Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތް

ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާގެ "އާދަމް ސަލީމް ކަޕް" ފުޓްބޯޅަ މުބާރާތް ފަށައިފި

އާދީއްތަ ދުވަހު ކުޅޭ މެޗުގައި ވާދަކުރާނީ ޔުނީފޯމާއި ޓީމް ވިކިލާން

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 28 ނޮވެމްބަރު 2021 | އާދީއްތަ 02:24
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތް ފެށުން

އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތް ފެށުން

ހދ. ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ "އާދަމް ސަލީމް ކަޕް" ފުޓްބޯޅަ މުބާރާތް 2021 ގެ ކުޅުން ފަށައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި މި މުބާރާތް ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ ރިއަލް ސްޓާސް އާއި އަހުލީއެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އަހުލީންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗު ނިމެން 12 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދީފައި ވަނީ އަހުލީ ޓީމުގެ ޖޯޒީ ނަންބަރު 15، އަޙްމަދު ޝިޒާނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ޝިޒާނެވެ.

ލީގު އުސޫލުން މި މުބާރާތް ކުރިއަށްދާއިރު، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނީ ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮންނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ދެވަނަ މެޗުގައި އާދީއްތަ ދުވަހު ބައްދަލުކުރާނީ ޔުނީފޯމް އާއި ޓީމް ވިކިލާނެއެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާއިން މައުލޫމާތުދޭ ގޮތުން އެ ޖަމުއިއްޔާއިން މުޅި ރަށަށް ހުޅުވާލައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބޭއްވީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ މުބާރާތް ބޭއްވީ "ސާސްކަފް ކަޕް" ގެ ނަމުގައެވެ.

ސާސްކަފް ކަޕުގެ ނަމުގައި ފެށި ފުޓްބޯޅަ މުބާރާތް އާދަމް ސަލީމް ކަޕުގެ ނަމަށް ބަދަލުކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ. މިނަން ނިސްބަތްވަނީ ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާގެ މެންބަރު، ހަނިމާދޫ ނީރަންމާގޭ އަލްމަރްހޫމް އާދަމް ސަލީމަށެވެ. އޭނާއަކީ ހަނިމާދޫގައި އުފެދުނުނު ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށް ޒުވާނުންގެ ޖަމުއިޔާއިން ބުނެއެވެ.

ހދ. ހަނިމާދޫ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

ހިރިމަަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި

01 ފެބުރުއަރީ 2025
ހިރިމަަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި
13 އޮކްޓޯބަރު 2024

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރަށް އިސްރާފެއް ނަމަވެސް މި މަޝްރޫއާއެކު މުޅި ރީޖަން ބަދަލުވާނެ: ފައްޔާޒު

13 އޮކްޓޯބަރު 2024
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރަށް އިސްރާފެއް ނަމަވެސް މި މަޝްރޫއާއެކު މުޅި ރީޖަން ބަދަލުވާނެ: ފައްޔާޒު
22 ޖޫން 2024

ހދ. ހަނިމާދޫގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

22 ޖޫން 2024
ހދ. ހަނިމާދޫގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
12 އޮކްޓޯބަރު 2023

މަސްތުވާތަކެއްޗާއެކު ހަނިމާދޫން 2 މީހަކު ހައްޔަރުކޮށްފި

12 އޮކްޓޯބަރު 2023
މަސްތުވާތަކެއްޗާއެކު ހަނިމާދޫން 2 މީހަކު ހައްޔަރުކޮށްފި
05 އޮކްޓޯބަރު 2023

އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން ޒުވާނާގެ ބަންދަށް 7 ދުވަސް

05 އޮކްޓޯބަރު 2023
އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން ޒުވާނާގެ ބަންދަށް 7 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު