Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓިއުނީޝިޔާ ސަފީރު ރައީސް އާ ބައްދަލުކުރެއްވުން

ޓިއުނީޝިއާގެ އައު ސަފީރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

6 ޑިސެމްބަރު 2021 | ހޯމަ 14:04

ދެ ޤައުމުން ވެސް އިސްކަންދޭ ކަންކަމުގައި، ބޭނުންވާ އަމާޒަށް ވާޞިލު ވުމަށްޓަކައި ޓިއުނީޝިއާއާއެކު ރާއްޖެއިން މަސައްކަތްކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޑިސެމްބަރު 2021 | ހޯމަ 14:04
ރައީސް ޓިޔުނިޝިޔާ ސަފީރާ ބައްދަލުކުރެއްވުން

ރައީސް ޓިޔުނިޝިޔާ ސަފީރާ ބައްދަލުކުރެއްވުން

ޓިއުނީޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަޔެތް ތަލްބީ ބިލެލް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ޓިއުނީޝިއާގެ އައު ސަފީރު އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންނާއި ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުންނާއި ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އަދި ބައިނަލްވާމީ ގުޅުންތައް ބަދަހިކުރުންފަދަ މައުޟޫޢުތަކުގައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓިއުނީޝިއާއަކީ ވެސް ރާއްޖެފަދައިން އައްސޭރިފަށުގެ ޤައުމެއްކަމާއި އިސްލާމީ ގުޅުންތަކުގެ މައްޗަށް ބިނާވެފައި އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ދެ ޤައުމުގެ ހުރި އެއްގޮތް ކަންތައްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ދެ ޤައުމުން ވެސް އިސްކަންދޭ ކަންކަމުގައި، ބޭނުންވާ އަމާޒަށް ވާޞިލުވުމަށްޓަކައި ޓިއުނީޝިއާއާއެކު ރާއްޖެއިން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި އަދި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. އާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި، ނޮން-އެލައިންޑް މޫވްމަންޓު (ނާމް) ފަދަ ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅިގެން، އިންސާނީ ޙައްޤުތަކާއި، ކައުންޓަރ ޓެރަރިޒަމާއި، ޞުލްޙައާއި، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތައް ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓިއުނީޝިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ޚާއްޞަކޮށް އ.ދ.ގައި ރާއްޖެއިން އަދާކުރަމުންދާ ދައުރަށް ތަޢުރީފު ކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ޓިއުނީޝިއާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުން ދެމުން ގެންދާނެކަމުގައި ސަފީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ޓިއުނީޝިއާގެ ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ މުސްތަޤުބަލުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގެންފައެވެ.

ދިވެހިރާއްޖެއާ ޓިއުނީޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1983 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.  

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
23 އެޕްރީލު 2017

ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

23 އެޕްރީލު 2017
ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި
19 އެޕްރީލު 2017

ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި

19 އެޕްރީލު 2017
ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
07 އެޕްރީލު 2017

ޤާސިމް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ދެރައެއް: އިނގިރޭސި ސަފީރު

07 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ދެރައެއް: އިނގިރޭސި ސަފީރު
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް