަޑައިގެން އެންމެ ފުން އަސަރެއް ކުރި ބޭފުޅަކީ މުއިއްޒު ކަމުގައި ބުނެއުޅެއެވެ. އެހެނީ ރައްޔިތުން ރޯތީ ކުރިއަސަރުގައި މުއިއްޒު ހުޅުމާލޭން ބައްލަވައިގަތީ މަތީ ފަންތީގެ ރޯހައުސް އެއް ކަމަށް އަޑުއިވުނު އިރެއް ވެސް ދިޔައެވެ. ޔަގީނުން ވެސް އެނގޭ ކަމެކެވެ. މާލެ ރައްޔިތުން ކިތަންމެ ބާރަށް ރުޔަސް އަޑު ނީވޭހާ ފިސާރިއުސް "ނުރޯހައުސް" އެއް ފުރަމާލޭ ބިމުގައި މުޢިއްޒު މިހާރު އެވަނީ ބިނާ ކުރައްވާފައި ކަމެވެ.

ދަންނަން ޖެހޭ އެއްކަމެއް އެބަވެއެވެ. ސިޔާސީ ކަންކަމުގައި ނަންބޯޑު ބަދަލުކޮއްގެން ކާމިޔާބު ކުރުމަށް މުއިއްޒު އެދައްކާ މޮޅުކަމާއި ހުނަރުގެ ތަފާތުކަމެވެ. އެންމެ ބޮޑު ގޮންޖެހުގައި 7 އަހަރު ވަޒީރު ކަމުގައި މުއިއްޒު ދެމި ހުންނެވުމުގެ އަސްލަކީ ވެސް މުއިއްޒުގެ ނަންބޯޑްތައް ގިނަވުން ކަމަށް ވެދާނެވެ. ޖޭޕީ، އަދާލަތު އެމްޑީއޭ އަދި ޕީޕީއެމްގެ ރުހުމުގައި ދިގުކޮށް ވަޒީރުކަން ކުރެއްވިއެވެ.

ދަނޑިވަޅު ބަލާފައި އެމްޑީޕީގެ ބަޔަކާވެސް އެކުވެ މިފަހަރު މާލޭގެ މޭޔަރުކަން ހޯއްދަވައިފިއެވެ.

ސިޔާސީ ބޮޑުމަގާމަކަށް ސަލަފުގެ ކެންޑިޑޭޓަކު ހޮވުން ދުރުކަން މުޢިއްޒަށް ވެސް އެނގިވަޑައިގަންނަވާނެވެ. މޭޔަރުކަން ހޯއްދެވި އިރު އެބަޔަކު ވެސް ތާއީދުކުރީ މުޢިއްޒަށް ކަމަށްވެއެވެ. މިހިރަ މިިހިރަ ކަންކަމުގެ މައްޗަށް ވިސްނާ ބަލާއިރު ދެން ބުއްދިއަށް އަންނަނީ ނަމުގައި ނެތް، ކަމުގައި އޮންނަ ވަރުގަދަ އަޑީ ދައުލަތެއްގެ ވާހަކައެވެ.

މިދާގޮތަށް ގޮސް، ފަހުވަގުތު ނަންބޯޑަކާ ނުލައި އަމިއްލަ ގޮތުންނޭ ކިޔައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާ ކެންޑިޑޭޓަކީ މުއިއްޒުކަމަށް ނުވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޖުމުހޫރީ 55" މި ޖުމުހޫރިއްޔާގެ ކާމިޔާބީގެ އަލިގަދަ ދަލީލެއް

"ޖުމުހޫރީ 55" މި ޖުމުހޫރިއްޔާގެ ކާމިޔާބީގެ އަލިގަދަ ދަލީލެއް

11 ނޮވެމްބަރު 2023
ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

03 ނޮވެމްބަރު 2023
ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

06 ސެޕްޓެމްބަރު 2023
ދައުލަތުގެ ރައީސުންގެ ވާހަކަ

ދައުލަތުގެ ރައީސުންގެ ވާހަކަ

28 އޯގަސްޓު 2023
ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ 12 ވަނަ ރިޔާސީ އިންތިޚާބު ޑިމޮކުރަސީގެ 4 ވަނަ ރިޔާސީ އިންތިޚާބު

ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ 12 ވަނަ ރިޔާސީ އިންތިޚާބު ޑިމޮކުރަސީގެ 4 ވަނަ ރިޔާސީ އިންތިޚާބު

22 އޯގަސްޓު 2023

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު