Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމިކްރޯން ވޭރިއަންޓް

މިހާރު އުފައްދާފައިވާ ވެކްސިން އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ބޭނުންކުރެވޭނެ: ބައޯއެންޓެކް

ވެކްސިނުން ބަލީގައި ބޮޑުވަރުވުން ކުޑަކޮށްދޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 ޑިސެމްބަރު 2021 | ހުކުރު 15:08
ބައޯއެންޓެކް އިމާރާތް

ބައޯއެންޓެކް އިމާރާތް

ބައޯއެންޓެކުން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބައޯއެންޓެކުގެ ސީއީއޯ އޫގުއޮރ ސާހިން ވިދާޅުވީ އޮމިކްރޭން ވޭރިއަންޓަކީ މިއުޓޭޓް ވަމުންދާ ވޭރިއަންޓެއް ނަމަވެސް އެ ވެކްސިނުން ބަލީގައި ބޮޑުވަރުވުން ކުޑަކޮށްދޭނެ ކަމަށެވެ. ބައޯއެންޓެކާއި، ފައިޒާ ގުޅިގެން ވަނީ ކޮވިޑް-19އާ ދެކޮޅަށް ވެކްސިނެއް އުފައްދާފައެވެ.

ވެކްސިން ފުރިހަމަކޮށްފައި ތިބޭ މީހުންނަށްވެސް މި ވޭރިއަންޓް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހެންނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ބަލީގައި ބޮޑުވަރުވުން ކުޑަކޮށްދޭނެ ކަމަށް ބެލެވޭ ކަމަށް ސާހިން ވިދާޅުވިއެވެ.

ސާހިން ވިދާޅުވީ ކޮވިޑް-19ގެ އިތުރު ވޭރިއަންޓުތައް ފެނި، މިއުޓޭޓްވަމުންދާ ގޮތަށް ބަލާއިރު، މިކަންކަމުން ރައްކާތެރިވުމަށް ކޮންމެ އަހަރަކު ވެކްސިން ޖަހަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެފްރިކާގެ ދެކުނު ބިތުގެ ގައުމުތަކުން ފެނިފައިވާ ކޮވިޑް-19 ގެ އައު ވޭރިއަންޓް، އޮމިކްރޯން ވޭރިއަންޓް ދަނީ ހަލުވި މިނެއްގައި ދުނިޔޭގެ ގައުމުތަކަށް ފެތުރެމުންނެވެ. މި ވޭރިއަންޓް އޭޝިއާ ސަރަހައްދުގެ ގައުމުތަކުންވެސް ފެންނަމުންދާއިރު، ރާއްޖެއާ އެންމެ ގާތުގައ އޮތް އިންޑިއާ އަދި ސްރީލަންކާއިންވެސް މި ވޭރިއަންޓް ވަނީ ފެނިފައެވެ.

އޮމިކްރޯން ވޭރިއަންޓްބައޯއެންޓެކް

އިތުރަށް ކިޔާލަން

11 އެޕްރީލު 2022

އޮމިކްރޯން ވޭރިއަންޓްގެ އައު 2 ސަބް ވޭރިއަންޓެއް ފެނިގެން ދިރާސާކުރަނީ

11 އެޕްރީލު 2022
އޮމިކްރޯން ވޭރިއަންޓްގެ އައު 2 ސަބް ވޭރިއަންޓެއް ފެނިގެން ދިރާސާކުރަނީ
02 ފެބުރުއަރީ 2022

އޮމިކްރޯންގެ ސަބް ވޭރިއެންޓް އޮމިކްރޯންއަށްވުރެ ނުރައްކާކަމަކަށް ނުފެނޭ: ޑަބްލިޔުއެޗްއޯ

02 ފެބުރުއަރީ 2022
އޮމިކްރޯންގެ ސަބް ވޭރިއެންޓް އޮމިކްރޯންއަށްވުރެ ނުރައްކާކަމަކަށް ނުފެނޭ: ޑަބްލިޔުއެޗްއޯ
02 ފެބުރުއަރީ 2022

އޮމިކްރޯން އާއެކު އެރި ރާޅުގެ ޕީކަށް އަދި ގިނަ ގައުމުތަކުގައި ނުދޭ، ލުއިދިނުމުގައި ސަމާލުވޭ: ޑަބްލިޔުއެޗްއޯ

02 ފެބުރުއަރީ 2022
އޮމިކްރޯން އާއެކު އެރި ރާޅުގެ ޕީކަށް އަދި ގިނަ ގައުމުތަކުގައި ނުދޭ، ލުއިދިނުމުގައި ސަމާލުވޭ: ޑަބްލިޔުއެޗްއޯ
29 ޖެނުއަރީ 2022

އޮމިކްރޯންގެ ސަބް ވޭރިއެންޓް މާއަވަހަށް ފެތުރޭ

29 ޖެނުއަރީ 2022
އޮމިކްރޯންގެ ސަބް ވޭރިއެންޓް މާއަވަހަށް ފެތުރޭ
28 ޖެނުއަރީ 2022

ބޫސްޓަރ ޑޯޒް ޖެހުމުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން އުމުރުން 50 އަހަރުން މަތީ މީހުން މަރުވުމުން 95 އިންސައްތަ ސަލާމަތްކޮށްދޭ

28 ޖެނުއަރީ 2022
ބޫސްޓަރ ޑޯޒް ޖެހުމުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން އުމުރުން 50 އަހަރުން މަތީ މީހުން މަރުވުމުން 95 އިންސައްތަ ސަލާމަތްކޮށްދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު