Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ނެޓްބޯޅަ މުބާރާތް

ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގްރީން އާއި ކުޅުދުއްފުއްޓަށް

6 ޑިސެމްބަރު 2021 | ހޯމަ 10:10

ކޭވައިއާރްސީ މޮޅުވީ މެޓްރިކްސް އަތުން 30-27 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ޑިސެމްބަރު 2021 | ހޯމަ 10:10
އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ގްރީން ސްޓްރީޓްސް ކުޅުންތެރިން

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ގްރީން ސްޓްރީޓްސް ކުޅުންތެރިން | ރައީސް އޮފީސް

ގައުމީ ނެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުލަބު ގްރީން ސްްޓްރީޓްސްއިން ހޯދިއިރު، ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރްސީ) އިން ހޯދައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ގްރީން ސްޓްރީޓްސްއިން ހޯދީ އާދީއްތަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުން ކޭވައިއާރްސީ ބަލިކުރުމަށްފަހުއެވެ. މި އަހަރުގެ ޗެމްޕިއަންކަން

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ގްރީން ސްޓްރީޓްސްއިން ކާމިޔާބުކޮށްފައިވަނީ 52-32 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގްރީން ސްޓްރީޓްސްގެ އައިޝަތު ނާޒިމާއެވެ. ގްރީން ސްޓްރީޓްސްއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ދެ ކުޅުންތެރިން ހިމެނުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ގްރީން ސްޓްރީޓްސްގެ ރީމް ޝާމެވެ.

މި އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމެއް ވާދަކުރިއިރު، އެ ޓީމުތަކަކީ ގްރީން ސްޓްރީޓްސް އާއި ކޭވައިއާރްސީގެ އިތުރުން ޒެނިތު ސްޕޯޓްސް ކުލަބާއި، ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކުލަބާއި، ކުލަބު މެޓްރިކްސް އާއި، މަހިބަދޫ ސްޕޯޓްސް ކުލަބާއި، ކުލަބު ޝައިނިން ސްޓާ އަދި ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ.

މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކޭވައިއާރްސީން ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ކްލަބް މެޓްރިކްސް އަތުން 30-27 އިން މޮޅުވެގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކޭވައިއާރްސީގެ މުޙައްމަދު އަރާޝް އައްސަދެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ކޭވައިއާރްސީގެ ހުސެއިން ސަވީލް ހޮވުނުއިރު، އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކޭވައިއާރްސީގެ ސަވީލާއި، އަރާޝުގެ އިތުރުން ހުސެއިން ހަލީމާއި، އަޙްމަދު ހުޝާމް އަދި މެޓްރިކްސްގެ އިސްމާޢީލް ފަރުހާނާއި އިބްރާހީމް އިޔާޒް އަދި އަޙްމަދު އަފްޝަން ރަޝާދެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ތިން ޓީމެއް ވާދަކުރިއިރު، އެ ޓީމުތަކަކީ ކޭވައިއާރްސީ އާއި މެޓްރިކްސްގެ އިތުރުން ސްކައިލާކެވެ.

އާދީއްތަ ދުވަހުގެރޭ މި މުބާރާތުގެ ކުޅުން ނިންމާލިއިރު، އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ނެޓްބޯޅައިގެ އެއްވެސް މުބާރާތެއް ބާއްވާފައި ނުވާއިރު، އެންމެ ފަހުން ގައުމީ ނެޓްބޯޅަ މުބާރާތް ބޭއްވީ 2019 ވަނަ އަހަރެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް