Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ހިމޭނުން ތިބެގެން ފަރުޖެއްސޭކަށް ނެތެވެ.

މިސްކިތްތަކުގެ ހުރުމަތް ދެމެހެއްޓުމަށްޓަކައި ސީރިއަސްވާން މިވަނީ ޖެހިފައި

ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2021 | އާދީއްތަ 10:26
ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގައި ހުކުރުނަމާދު ކުރަނީ: ދިވެހީންގެ ތެރޭގައި އެންމެ ހުރުމަތްތެރިވެގެންވަނީ މިސްކިތްތައް

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގައި ހުކުރުނަމާދު ކުރަނީ: ދިވެހީންގެ ތެރޭގައި އެންމެ ހުރުމަތްތެރިވެގެންވަނީ މިސްކިތްތައް

ކޮވިޑުގެ ކަންތައް އެންމެ ސީރިއަސްވެ މާލެ ފުރަބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލެވިފައި އޮތް ދުވަސްވަރު އެންމެ ގިނަބަޔަކަށް ސިހުން ލިބުނީ މިސްކިތްތަކުގެ ހާލަތާމެދު އިވުނު ޚަބަރަކުންނެވެ. މިސްކިތް މިސްކިތުގައި ހުންނަ ފަންކާޔާއި އެފަދަ އެނޫންވެސް ތަކެތި ގެއްލެނީއެވެ. އަޑުގަދަކުރާ ނިޒާމުގެ އެކި ބައިތައްވެސް ގެއްލެނީއެވެ. މިސްކިތް މިސްކިތުގެ ހަރިންމަ ތެރެއަށް ބޮޑުކަމު ދަނީއެވެ. ކުޑަކަމުވެސް ދަނީއެވެ. އެތަންތަނުގެ ހުރުމަތް ކެނޑޭ ޒާތުގެ ހުރިހައި ކަމެއްވެސް ކުރަނީއެވެ. ކުރާ ބަޔަކު ނޭނގެއެވެ. ފެންނަނީ ކޮށްފައި ހުއްޓައެވެ. މިރާއްޖެއަށް އިސްލާމްދީން ފެތުރި ދިވެހީންގެ ދީނަކީ އެދީންކަމުގައި ހަމަޖެހި އުފާވެރިކަމާއި އަމާންކަމާއި ހުރުމަތުގެ ގޮވަތި ކަމުގައި ބެލެވެމުން އައި މިސްކިތްތަކުގެ ހާލަތު މިހިސާބަށް ހިނގައިދާނެ ކަމަށް ކުރިޔަކުން ޚިޔާލުވެސް ކުރެވިފައެއް ނެތެވެ.

މިކަންކަން ހިނގަމުން ދިޔައީ މިސްކިތްތައް ފަޅުވެފައި ހުރީމައެވެ. ފާރަވެރިވާން ބަޔަކު ނެތީމައެވެ. ފަޅަށް ހުންނަ ގޭގޭގައިވެސް އެބާވަތުގެ ކަންކަން ކޮށްފައި ހުންނަ ބީދައިންނެވެ. އެހެންވީމާ މިއީ ކޮންމެހެން މިސްކިތްތަކަށް އަމާޒުކޮށްގެން އެތަންތަނުގެ ހުރުމަތް ނަގާލައި ދީނަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ކުރި ކަމެކޭ ނުވަތަ ކުރަމުން އަންނަ ކަމެކޭ ހިތަކަށް ނާރައެވެ. މިސްކިތްތަކާ ފޮށުމަކީ ކޮންމެވެސް ބަޔަކު ސިލްސިލާ ގޮތެއްގައި އެތަންތަނުގެ ހުރުމަތް ކަނޑާލުމަށް ރާވައިގެން ހިންގާ ކަންތައްތަކެއްގެ އަސަރޭ ހިތަކަށް ނާރައެވެ. އެހެންނަމަވެސް މިހާރު އެހެން ހިތަށް އަރާން ފަށައިފިއެވެ. އެހެން ހިތަށް އަރާންޖެހޭ ސަބަބުތައް ވެސް ފެންނާން ފަށައިފިއެވެ. ކުރިން އެބާވަތުގެ ކަންކަންކުރީ ސިއްރިޔާތުގައެވެ. މީހުން ބަލަން ނުތިބޭ ވަގުތުތަކުގައެވެ. މިހާރު ކުރަނީ އެންމެންގެ ކުރިމަތީގައި ހަމަފާޅުގައެވެ. އެންމެން ބަލަން ތިއްބައެވެ. ބިރުގަތުމެއް ޖެހިލުންވުމެއް ނެތިއެވެ.

މާލޭގެ ހުކުރު މިސްކިތަކީ އާދައިގެ މިސްކިތެެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ އަގުހުރި ދީނީ އެއް އާސާރެވެ. އެއީ ހަމައެކަނި މިސްކިތެއް ނޫނެވެ. ދިވެހި ގައުމިއްޔަތާއި ދިވެހި ވަންތަކަމުގެ އެންމެ އަގުބޮޑު އެއްތަރިކައަކީ ވެސް އެއީއެވެ. އެތަނަށް ވަދެ އެންމެންގެ ކުރިމަތީގައި ކޮންމެވެސް މީހަކު މިސްކިތަށް ކުޑަކަމުގޮސްފިއެވެ. އެންމެ މަތީދަރަޖައިގައި ހިމާޔަތް ކުރެވިފައިވާ، އަދި ރާއްޖޭގެ މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑަށް އެތަނަކާއިދޭތެރޭ ފަރުވާތެރިކަން ބެހެއްޓޭ މާލޭގެ ހުކުރު މިސްކިތުގެ ތެރެއަށް ކުޑަގިފިލިކޮށް އެއީ ހަނޑަސްބުރިޔަކަށްވެސް ހަދައިފިއެވެ. އެކަންކޮށްފައިވަނީ ބިދޭސީއެއް ނޫނެވެ. އެކަންކުރީ ދިވެހީންގެ ތެރެއިން މީހެކެވެ. އޭނާގެ ރިކޯޑުތަކަށް ބަލައިލީމާ އަސްތަ އަސްތާއެވެ. ފެންނާންހުރީ މުޅިންވެސް މިޒާތުގެ ކަންކަމެވެ. މިސްކިތްތައް މުޑުދާރު ކުރުމުގެ އަމަލުތަކެވެ. އެއީ ޖެހިފައިވާ ނަފްސާނީ ކޮންމެވެސް ބައްޔެއްގެ އަސަރޭވެސް ބައެއް މީހުން ކިޔާތީ އިވެއެވެ.

އެމީހަކު ކުޑަގިފިލިކޮށް ނަޖިސްކޮށްފައިވަނީ އެއް މިސްކިތެއް ނޫނެވެ. ކިތަންމެ މިސްކިތެކެވެ. ހައްޔަރު ކުރެވި ސުވާލު ކުރެވިފައިވަނީ އެއްފަހަރަކު ދެފަހަރަކުއެއް ނޫނެވެ. ކިތަންމެ ފަހަރަކުއެވެ. ކޮންމެ ފަހަރަކުވެސް ދޫކޮށްލެވެނީއެވެ. އަނެއް މިސްކިތެއް ނަޖިސްކުރާން ފުރުސަތުދެވޭ ބީދަޔަކުން މިނިވަންކޮށް ދޫކޮށްލެވެނީއެވެ. ސިކުނޑީގެ އުނިކަމަކަށް ނުވަތަ ފަރުދީ ނުކުޅެދުންތެރި ކަމަކަށް ރިއާޔަތްކުރެވިގެން މުޖުތަމައަށް ދޫކޮށްލެވެނީއެވެ. މީހާގެ ނުކުޅެދުންތެރިކަމުން ކުރެވޭހާވެސް ކަމަކީ މިސްކިތްތައް ނަޖިސްކުރުމެވެ. އެންމެފަހުން މިސްކިތަކަށް އަރައި ޚަތިމަށް ކުޅުވެސް ޖަހައިފިއެވެ. މިހިސާބަށް ދިޔައީމާ މުއައްސަސާތަކުން ވިސްނާން އެބަޖެހެއެވެ. ފިކުރުކުރާން އެބަޖެހެއެވެ. މިވަނީ ކީއްކަމާމެދު ސީރިއަސްވާން އެބަޖެހެއެވެ. ސިކުނޑި އުނި މީހުން މީގެ ކުރިންވެސް ދިވެހިންގެ ތެރެއިން ފެނެއެވެ. އުޅެއެވެ. އެކަމަކު މިސްކިތްތަކާއި ޚަތިމްތައް ހުންނަނީ ސަލާމަތުންނެވެ.

މާލެއާއި އަތޮޅުތެރޭގައި ލާޗާރުބިޗާރަށް އުޅޭ ޒުވާނުން އެއްވެ މަޝްވަރާކޮށް ނިދައި ހަދާ ޖަގަހަތަކެއް ކަމުގައިވެސް ބައެއް މިސްކިތްތައް މިހާރު ވަނީ ހަދައިފައެވެ. ނުވަތަ ދަނީ ހަދަމުންނެވެ. މުދިންމީހާ ބަންގިދޭން ދާއިރުވެސް މިސްކިތުގައި މިފަދަ ޒުވާނުން ގަދަ ނިދީގައި ތިބެއެވެ. ސަފުތައް ހަދައިގެން މީސްތަކުން ނަމާދުކުރާއިރުވެސް ހޭލުމެއް ތަންދެއްކުމެއް ނޯވެއެވެ. އެއްޗެކޭ ބުނާ މީހާގެ ގަޔަށް ބޮލަށް އަރައިގަތުން އަވަހެވެ. އެހެންވީމާ ގިނަ މީހުން މިމަންޒަރު ފެންނަ ކަމަކަށްވެސް މިހާރު ނުހަދައެވެ. މިސްކިތްތަކުގައި ޚަތިމު ބަހައްޓާ ހަރުހަރުގަނޑާއި ފަންކާތައްވެސް ބައެއް ފަހަރު ހެދުން ދޮވެފައި ހިއްކަން އަޅާ ރޯނުގެ ގޮތުގައި ބޭނުންކުރެވިފައި ހުންނާތީ ފެނެއެވެ. މިކަންކަން މިހިސާބަށް ދިޔައީމާ ދެން އެއްޗެކޭ ނުބުނެ ކަމެއް ނުކޮށް ތިބެން ހެޔޮވާނެ ބާވައެވެ. ނޫނެކެވެ. ގައުމާއި ދީނުގެ ހައްގުގައި ކޮންމެވެސް ކަންތައްތަކެއް ކުރާން އެބަޖެހެއެވެ.

ކުރެވޭނީ ކޮންކަމެއް ބާވައެވެ. ކުރެވޭނެ ކަންކަން ބައިވަރެވެ. މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓަން ކުރެވިދާނެ ކަންކަން ގިނަގުނައެވެ. މިސްކިތަށް ކުޑަކަމުދާ މީހުންނާއި ޚަތިމަށް ކުޅުޖަހާ މީހުންނާއި ފަންކާތަކުގައި އަންނައުނު ހިއްކަން އަޅާ ކޮންމެ މީހަކީ ނަފްސާނީ ބައްޔެއް ހުންނަ މީހަކަށް ވެގެން ދޫކޮށްލެވޭ ހިސާބަށް މުއައްސަސާތައް މިނިވަންވެ ފިކުރުތައްވެސް މިނިވަންވެގެން މިކަމެއް ނުވާނެއެވެ. ސިކުނޑީގެ އުނިކަމެއްގެ ސަބަބުން ކަތިވަޅި ހިފައިގެން މަގުމައްޗަށް ނުކުމެ ފެންނަހާ ބަޔަކަށް ހަމަލަދޭ މީހާ މުޖުތަމައަށް ދޫކޮށްލާފައި ބެހެއްޓިދާނެބާވައެވެ. ނުބެހެއްޓޭނެއެވެ. ބަހައްޓައިގެން ފަރަކުނުޖެއްސޭނެއެވެ. ހަމައެގޮތަށް މިސްކިތެއް ފެންނައިރަށް ކުޑަކަމުދާން ޖެހޭ މީހުންނާއި ޚަތިމެއް ފެންނައިރަށް ދެމިޔަކަނުން ސޮނި ފައިބާ މީހުން ދާއިމީ އެކަހެރިކުރުމަކުން އެކަހެރިކުރާން ޖެހެއެވެ. ގާނޫނުތަކެއް ހަދައިގެންވިޔަސް އެނޫން އެއްޗެއް ހަދައިގެންވިޔަސް އެއީ ކުރަން ޖެހިފައިވާ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމިއްޔަތާއި ތާރީޚުގެ ވާހަކަ ދައްކަންވާނީ ގައިން ތާހިރުވެ ތިބެގެންނެވެ.

ގައުމިއްޔަތާއި ތާރީޚުގެ ވާހަކަ ދައްކަންވާނީ ގައިން ތާހިރުވެ ތިބެގެންނެވެ.

06 މާރިޗު 2022

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު