Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ޚިޔާނާތް

ފުއްގިރި ޚިޔާނާތް: ޔާމީނު ވިދާޅުވީ، އެމަނިކުފާނު ފިއްލަވާނެ ކަމަށް ބެލުމަކީ ކޮށްގެންވާނެ ތުހުމަތެއް ނޫން ކަމަށް!

އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2021 | ހޯމަ 05:10
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް- އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގ އާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައި

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް- އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގ އާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައި

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ އަހުމަދު ޝަކީލް ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ގޮތެއް ނިންމުންކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ހޯމަ ދުވަހުގެ އަޑުއެހުމަކީ ޔާމީނު ފުރުން މަނާ ކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިވުމާއި ގުޅިގެން ބާއްވާފައިވާ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، މި މައްސަލައިގައި ޔާމީނުގެ މައްޗަށް ދައުވާ ކޮށްފައިވާ ކުށުގެ ބާވަތަށް ބަލާއިރު، ފުރުން މަނާ ކުރެވޭނެފަދަ ހާލަތެއް އޮތްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވަނީ ޝަރީއަތް ނިމެންދެން ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދިވަޑައިގެންފައެވެ.

ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދި ހުށައަޅާފައިވާ ފޯމު ލިބުން ލަސްވުމުގެ ޝަކުވާ:

ހޯމަ ދުވަހުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީނުގެ ވަކީލު ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދި ހުށައަޅާފައިވާ ފޯމު ހޯދުމަށް އާދިއްތަ ދުވަހުވެސް މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް އެ ފޯމު ލިބިފައިވަނީ އަޑުއެހުމަށް ވަޑައިގެންނެވުމުން ކަމަށެވެ. ވީމާ އެކަމާ ގުޅޭގޮތުން އިތުރު ވަގުތު ބޭނުންވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ. ދިފާއީ ވަކީލުން ވަނީ ދެހަފުތާގެ މުއްދަތެއް ދެއްވުމަށް އެދިފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ، ދެ ހަފުތާގެ މުއްދަތަކީ އެކަމަށް މާ ގިނަ ވަގުތު ކަމަށެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ، އެމަނިކުފާނު ފިއްލަވާނެ ކަމުގެ ހެކި ހުރިކަމަށް ފުލުހުންނާ ހަވާލާދީ ދައުލަތުން ބުނާއިރު، އެއީ ބޮޑެތި ތުހުމަތުތަކެއް ކަމަށާއި، އެ ހެކިތައް ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ. ފުލުހުން ކޮށްފައި އެވަނީ ކޮށްގެން ނުވާނެ ކަހަލަ ތުހުމަތެއްކަމަށް ޔާމީނު ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން ވަނީ، ޔާމީނު ފިލައިގެން ގޮސްދާނެކަމަށް ބަޔާންކޮށް ވަކި ހެއްކެއް ހުށައަޅާފައި ނުވި ނަމަވެސް، އެމަނިކުފާނު ފިއްލަވާނެ ފަދަ ސަބަބުތައް ހުރިނަމަ އެކަމަށް ފަނޑިޔާރަށް ރިއާޔަތް ކުރެވޭނެ ކަން ފާހަގަކުރައްވާފައެވެ.

ދައުލަތުން އެކަމާ ގުޅިގެން ވިދާޅުވެފައިވަނީ، އެ ފޯމުގައި އިތުރު ވާހަަކައެއް ނެތް ކަމަށާއި، މި އަޑުއެހުމުގައި އޮންނާނީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރާއި ގުޅޭގޮތުން ވާހަކަ ދެއްކުންކަން ކުރިންވެސް އަންގާފައިވުމާއެކު، ހޯމަ ދުވަހުގެ އަޑުއެހުމުގައިވެސް ޖަވާބުދެވޭނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ވަކިން ޚާއްސަކޮށް، މިއީ ފުރުން މަނާ ކުރުމާގުޅޭ އަޑުއެހުމަކަށްވެފައި، އާދައިގެ ގާނޫނީ މައްސަލައަކަށްވާއިރު، މިއީ ހޯމަ ދުވަހުވެސް ތައްޔާރުވެވޭނެ ވަރުގެ މައްސަލައެއްކަން ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ.

ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ހޯމަ ދުވަހުގެ ހަވީރު 16:00 މި މައްސަލައާ ގުޅޭ އަޑުއެހުމެއް ބޭއްވުމަށް ނިންމަވާފައެވެ.

ރައީސް ޔާމީނުގެ އިތުރުން މި މައްސަލައިގައި އެމަނިކުފާނާއެކު މަނީ ލޯންޑަރ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ދައުވާލިބޭ ކްރިކް ރިޒާއާއި، ސަން އިންވެސްޓްމަންޓުގެ އިތުރުން، ސަން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންވެސް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

ފުއްގިރިކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު