Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑަބްލިޔުޑީސީގެ މެމްބަރުން މަގާމުން އިސްތިއުފާ ދިނު

ޑަބްލިޔުޑީސީގެ މެމްބަރުން އަވަސް އަވަހަށް އިސްތިއުފާދޭ މައްސަލައަށް، ޤާނޫނުން ހައްލެއް ބޭނުންވޭ: ފުއާދު

3 ޑިސެމްބަރު 2021 | ހުކުރު 07:09

އެންމެ ގިނައިން އިންތިޚާބުތައް ބާއްވަން ޖެހެނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 ޑިސެމްބަރު 2021 | ހުކުރު 07:09
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އަވަސް އަވަހަށް އިސްތިއުފާދޭ މައްސަލައަށް، ޤާނޫނުން ހައްލެއް ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުއާދު ވިދާޅުވީ އެންމެ ގިނައިން އިންތިޚާބުތައް ބާއްވަން ޖެހެނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުމުން ކަމަށެވެ. މިއީ ބޮޑު ޚަރަދެއް ކަމަށާއި، މިކަމުގެ ދަތިކަން އެބަހުރި ކަމަށް ފުއާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެމްބަރުން އިސްތިއުފާ ދޭ ސަބަބުތަކަށް އަލިއަޅުއްވާލައްވާ ފުއާދު ވިދާޅުވީ ޑަބްލިޔުޑީސީގެ މަގާމުގައި ލިބޭ އުޖޫރަ ރަނގަޅު ނުވުމުން ބައެއް މީހުން އިސްތިއުފާ ދޭ ކަމަށް ބުނާއިރު އަނެއް ބައި މީހުންގެ އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭތީ ވެސް އިސްތިއުފާ ދޭ ކަަމަށް ބުނާ ކަމަށެވެ. ބޮޑު ޚަރަދު ކޮށްފައި ބައި އިލެކްޝަންތައް ބޭއްވި ނަމަވެސް ވޯޓުލާން އަންނަ މީހުން ވަރަށް މަދުކަމަށް ވިދާޅުވެ، މިއީ ވަރަށް ދެރަވަރު ކަމެއްގެ ގޮތުގައި ފުއާދު ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ހދ. ނޮރިވަރަމް، ނ.މަގޫދޫ، ކ.ދިއްފުށި، އއ.ފެރިދޫ އަދި ނ. ކެނދިކުޅުދޫގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންތަކެއް ބޭއްވިއެވެ. މީގެ ތެރެއިން ނޮޅިވަރަމުގައި ވޯޓުލުމުގެ ހައްގު 1،800 މީހުންނަށް ލިބިފައިވީ ނަމަވެސް ވޯޓު ލާފައިވަނީ 345 ފަރާތަކުންނެވެ. އަދި މަގޫދޫގައި 276 މީހުނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލާފައި ވަނީ 179 މީހުންނެވެ. މިއީ ވޯޓުލި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ކަމަށް ފުއާދު ފާހަގަކުރެއވިއެވެ. ހަމަ އެހެންމެ ދިއްފުށީގައި ބޭއްވި އިންތިޚާބުގައި 922 މީހުން ވޯޓުލާން ޖެހޭއިރު، ވޯޓުލާފައި ވަނީ އެންމެ 180 މީހުންނެވެ.

މި ބައި އިލެކްޝަންސްތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 1،298،343 ރުފިޔާ ޚަރަދުކޮށްފައެވެ. މި އިންތިޚާބުތަކުގައި މަދު ބަޔަކު ވޯޓުލީ ނަމަވެސް ވޯޓުލުމުގެ ހައްގު އޮންނަ ހުރިހާ ފަރާތްތަކަކަށް ވާވަރަށް ވޯޓު ކަރުދާސް ޗާޕު ކުރުމުން ފެށިގެން ހުރިހާ މަސައްކަތެއްވެސް ކުރަން ޖެހޭކަމަށް ފުއާދު ފާހަގަ ކުރެއްވިއެވެ.

މިއަހަރުގެ އޮކްޓޫބަރ 16 ވަނަ ދުވަހު ހދ. ނޭކުރެންދޫ، ނ.ކެނދިކުޅުދޫ އަދި ރ.މަޑުއްވަރީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންސް ބޭއްވުނެވެ. މި އިންތިހާބުތަކަށް ޖުމްލަ 391،260 ރުފިޔާ ވަނީ ޚަރަދުވެފައެވެ. މީގެ އިތުރުން ޅ.ކުރެންދޫއާއި ގއ.ވިލިނގިލީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލްކްޝަނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 310،769 ރުފިޔާ ޚަރަދު ކޮށްފައެވެ.

މިއާއެކު މި އިންތިޚާބުތަކަށް އިލެކްޝަންސް ކޮމިޝަނުން ކުރި ޚަރަދުގެ ޖުމްލަ އަދަދު ވަނީ 2،000،372ށް އަރާފައެވެ. ފުއާދު ވަނީ މިއީ ސަރުކާރަށް ވެސް އިތުރުވެގެންދާ ކަރަދެއްގެ ގޮތުގައި ފާހަގަކުރައްވާ މިކަމުގެ ކަންބޮޑުުވުން ހިއްސާ ކުރައްވާފައެވެ.

ފުއާދު އިތުރަށް ވިދާޅުވީ ފިންގަރ ޕްރިންޓުގެ ވެރިފިކޭޝަން މެޝިނެއް އިލެކްޝަންސް ކޮމިޝަންގައި ނުހުންނަ ކަމަށެވެ. އަދި އެ މެޝިން މިހާތަނަށް ނުހޯދި ވަނީ ވަރަށް އަގު ބޮޑު މެޝިނަކަށް ވެފައި ބަޖެޓުގައި އެކަމަށް ހިމަނާފައިނުވާތީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް