Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފައިސާ ފޭރުން

މިފަހަރު ފައިސާ ފޭރިގަތީ އަންހެނަކަށް ވެގެން

މިފަދަ އަމަލުތައް ހިންގުމަށް މިހާރު ބޭނުން ކުރަނީ މުޅިން އައު އުކުޅުތައް

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2021 | އާދީއްތަ 11:05
މިފަހަކަށް އައިސް ފޭކް ކޯލްތައް ކޮށްގެން ވެސް މީހުން ފައިސާ ފޭރޭ

މިފަހަކަށް އައިސް ފޭކް ކޯލްތައް ކޮށްގެން ވެސް މީހުން ފައިސާ ފޭރޭ

މިހާރަކަށް އައިސް މަކަރާ ހީލަތުން ފައިސާ ފޭރުމަކީ އާންމު ކަމެކެވެ. މިހާރު މީހުން މިކަން ކުރަނީ އެންމެ ޒަމާނީ އުކުޅުތައް ބޭނުންކޮށްގެންނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެހީތަކަށް އެދި ކުރާ ފޭކް ފޯން ކޯލުތަކުންނެވެ. ބީއެމްއެލްގެ ނަމުގައްޔާއި ރަހުމަތްތެރިންގެ ނަމުގައި ވަރަށް އަވަހަށް ފައިސާ ބޭނުންވާ ކަމަށް ބުނެ އަންނަނީ މީހުންގެ ހަމްދަރުދީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

މި އަމަލުގައި ދިވެހިންނެކޭ އެއްފަދައިން ބިދޭސީން ވެސް އަންނަނީ ޝާމިލްވަމުންނެވެ. މިފަދަ މީހުން ހިންގަމުންދާ ޖަރީމާތަކުގެ ވާހަކަތައް ތިލަވެ ޚަބަރުތަކާއި ނޫސް ތަކުގައި ޖަހައި އާންމުން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މި އަމަލުގައި މިހާރު ބޭނުން ކުރަނީ މުޅިން އައު އުކުޅެކެވެ.

ބ. އަތޮޅަށް ނިސްބަތްވާ މީހަކަށް ދިމާވި މިފަދަ ހާދިސާއެއްގެ ވާހަކަ އޭނަ ވަނީ ރާއްޖެއެމްވީއާ ހިއްސާކޮށްފައެވެ. ނާޒިމް (އަސްލުނަމެއް ނޫން) ބުނީ އެއްދުވަހު އޭނާގެ ފޯނައި މެޖެސެއް އައި ކަމަށެވެ. މެސެޖުގައި ލިޔެފައި އޮތީ މަންމަ މަރުވި ވާހަކަ ކަމަށެވެ. ކަންވީ ގޮތް ނޭނގޭތީއާ ނުދަންނަ ނަންބަރަކުން އެގޮތަށް މެސެޖު ކުރުމުން ނާޒިމް ނިންމީ އެ ނަންބަރަށް ގުޅާށެވެ. އެ ނަންބަރަށް ގުޅުމުން ކަންފަތުގައި ޖެހުނީ އަންހެނެއްގެ އަޑެކެވެ. ނާޒިމް "ހަލޯ" ކިޔާލުމާއެކު ފޯނު ނެގި މީހާ ރޯން ފެށިއެވެ. މަންމަ މަރުވި ވާހަކައާއި ދެން މި ދުނިޔޭގައި އުޅެން ބޭނުންނުވާ ވާހަކައާ އަޅާލާނެ މީހަކު ނެތް ވާހަކަތައް ހިއްސާ ކުރަމުން ދިޔައިރު ނާޒިމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއީ ނުދަންނަ މީހަކަށް ވުމުން، އިތުރަށް އެއީ ކާކުތޯ އެހުމުން އެމީހާ ދައްކާނެހާ ވާހަކަތަކެއް ދެއްކުމަށްފަހު ފޯނު ކަނޑާލިއެވެ.

އޭގެ އަނެއް ދުވަހު އެ ނަންބަރުން މައާފަށް އެދި ނާޒިމަށް މެސެޖެއް ކުރިއެވެ. އެ މެސެޖު އައުމާއެކު ހާލު ބެލުމަށްޓަކައި ނާޒިމް އެ ނަންބަރަށް އަލުން ގުޅިއެވެ. ދެކެވުނު ވާހަކަތަކުން އެއީ ވަރަށް ފަގީރު ހާލުގައި ދިރިއުޅުމެން ދިޔަ މީހެއްކަން އެނގުނެވެ. ދުނިޔޭގައި އާއިލާ މީހެއްގެ ގޮތުގައި ދިރި ހުރީ އެއްބަނޑު އެއްބަފާ ބޭބެ އެކަނި ކަމަށް ވެސް ބުންޏެވެ. މިގޮތަށް އެކި ދުވަސް މަތިން ވާހަކަ ދެކެވެމުން ގޮސް ދެމީހުން ލޯބީގެ ގޮތުން ގުޅުނެވެ.

މާގިނަ ދުވަސްތަކެއް ނުވެ، އަނެއްކާވެސް އެއްދުވަހު ނާޒިމަށް ފޯނު ކުރުމަށްފަހު އެ ކުއްޖާ ރޯން ފެށިއެވެ. ބޭބެ އެކްސިޑެންޓުވެގެން 1500 ރުފިޔާ ބޭނުންވާ ކަމަށް ބުންޏެވެ. އެހެންނަމަވެސް ނާޒިމް އަތުން ފައިސާ ހޯދަން ބޭނުންނުވަނީ އެއްވެސް މީހެއް އަތުން އެގޮތަށް ފައިސާ ނުނެގުމަށް މަންމަ އެދިފައިވާތީ ކަމަށް ބުންޏެވެ. އެ ކުއްޖާ ނޫނެކޭ ބުނުމުން ވެސް ނާޒިމް ލޯބިވާތީ އާއި އެހީވާން ބޭނުންވާތީ 1500 ރުފިޔާ އެކައުންޓަށް ޖަމާކޮށްދިނީއެވެ.

އޭގެ ފަހުން އެ ކުއްޖާއާ ބައްދަލުކުރުމަށް ނާޒިމް މާލެ އައެވެ. އެހެންނަމަވެސް ތިން ފަހަރަށް ވެސް އެކި ސަބަބުތަކާ ހުރި އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެ ކުއްޖާ ދައްކަމުން ދިޔަ ބަހަނާތައް ނާޒިމް ދިޔައީ ގަބޫލުކުރަމުންނެވެ.

ނާޒިމް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާގެ ވާހަކަ ރަހުމަތްތެރިޔަކާ ހިއްސާ ކުރިއެވެ. ކަންތައްތައް ހިނގާފައިވާ ގޮތުން އެ ރަހުމަތްތެރިޔާއަށް ކޮންމެވެސް ނުބައެއް އުޅޭކަމަށް ޝައްކު ކުރެވުނެވެ. ރަހުމަތްތެރިޔާގެ އެދުމުގެ މަތިން ރައްޓެހިވެގެން އުޅޭ ކުއްޖާގެ ނަންބަރު ނާޒިމް ދިނެވެ. އެ ނަންބަރަށް ގުޅުމުން ފޯނު ނެގީ ފިރިހެނެކެވެ. ވާހަކަ ދެއްކީ ވެސް ފިރިހެން އަޑަކުންނެވެ.

ނާޒިމު ވެސް މިފަހަރު ފައިސާ ހޯދަން އުޅޭ މީހެއްގެ މަޅީގައި ޖެހުނުކަން އެނގުމުން އެ ނަންބަރަށް ގުޅިއެވެ. އަންހެނުންނާ ހެދި ހޭބަލިވަންޏާ އަދިވެސް ފެލާނެ ކަމަށް ބުނެ އިންޒާރުގެ އަޑު އިވުނެވެ. އެއީ ފިރިހެނެއް ކަމަށާއި އަޑު ބަދަލު ކޮށްގެން ވާހަކަ ދެއްކި ކަމަށް އެއްބަސްވިއެވެ.

އާޚިރުގައި ކަން ނިމުނުއިރު ނާޒިމް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ފިރިހެނަކާއެވެ. އެމީހާ ނާޒިމާ ވާހަކަ ދެއްކީ އަންހެނަކަށް ވެގެން އަންހެން އަޑަކުންނެވެ. އެންމެ ބޭނުމެއްގައެވެ. ފައިސާ ހޯދުމަށްޓަކައެވެ. ނާޒިމް އަތުން 17000ށްވުރެ ގިނަ ފައިސާ އޮޅުވާލައިގެން ހޯދިއިރު ފަހުން އެ ނަންބަރަށް ގުޅުމުން ފޯނު ވެސް އޮންނަނީ ނިއްވާލާފައެވެ.  

މި ހިނގާ ދިޔަ ހާދިސާއިން ވެސް ސާފުވާ އެއްކަމެއް އެބައޮތެވެ. މިފަދަ މީހުން ބޭނުންކުރާ އުކުޅުތައް 'ފެއިލް" ވުމުން އެހެން އުކުޅެއް ބޭނުންކުރާ ކަމެވެ. ފައިސާ ފޭރުމަށް އިތުރު ގޮތްތަކެއް ހޯދާ ކަމެވެ. ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދީ، ލޯ ހުޅުވަންވީ ކަމެއް އެބައޮތެވެ. މިފަދައިން ނުދަންނަ ނަންބަރުތަކުން ކުރާ މެޖެސުތަކަށާއި ނުފެންނަ މީހުންނަށް އިތުބާރު ނުކުރުމަށެވެ. މީހަކު ގުޅާފައި ބުނާއިރަށް ފައިސާ ނުފޮނުވުމަށެވެ.

އާންމުން ހޭލުންތެރި ކުރުވުމަށް ތަފާތު އެކި ކަންތައްތައް ކުރާއިރު އާއިލާ ތެރޭގައި ވެސް މިފަދަ ވާހަކަތައް އެބަ ދެކެވެންޖެހެއެވެ. މީހުންގެ ހަމްދަރުދީ ހޯދައިގެން ފައިސާ ހޯދާ ކަމެވެ. އެހެންނޫނީ ނާޒިމަށް ލިބުނު ފަދަ ލަނޑެއް އިތުރު އެހެން މީހަކަށް ވެސް ލިބިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރެފިކްގަ ނުޖެހެންވެގެން އޮފީހަށް ދަނީ ފަތާފައި

ޓްރެފިކްގަ ނުޖެހެންވެގެން އޮފީހަށް ދަނީ ފަތާފައި

29 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

15 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު