Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ގާނޫނުއަސާސީގައި ރަސްދަރިކޮޅު ކަނޑައެޅި ބަޔާންކުރުން

އެންމެ ފަހުން ރަސްކަން ކުރި ހުރަވީ ޚާންދާނުގެ ދިހަ ރަސްކަލަކު ތަޚުތުގައި ރެދަލިކުރެއްވި

| 2 ޑިސެމްބަރު 2021 | ބުރާސްފަތި 05:32
ހަސަން ނޫރައްދީން، ދެވަނަ: ދިވެހިރާއްޖޭގެ ދުސްތޫރީ ހުކޫމަތުގެ ފުރަތަމަ ރަސްގެފާނު

ހަސަން ނޫރައްދީން، ދެވަނަ: ދިވެހިރާއްޖޭގެ ދުސްތޫރީ ހުކޫމަތުގެ ފުރަތަމަ ރަސްގެފާނު

ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ 1932ން ފެށިގެން 1943ށް ދެމިއޮތް އިރު ރާއްޖޭގެ ރަސްކަމުގެ ތަޚުތަށް އިސްކުރެވޭ ރަސްކަލަކީ ނަސަބުގެގޮތުން ހުރަވީ ރަސްދަރިކޮޅުކަން އޭގައި ކަނޑައެޅި ބަޔާންވެގެންވިއެވެ. އެއީ އައްސުލްޠާނުލްޣާޒީ ޙަސަން އިއްޒުއްދީން (ދޮންބަންޑާރައިން)ގެ ފިރިހެން ދަރިކޮޅުގެ މަނިއްޕުޅެއް ކަމުގައި ވާންވާނެ ކަމަށާއި، އެންމެފަހުން ހުންނެވި ރަސްކަލެއްގެ ދަރިކަލަކު ކަމުގައިވުން ނުވަތަ ރަސްކަލަކަށް ކާފަވިދާޅުވާ ވަރަށްވުރެ ނަސަބުގެ ގޮތުން ދުރުނޫން މަނިއްޕުޅަކަށް ވާންވާނެ ކަމުގައި ބުނެފައި އޮވެއެވެ.

ރަސްކަލަކު ރަސްކަމަށް އިސްކުރެވޭ ގޮތްވެސް އެ ގާނޫނު އަސާސީގަައި ކަނޑައެޅި ބަޔާންވެގެންވިއެވެ. އެއީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، މާލޭގައި ތިއްބަވާ މާތްބޭފުޅުންނާއި، އިލްމުވެރިންނާއި، ކަމުވޮށިގެންވާމީހުން ރަސްކަމުގެ ގަނޑުވަރަށް އެއްވެ ތިއްބަވައި މި ޚާއްސަ މަޖިލީހުން ކުރަން ކަނޑައެޅިފައިވާ ޚާއްސަ ކަންކަން ކުރައްވައިގެންނެވެ.

އައްސުލްތާނުލް ޣާޒީ ޙަސަން އިއްޒުއްދީން (ދޮންބަންޑާރައިން) ރަސްކަން ކުރެއްވީ 1759ން 1767 އަށެވެ. ދޮންބަންޑާރައިންގެ ފިރިހެން މަތިފުށުން 10 ރަސްކަލުން ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރެއްވިއެވެ. އެއީ 1774ން 1943 އަށެވެ.

އެ ރަސްރަސްކަލުންނަކީ،

1- އައްސުލްތާން މުހައްމަދު މުއިއްޒުއްދީން (1774-1779)

2- އައްސުލްތާން ހަސަން ނޫރައްދީން، އެއްވަނަ (1979- 1799)

3- އައްސުލްތާން މުހައްމަދު މުޢީނުއްދީން، އެއްވަނަ (1799-1835)

4- އައްސުލްތާން މުހައްމަދު އިމާދުއްދީން، ހަތަރުވަނަ، "މުސްކުޅި ބަންޑާރައިން" (1835 -1882)

5- އައްސުލްތާން އިބްރާހީމް ނޫރުއްދީން (1882-1886 އަދި (1888-1892)

6- އައްސުލްތާން މުހައްމަދު މުއީނުއްދީން، ދެވަނަ (1886-1888)

7- އައްސުލްތާން މުހައްމަދު އިމާދުއްދީން، ފަސްވަނަ "އާގަނޑުވަރު މަނިއްޕުޅު" (1892-1893)

8- އައްސުލްތާން މުހައްމަދު ޝަމްސުއްދީން، ތިންވަނަ (1893 އަދި 1903-1934)

9- އައްސުލްތާން މުހައްމަދު އިމާދުއްދީން، ހަވަނަ "ހާޖީ އިމާދުއްދީން" (1893-1903)

10- އައްސުލްތާން ހަސަން ނޫރައްދީން، ދެވަނަ (1935-1943) މިއެވެ.

ގާނޫނުއަސާސީގައި ރަސްދަރިކޮޅު ކަނޑައެޅި ބަޔާންކުރެވުނު ފަހުން ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރެއްވީ އެންމެ ރަސްދަރިކަލެކެވެ. އެއީ އައްސުލްތާން ހަސަން ނޫރައްދީން، ދެވަނަ (1935-1943)އެވެ.1943ގެ ފަހުން، ގާނޫނުއަސާސީގައި ވަނީ ރަސްކަލަކީ ހަސަބާއި ނަސަބުން އަރާހުންނެވި ރައްޔިތުންގެ ތާއީދާއި ގަދަރާއި އިހުތިރާމު ލިބިގެންވާ ބޭފުޅަކަށް ވާންވާނެ ކަމުގައެވެ. ވީމާ ރަސްކަލަކު ހޮއްވެވުމަކީ މަޖިލީހުގެ (ޕާލަމަންޓްގެ) ކަމެއް ކަމުގައިވީއެވެ.

ދިވެހި ތާރީޚު

އިތުރަށް ކިޔާލަން

17 ޖުލައި 2023

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

17 ޖުލައި 2023
ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!
25 ޖުލައި 2022

ޤައުމީ މަސްލަޙަތުގައި މިއަދު ކުލަ ޖައްސަންވީ މިނިވަން ކަމުގެ "ކާޓްރިޖު" ގެ ދެލިންނެވެ

25 ޖުލައި 2022
ޤައުމީ މަސްލަޙަތުގައި މިއަދު ކުލަ ޖައްސަންވީ މިނިވަން ކަމުގެ "ކާޓްރިޖު" ގެ ދެލިންނެވެ
25 ޖުލައި 2022

ދިވެހިރާއްޖޭގެ 1000 އަހަރުވީ މިނިވަންކަމުގެ ތާރީޚުގެ އުސްއަލިތައް

25 ޖުލައި 2022
ދިވެހިރާއްޖޭގެ 1000 އަހަރުވީ މިނިވަންކަމުގެ ތާރީޚުގެ އުސްއަލިތައް
01 ފެބުރުއަރީ 2022

އައްޑު އަތޮޅު ގަން: ގަމުގެ އަސްލު ވަޒަންވެރިން

01 ފެބުރުއަރީ 2022
އައްޑު އަތޮޅު ގަން: ގަމުގެ އަސްލު ވަޒަންވެރިން
23 ޑިސެމްބަރު 2021

ބަންގާޅު-ދިވެހި ގުޅުން: ހާސްއަހަރުވީ ތާރީޚީ ގުޅުމެއް

23 ޑިސެމްބަރު 2021
ބަންގާޅު-ދިވެހި ގުޅުން: ހާސްއަހަރުވީ ތާރީޚީ ގުޅުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު