Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާލެސިޓީ ކައުންސިލް

ކަމަކަށްފަހު ކަމެއް، މާލެސިޓީ ކައުންސިލަށް އަނެއްކާވެސް އިތުރު ތުހުމަތެއް!

6 ޑިސެމްބަރު 2021 | ހޯމަ 12:46

ސިޓީ ކައުންސިލުގެ ނަޒާހަތްތެރިކަމާމެދު މިވަނީ ސުވާލު އުފެދިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޑިސެމްބަރު 2021 | ހޯމަ 12:46
މާލެ ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ ގުރުއަތުލުން

މާލެ ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ ގުރުއަތުލުން

މާލެސިޓީއަކީ ކާރޫބާރު ބޮޑު ސިޓީއެކެވެ. އެތަނުން ގިނަ ޚިދުމަތްތަކެއް ލިބުނު ނަމަވެސް ހޯދަން އުނދަގޫ ކަންކަންތަކެއް ވެއެވެ. މީހުން ބުނާ ގޮތުންނަމަ މާލެއިން ހޯދަން އުނދަގުލީ ތިން ކަމަކެވެ. އެއީ އުޅަނދު ޕާކު ކުރާނެ ތަނަކާއި ބޯހިޔަވާހިކަމާއި މައުލޫމާތެވެ. މިއީ މުޅިއަކުން ދޮގު ވާހަކައެއް ވެސް ނޫނެވެ.

ޕާކިންގ ސްލޮޓެއް މާލެސިޓީން ހޯދުމަކީ ރަން ބިސް އަޅާ ކުކުޅެއް ލިބުން ފަދަ ކަމެކެވެ. މި މައްސަލަ ހައްލު ކުރުމަށް އެކި މުއައްސަސާތަކުން މަސައްކަތް ކުރަމުންދާއިރު މާލެސިޓީ ކައުންސިލުން ވެސް ވަނީ މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުން ވަނީ, ފައިސާ ދައްކާ އުސޫލުން ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފައިވާ ޕާކިންގ ސްލޮޓްތަކުގެ ގުރުއަތުލުން އާދިއްތަ ދުވަހުގެ ރޭ ބާއްވާފައިވާއިރު, މި ގުރުލުން ކުރިއަށް ދިޔަ ގޮތާމެދު ވަރަށް ގިނަ ބަޔެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އަދި ސިޓީ ކައުންސިލުގެ ނަޒާހަތްތެރިކަމާމެދު މިވަނީ ސުވާލުތައް ވެސް އުފައްދަން ފަށާފައެވެ. ޕާކިންގ ސްލޮޓްތަކުގެ ގުރުނެގުން ކުރިއަށް ގެންދިޔަ އުސޫލާމެދު ވެސް ހިތްހަމަޖެހުންތަކެއް އެބަހުއްޓެވެ.

ޕާކިންގ ސްލޮޓަށް ކުރިމަތިލި މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، އޭނާއަށް ގުރުލުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. އެގޮތުން ގުރުނެގުން ބޭއްވިއިރު ވެސް ގިނަ މީހުންނަށް އެކަން ނޭނގޭ ކަމަށާއި، ވަރަށް އަވަސް އަރުވާލައިގެން ކުރިކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

އެމީހާ ބުނީ އޭނައަށް ވެސް ޕާކިންގ ސްލޮޓެއް ލިބުނު ކަމަށާއި އެހެންނަމަވެސް މިގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުމުން އެއީ އެންމެ ރަނގަޅަށް ހިނގައިދިޔަ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ޕާކިންގ ސްލޮޓްތަކުގެ ގުރުއަތުލުން އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފައިވާއިރު މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ދިޔައީ ނަންބަރުތައް އިއުލާންކުރައްވަމުންނެވެ.

211 ސްލޮޓަށް 969 މީހަކު ކުރިމަތިލާފައިވާއިރު މި ސްލޮޓްތަކަށް ކުރިމަތިލި ކޮންމެ ފަރާތަކަށްވެސް ސްލިޕެއް ހަވާލުކުރި ކަމަށް މާލެސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ގުރުއަތު ނެގުމަށް ބޭނުންކޮށްފައިވަނީ ސްލިޕް ނަންބަރު ކަމަށާއި، މި ސްލިޕް ނަންބަރުތައް ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ބައެއް މީހުންނަށް ސްލިޕް ދޫކުރިއިރު ފޯމް ނަންބަރު ކައުންސިލުގެ ފަރާތުން ޖަހާފައި ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އަދި މިފަދަ ގިނަ ސްލިޕްތަކެއް ވަނީ ސޯޝަލް މީޑީއާގައި ދައުރުވެފައެވެ. މިކަމާއި ގުޅިގެން ނަރީޝް ވިދާޅުވީ ނަންބަރުތައް ނެތް ސްލިޕް ހުރެދާނެ ކަމަށެވެ.

ނަރީޝް މިހެން ވިދާޅުވެފައިވާއިރު ރާއްޖެއެމްވީއަށް އެ ކައުންސިލްގެ މެމްބަރަކު ވެސް ވަނީ މައުލޫމާތު ދެއްވާފައެވެ. އެބޭފުޅާ ވިދާޅުވީ އެންމެ ފުރަތަމަ ގުރުނެގުން ކުރިއަށް ގެންދަން ނިންމީ ޑިޖިޓަލްކޮށް ކަމަށެވެ. އެހެންނަމަވެސް މާލެސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އެކަން މެނުއަލްކޮށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވުމުން އެކަން އެގޮތަށް ކުރުމަށް ކައުންސިލުން ނިންމި ކަމަށެވެ. އަދި ގުރުނެގުން ވެސް ބޭއްވީ ކޮމެޓީއާ މަޝްވަރާ ނުކޮށް ކުއްލި ގޮތަކަށް ކަމަށާއި، އެކަން ކުރުވީ ވެސް ސެކެޓެރިއޭޓް ސްޓާފެއް ލައްވާ ކަމަށެވެ. ސްލިޕް ނަންބަރު ކީއިރު ސްލިޕް ނުލިބޭ މީހުންނާއި ނަންބަރު ނެތް މީހުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ކުރިއަށް ގެންދިޔައީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށާއި އެހެންކަމުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށައަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ދެ ފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދަންޖެހޭ ކަމެއްގައި ސިޓީ ކައުންސިލަށް ބައެއް މީހުން ޝައްކުގެ ނަޒަރަކުން ބަލަމުންދާއިރު ނަރީޝް ވިދާޅުވީ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދާނަމަ، އެކަން ހުށަހަޅަން ޖެހޭ މުއައްސަސާއަކަށް ހުށަހެޅިޔަސް އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެކަންތައްތައް އޭސީސީއަށް ހުށަހުޅުމަށް ބޭނުންވާނަމަވެސް ނަރީޝް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ޑރ. މުހައްމަދު މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު 2017 ވަނަ އަހަރު ވެސް މިފަދަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އޭރު ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ވެސް އާންމުކޮށްފައިވަނީ ފޯމް ނަންބަރުތަކެއް އެކަންޏެވެ. އެކަމާ ގުޅިގެން ބައެއް މީހުން ވަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމުކުރުން ލަސްވި ސަބަބާމެދު ސުވާލު އުފައްދާ އެއީ ވަކި ބަޔަކަށް ދޭން ކުރަމުން އަންނަ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން އޭރުގެ ހައުސިންގ މިނިސްޓަރ ވިދާޅުވީ، އެކަކަށް ދެ ފްލެޓެއް ނުދޭނެ ކަމަށާއި އާއްމުކުރި ލިސްޓުގައި ފޯމް ނަންބަރު އެކަނި ހިމެނީ ފްލެޓް ލިބޭ މީހުންގެ އަދި ނުލިބޭ މީހުންގެ ވެސް ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

211 ޕާކިންގ ސްލޮޓް ލިބުނު މީހުންގެ މައުލޫމާތު ފުރިހަމަނުކޮށް އޮތުމުން، އާންމުން ކުރަމުންދާ ސުވާލަކީ، މިފަހަރު ވެސް ޑރ. މުއިއްޒުގެ ހިންގެވުމުގެ ދަށުން މާލެސިޓީ ކައުންސިލުން މިގޮތަށް އަމަލު ކުރީ ހަމަ ސްލޮޓް ލިބުނު މީހުންގެ ހައްގުތައް ރައްކާތެރިކުރަންތޯއެވެ؟

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 ޖުލައި 2017

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ
24 ޖޫން 2017

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017
ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!
05 ޖޫން 2017

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟
05 ޖޫން 2017

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017
 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!
25 މެއި 2017

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް