Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރޯދަ މަސް

ރިޔާޒު ކަންމަތީ ފިހާރައެއްގެ ސޭޓަކަށް!

ޕްރޮގްރާމްގައި ރިޔާޒު ފިހާރައެއްގެ ސޭޓެއްގެ މަސައްކަތް ކުރަންޖެހޭ

| 27 މެއި 2017 | ހޮނިހިރު 23:57
ނުރަސްމީ ގަޑީ ޕްރޮގްރާމްގައި މެމްބަރު އަބްދުﷲ ރިޔާޒު ފިހާރައެއްގެ ސޭޓަކަށް

ނުރަސްމީ ގަޑީ ޕްރޮގްރާމްގައި މެމްބަރު އަބްދުﷲ ރިޔާޒު ފިހާރައެއްގެ ސޭޓަކަށް

ރާއްޖެޓިވީން މި ރޯދަ މަހު ގެނެސްދޭ ޕްރޮގްރާމުތަކުގެ ތެރެއިން "ރަސްމީ ގަޑީ"ގައި އޭނާ ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައެވެ. އެހެންނޫނީ ސިޔާސީ ކޮންމެވެސް ހަރަކާތެއްގެ ތެރެއިނެވެ. މި ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ވާހަކެވެ. ރިޔާޒު އަކީ ފުލުހުންގެ މުއައްސަސާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވުމަށް ފަހު ޕޮލިސް ކޮމިޝަނަރުގެ މަގާމްވެސް އަދާކުރައްވާފައިވާ ބޭފުޅަކެވެ.

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތް ގެނެސް ދިނުމަށް ރާއްޖެޓީވީން ކޮންމެ އަހަރަކު ރަމަޟާން މަހުގައި ގެނެސްދޭ މި ޕްރޮގްރާމުން ރިޔާޒު ފެނިގެންދާނީ ތަފާތު ގޮތަކަށެވެ. ރިޔާޒު ރަސްމީ ގަޑި ނިމުމަށް ފަހު ކުރާ ކަންތަކާއި ނުރަސްމީ ގަޑީގައި ރާއްޖެޓީވީން ހަވާލުކުރާ މަސައްކަތެއް ރިޔާޒު ކުރަންޖެހޭނެވެ. އެގޮތުން މިރޭ ގެނެސްދޭ ރިޔާޒުގެ މި ޕްރޮގްރާމުގައި އޭނާ ފެނިގެންދާނީ ކަންމަތީ ފިހާރައެއްގެ ސޭޓެވެ. ޕްރޮގްރާމްގައި ރިޔާޒުގެ ހަޔާތާއި ގުޅޭގޮތުން އާއިލާގެ މެމްބަރުން ދީފައިވާ އިންޓަރވިއުތަކުން އިތުރު ފުރިހަމަކަމެއް ގެނެސްދޭނެވެ. އެއީ ސަބަބެއް ނެތިގެނެން ނޫނެވެ. ރިޔާޒުގެ އިނބިކަބަލުން އައިމިނަތު ނަދާ ޓީވީއަކަށް ޕްރޮގްރާމަކަށް ރިޔާޒާ ގުޅޭ ގޮތުން ދީފައިވާ ފުރަތަމަ އިންޓަވިއު ވެސް ހިމެނެނީ މިރޭގެ ޕްރޮގްރާމްގަ އެވެ. ރިޔާޒާއި ނަދާ ދިމާވި ގޮތާއި، އެ ދެމީހުން ލޯބީ ގޮތުން ގުޅިގެން އުޅުނު އިރު ދިމާވެފައިވާ ހެއްވާ މަޖާ ތަފާތު ކަންކަން ނަދާ ވަނީ ކިޔާދީފައެވެ. އެހެންނަމަވެސް ރިޔާޒު ވިދާޅުވާ ގޮތުން އެނާ އަކީ ރޮމޭންޓިކް މީހެއް ނޫނެވެ.

ނުރަސްމީ ގަޑި ޕްރޮގްރާމަށް ރިޔާޒުގެ އަންހެނުން ނަދާ އިންޓަރވިއު ދެނީ

ޕްރޮގްރާމްގެ ޕްރޮޑިއުސަރ އަދި ޕްރެޒެންޓަރު މުހައްމަދު ވިސާމް ބުނި ގޮތުގައި ރިޔާޒު އަކީ ރޮމޭންޓިކް މީހެއްތޯ ނޫންތޯ ނިންމާނީ ބެލުންތެރިން ކަމަށެވެ.

ރަސްމީ ގަޑި ނިމުމަށް ފަހު ހުސްވަގުތުތަކުގައި ރިޔާޒު އަކީ ދޫނި ގެންގުޅޭ މީހަކަށެވެ. ގޭގައި ގުރާ ކޮއްޓެއް ހުންނަ އިރު، ދަރިއެއް ދެކެ އޭނާވާ ލޯބި ގެއްގުޅޭ ދޫނިތައް ދެކެ ވެއޭ ބުނުން ދޮގަކަށް ނުވާނެވެ.

ހުކުރު ދުވަހުގެ މެންދުރުގެ ކެއުމުގައި މާލޭގައި ދިރިއުޅޭ ތ. ތިމަރަފުށީ މާޖެހިގޭގެ އެންމެން ކަހަލަ ގޮތަކަށް ބައިވެރިވާއިރު، ރިޔާޒުގެ ބޭބެ ޕްރޮގްރާމަގައި ދީފައިވާ އިންޓަރވިއުން ރިޔާޒުގެ ޅައުމުރުގައި ދިމާވެފައިވާ ކަންތަށް ތަކުގެ މައުލޫމާތު ގެނެސްދެވޭނެވެ. ފުލުހުންގެ މުއައްސަސާއާ ރިޔާޒު ގުޅެން ޖެހުނީ ކީއްވެގެންތޯ އާއި ރިޔާޒުގެ ބައްޕަ ދުނިޔޭގައި ހުރި އިރު ތިމަރަފުށީގައި އޭނާ ދިރިއުޅެމުން ދިޔަ ގޮތުގެ ވާހަކަ އެނގިގެންދާނެ އެވެ.

ރިޔާޒު އަކީ ގޭގައި ދޫނި ގެންގުޅޭ މީހެއް ، އެނާ އެކަން ކުރަނީ ހޮބީއެއްގެ ގޮތަށް

ނުރަސްމީ ގަޑީގައި މިޕްރޮގްރާމްގައި ބައިވެރިވާ މީހަކާއި މަސައްކަތެއް ހަވާލުކުރެވެ. ރިޔާޒާ ކަންމަތި ފިހާރައެއް ބަލަހައްޓަން ހަވާލުކުރުމުން އޭނާ ފިހާރާގައި ކުރާ ހުރިހާ މަސައްކަތެއް ކުރަންޖެހެއެވެ.

ޕްރޮގްރާމްގެ ޕްރޮޑިއުސަރު ވިސާމް ބުނި ގޮތުގައި އެފަދަ މަސައްކަތެއް ކުރުމަށް ރިޔާޒު އާއި ހަވާލުކުރީ އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވީމައެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަމަލީ ގޮތުން ފިހާރައެއްގެ ސޭޓް ކަން ކުރުމުން ތަކެތީގެ އަގަށް އައިސްފައިވާ ބަދަލު ޕްރޮގްރާމަގައި ބައިވެރިވުމުން ދެނެގަނެވޭނެތީއެވެ. ގިނަ ރައްޔިތުންނާއި އެނާއާއި ދިމާވުމުން ތަކެތީގެ އަގުތަކާއި ގުޅޭގިތުން ހުރި ކަންބޮޑުވުން ވެސް ހިއްސާކުރާނެވެ.

ރިޔާޒު ނުރަސްމީ ގަޑި ޕްރޮގްރާމްގައި ކަންމަތީ ފިހާރައެއްގައި މަސައްކަތް ކުރަނީ

ސުވާލަކީ ރިޔާޒަށް ފިހާރެއްގެ ސޭޓްކަން ކުރެވިދާނެތޯއެވެ. މިރޭގެ 11:00 އަށް އިންތިޒާރުކޮށްލައްވާށެވެ.

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2023

އިސްރާއީލުގެ ގަތުލުއާންމުގެ ނުރައްކާ ސުއޭޒް ކަނޑުއޮޅިން، ކަންމަތީ ފިހާރައިގެ ބިލުން، އަމިއްލަ ޖީބަށް!

23 ޑިސެމްބަރު 2023
އިސްރާއީލުގެ ގަތުލުއާންމުގެ ނުރައްކާ ސުއޭޒް ކަނޑުއޮޅިން، ކަންމަތީ ފިހާރައިގެ ބިލުން، އަމިއްލަ ޖީބަށް!
29 ސެޕްޓެމްބަރު 2021

ގަޓު ހުރިއްޔާ ރައީސް ޔާމީނުގެ އިސްތަށިފުޅަށް ފައިން ނާރާ ސާބިތުކަންމަތީ ތިބޭ!

29 ސެޕްޓެމްބަރު 2021
ގަޓު ހުރިއްޔާ ރައީސް ޔާމީނުގެ އިސްތަށިފުޅަށް ފައިން ނާރާ ސާބިތުކަންމަތީ ތިބޭ!
22 މެއި 2019

އެތައް ބަޔަކު މަގުމަތިވިއިރު އައްމަޓީ މިނިވަންކަންމަތީ!

22 މެއި 2019
އެތައް ބަޔަކު މަގުމަތިވިއިރު އައްމަޓީ މިނިވަންކަންމަތީ!
09 މެއި 2018

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

09 މެއި 2018
ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
07 އޮކްޓޯބަރު 2017

ގެމްބިއާގެ ރައީސް ބަރޯ: ފިހާރައެއްގެ ސޭޓެއް، ސެކިއުރިޓީ ގާޑެއް!

07 އޮކްޓޯބަރު 2017
ގެމްބިއާގެ ރައީސް ބަރޯ: ފިހާރައެއްގެ ސޭޓެއް، ސެކިއުރިޓީ ގާޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު