Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާ އާއި އެމެރިކާއިން މަޝްވަރާކުރުން

ވިޔަފާރީގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން އިންޑިޔާ އާއި އެމެރިކާއިން މަޝްވަރާކޮށްފި

23 ނޮވެމްބަރު 2021 | އަންގާރަ 17:57

މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި މާކެޓް އެކްސެސް އާއި ޑިޖިޓަލް ޓްރޭޑް ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ނޮވެމްބަރު 2021 | އަންގާރަ 17:57
އެމެރިކާ އާއި އިންޑިޔާގެ އޮފިޝަލުން ބައްދަލުކުރައްވަނީ

އެމެރިކާ އާއި އިންޑިޔާގެ އޮފިޝަލުން ބައްދަލުކުރައްވަނީ

އިންޑިޔާ އާއި އެމެރިކާ އާ ދެމެދު ހުރި ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުން ދެ ގައުމުން މަޝްވަރާކޮށްފިއެވެ.

މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި މާކެޓް އެކްސެސް އާއި ޑިޖިޓަލް ޓްރޭޑް ހިމެނެއެވެ. މަޝްވަރާތައް ކުރަމުންދަނީ އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ކެތްރިން ތައި މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ވިޔަފާރީގެ ދާއިރާއިން ދެ ގައުމަށް އެއްބަސްވުމަކާ ހަމައަށް ނާދެވި މަޝްވަރާތައް ކުރިޔަށްގެންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އެކި ކަންކަމާއި ގުޅޭގޮތުން ވަކިން ޚާއްސަކޮށް ޓެރިފް ކަނޑައެޅުމާއި ގުޅޭގޮތުން ދެ ގައުމަށް އެއްބަސްވުމަކާ ހަމައަށް އާދެވޭގޮތެއް ވަނީ ނުވެފައެވެ.

އިންޑިޔާގެ ކޮމާސް މިނިސްޓަރ ޕިޔުޝް ގޮޔާލް ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ވާހަކަދައްކަވަމުން އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ކެތްރިން ވަނީ މާކެޓް އެކްސެސްގައި ހުރި ހުރަސްތަކާއި، ހައި ޓެރިފް އަދި ތަންފީޒުކުރަން އުނދަގޫ ގަވާއިދުތަކާއި ޑިޖިޓަލް ޓްރޭޑިންގ ގައި ހުރި ހުރަސްތަކުގެ ވާހަކަދައްކަވާފައެވެ. މިކަންކަމާއި ގުޅޭގޮތުން މިދަތުރުފުޅުގައި މަޝްވަރާކުރައްވާނެކަމަށް ކެތްރިން ވިދާޅުވިއެވެ.

ކެތްރިންގެ މިދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދާދިފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރައްވާ ދަތުރުފުޅެކެވެ.

ފަރިއްކޮޅުގައި ވާހަކަދައްކަވަމުން އިންޑިޔާގެ ކޮމާސް މިނިސްޓަރ ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރާއި އެމެރިކާގެ ރައީސް ހަވާލުކުރައްވާފައިވާ ޒިންމާއަކީ ދެގައުމުގެ އިގްތިޞާދީ ގުޅުން މިހާރަށްވުރެ ޚަރުދަނާކޮށް މިހާރަށްވުރެ ދެފުށް ފެންނަ ހަމައަކުން މިކަން ކުރިޔަށް ގެންދިޔުންކަމަށެވެ.

ހަތަރު އަހަރަށްފަހު ދެ ގައުމުގެ ޓްރޭޑް ޕޮލިސީ ރިވިއު ކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

އިންޑިޔާ އާއި އެމެރިކާގެ ގުޅުން ރަނގަޅުވާން ފަށާފައިވާއިރު ދެ ގައުމުން ވަނީ ޖަޕާން އަދި އޮސްޓްރޭލިއާ އާ ގުޅިގެން އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒް ކުޑަކުރުމުގެ މަސައްކަތްތައް ފަށާފައެވެ.

އިންޑިއާ

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް