Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްރަންޓްލައިން އެލަވަންސް

ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 177.33 މިލިއަން ރުފިޔާ ދޫކޮށްފި

ފްރަންޓްލައިންގެ 13,052 މަސައްކަތްތެރިންނަށް އެލަވަންސް ދޫކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 އޮކްޓޯބަރު 2021 | ހޮނިހިރު 05:45
މާލެ ސަރަހައްދުގައި ކާފިއު ހިންގުން

މާލެ ސަރަހައްދުގައި ކާފިއު ހިންގުން

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރަމުންދާ މަސައްކަތްތެރިންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 177.33 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު 30ގެ ނިޔަލަށް 13,052 ފްރަންޓްލައިން މަސައްކަތްތެރިންނަށް 177.33 މިލިއަން ރުފިޔާ ވަނީ އެލަވަންސްގެ ގޮތުގައި ދޫކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން މި އެލަވަންސް ފްރަންޓްލައިން މަސައްކަތްތެރިން ދޭން ނިންމާފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ހައި ރިސްކް ކެޓަގަރީ، މީޑިއަމް ރިސްކް ކެޓަގަރީ، އަދި ލޯ ރިސްކް ކެޓަގަރީއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކް މީހުންނާ އެންމެ ގާތުން މަސައްކަތްކުރަންޖެހޭ މީހުން، ހައި ރިސްކް ކެޓަގަރީގައި ހިމެނޭއިރު، އެ ކެޓަގަރީގެ މީހުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ. އަދި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭން ނުޖެހުނު ނަމަވެސް، ހައި ރިސްކް މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށް ދުވާލަކަށް ދިނުމަށް ނިންމީ 250 ރުފިޔާއެވެ.

ލޯ ރިސްކް ކެޓެގަރީގައި ހިމެނޭ މީހުންނަށް ދޭން ނިންމީ ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ. ލޯ ރިސްކް ކެޓަގަރީގައި ހިމެނެނީ ހައި ރިސްކް އަދި މީޑިއަމް ރިސްކް ކެޓެގަރީގައި ނުހިމެނޭ، އެހެން ނަމަވެސް ކޮވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް 6 ގަޑިއިރު ހޭދަކުރާ މީހުންނެވެ.

ސަރުކާރުން ފްރަންޓްލައިން އެލަވަންސް ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

ފްރަންޓްލައިން އެލަވަންސް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2021

ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 192.94 މިލިއަން ރުފިޔާ ދޫކޮށްފި

06 ޑިސެމްބަރު 2021
ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 192.94 މިލިއަން ރުފިޔާ ދޫކޮށްފި
21 ޖުލައި 2021

12،400ށް ވުރެ ގިނަ ފްރަންޓްލައިން މަސައްކަތްތެރިންނަށް އެލަވަންސް ދޫކޮށްފި

21 ޖުލައި 2021
12،400ށް ވުރެ ގިނަ ފްރަންޓްލައިން މަސައްކަތްތެރިންނަށް އެލަވަންސް ދޫކޮށްފި
21 މާރިޗު 2021

11،000ށް ވުރެ ގިނަ ފްރަންޓްލައިން މަސައްކަތްތެރިންނަށް އެލަވަންސް ދޫކޮށްފި

21 މާރިޗު 2021
11،000ށް ވުރެ ގިނަ ފްރަންޓްލައިން މަސައްކަތްތެރިންނަށް އެލަވަންސް ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު