Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްރަންޓްލައިން އެލަވަންސް

ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 192.94 މިލިއަން ރުފިޔާ ދޫކޮށްފި

މިހާތަނަށް 13,105 ފްރަންޓްލައިން މަސައްކަތްތެރިންނަށް މި އެލަވަންސް ވަނީ ދޫކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2021 | ހޯމަ 02:41
މާލެ ސަރަހައްދުގައި ކާފިއު ހިންގުން

މާލެ ސަރަހައްދުގައި ކާފިއު ހިންގުން

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރަމުންދާ މަސައްކަތްތެރިންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 192.94 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށް 13,105 ފްރަންޓްލައިން މަސައްކަތްތެރިންނަށް 192.94 މިލިއަން ރުފިޔާ ވަނީ އެލަވަންސްގެ ގޮތުގައި ދޫކޮށްފައެވެ.

Advertisement - newsAdvertisement

ކޮވިޑް-19އާ ގުޅިގެން މި އެލަވަންސް ފްރަންޓްލައިން މަސައްކަތްތެރިން ދޭން ނިންމާފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ހައި ރިސްކް ކެޓަގަރީ، މީޑިއަމް ރިސްކް ކެޓަގަރީ، އަދި ލޯ ރިސްކް ކެޓަގަރީއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކް މީހުންނާ އެންމެ ގާތުން މަސައްކަތްކުރަންޖެހޭ މީހުން، ހައި ރިސްކް ކެޓަގަރީގައި ހިމެނޭއިރު، އެ ކެޓަގަރީގެ މީހުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ. އަދި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭން ނުޖެހުނު ނަމަވެސް، ހައި ރިސްކް މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށް ދުވާލަކަށް ދިނުމަށް ނިންމީ 250 ރުފިޔާއެވެ.

ލޯ ރިސްކް ކެޓެގަރީގައި ހިމެނޭ މީހުންނަށް ދޭން ނިންމީ ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ. ލޯ ރިސްކް ކެޓަގަރީގައި ހިމެނެނީ ހައި ރިސްކް އަދި މީޑިއަމް ރިސްކް ކެޓެގަރީގައި ނުހިމެނޭ، އެހެން ނަމަވެސް ކޮވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް 6 ގަޑިއިރު ހޭދަކުރާ މީހުންނެވެ.

ސަރުކާރުން ފްރަންޓްލައިން އެލަވަންސް ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

ފްރަންޓްލައިން އެލަވަންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 177.33 މިލިއަން ރުފިޔާ ދޫކޮށްފި

ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 177.33 މިލިއަން ރުފިޔާ ދޫކޮށްފި

02 އޮކްޓޯބަރު 2021
12،400ށް ވުރެ ގިނަ ފްރަންޓްލައިން މަސައްކަތްތެރިންނަށް އެލަވަންސް ދޫކޮށްފި

12،400ށް ވުރެ ގިނަ ފްރަންޓްލައިން މަސައްކަތްތެރިންނަށް އެލަވަންސް ދޫކޮށްފި

21 ޖުލައި 2021
11،000ށް ވުރެ ގިނަ ފްރަންޓްލައިން މަސައްކަތްތެރިންނަށް އެލަވަންސް ދޫކޮށްފި

11،000ށް ވުރެ ގިނަ ފްރަންޓްލައިން މަސައްކަތްތެރިންނަށް އެލަވަންސް ދޫކޮށްފި

21 މާރިޗު 2021

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު