Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުޣުނީއަށް ޝަރަފުވެރި އެވޯޑެއް

ކާމިޔާބީގެ ފަހަތުގައި ވަނީ "ޓީމް ވޯރކް": މުޣުނީ

އެންމެ ފުރަތަމަ ފެށީ ކުންފުނީގެ ސަގާފަތް ބަދަލުކުރުމުގެ މަސައްކަތް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ނޮވެމްބަރު 2021 | އަންގާރަ 04:25
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ

ސްޓެލްކޯއަށް ލިބެމުންދާ ކާމިޔާބީތަކުގެ ފަހަތުގައިވަނީ ކުންފުނީގެ އެންމެން ގުޅިގެން ކުރި މަސައްކަތް ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ދާދީ ފަހުން ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީއަށް ވަނީ އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021ގެ މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑް ލިބިވަޑައިގެންފައެވެ. މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަަމުން މުޣުނީ ވިދާޅުވީ މިހާތަނަށް އެކުންފުނިން ހޯދާފައިވާ ކޮންމެ ކާމިޔާބީއެއްވެސް ހޯދިފައިވަނީ ހުރިހާ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތް ނުވަތަ އެކުންފުނީގެ ތެރޭގައި އޮތް "ޓީމް ވޯރކް"ގެ ސަބަބުން ކަމަށެވެ.

މުޣުނީ ވިދާޅުވީ ސްޓެލްކޯގެ ހިންގުމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ފެށި މަސައްކަތަކީ ތަނުގެ ސަގާފަތް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. ސްޓެލްކޯއަކީ ގިނަ ދުވަސްތަކެއް ވަންދެން އެއް ބޭފަޅަކު އިސްވެ ހުރެ ހިންގާފައިވާ ކުންފުންޏެއް ކަމުން، އެ ކުންފުނީގެ ކަންކަން ބައްޓަންވެފައިވަނީ އެއް ގޮތަކަށް ކަމަށް މުޣުނީ ވިދާޅުވިއެވެ. މީގެ ކުރިން ކަންކަން ކުރުމުގެ ކުރިން ދުރަށް ވިސްނައި ކަންކަން ރޭވުމުގެ ބައި ވަރަށް ކުޑަ ކަމަށް މުޣުނީ ވިދާޅުވިއެވެ.

އެހެންކަމުން އެ ކުންފުނީގެ ސަގާފަތް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން، މަސައްކަތްތައް ކުރާނެ ގޮތްތައް ކަނޑައަޅައި، މުވައްޒަފުން އެކަންކަމަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ކޮށްފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރުމަށާއި، ކުރާ ކޮންމެ ކަމެއްވެސް ތެދުވެރިކަމާއެކު ކުރުމަށް ސަމާލުކަމެއް ދީފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ މި ކަންކަމަކީ ހަމައެކަނި ކަނޑައެޅިފައިހުރި ކަންކަމުގެ ގޮތުގައި ނުބަހައްޓާ އެކަންކަން ތަންފީޒުކުރަން މަސައްކަތް ކުރައްވާފައިވާކަމަށެވެ. މުވައްޒަފުންނާއި، ސީނިއަރ މެނޭޖްމެންޓުން ގުޅިގެން މިކަންކަން ތަންފީޒުކުރަން ކުރެވުނު މަސައްކަތުގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށް މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު، މި މުޖުތަމައަށްވެސް މިހާރު ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ރައްޔިތުންގެ އުންމީދުތައްވެސް ބަދަލުވެފައިވާކަމަށާއި، އެހެންކަމުން ކުންފުނީގެ މަސައްކަތްތައް ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ބައްޓަންކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަން މުޣުނީ ފާހަގަކުރެއްވިއެވެ. ޒަމާނާ އެއްގޮތަށް ޚިދުމަތްތައްވެސް ތަރައްގީވާންޖެހޭކަމަށާއި، މުވައްޒަފުންގެ ކަންކަންވެސް ވަރަށް ގާތުން ބަލަންޖެހޭ ކަމަށް މުޣުނީ ވިދާޅުވިއެވެ.

އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021ގެ މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑް, ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިވަޑައިގެންފައިވާއިރު، މިއީ މި އެވޯޑު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ. މި އެވޯޑަކީ އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯރސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އެވޯޑެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގް، އެއާރ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، ކެސްޕަރސްކީގެ އިތުރުން، ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުންވެސް ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހާސިލްކޮށްފައެވެ.

މި އެވޯޑުގެ އިތުރުން މުޣުނީ ވަނީ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ "އިމާޖިންގ ލީޑަރ އޮފް ދި އިޔަރ"ގެ އެވޯޑްވެސް ހާސިލްކުރައްވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު، ހަސަން މުޣުނީ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2023

ޕީސީބީގެ ބޯޑުން މުޣުނީގެ ނަން އުނިކުރީ، ދައުލަތުގެ އެހެން ދިމާއެއްގައި ޚިދުމަތްކުރަން ފުރުސަތު ދޭން

29 ނޮވެމްބަރު 2023
ޕީސީބީގެ ބޯޑުން މުޣުނީގެ ނަން އުނިކުރީ، ދައުލަތުގެ އެހެން ދިމާއެއްގައި ޚިދުމަތްކުރަން ފުރުސަތު ދޭން
02 މާރިޗު 2022

މުޣުނީ އެންވަޔަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

02 މާރިޗު 2022
މުޣުނީ އެންވަޔަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް
23 ނޮވެމްބަރު 2021

"ސްޓެވޯ" ޖަނަރޭޓަރަކީ އުފައްދާ އެއްޗެއް ނޫން، އެސެމްބްލްކުރާ އެއްޗެއް: މުޣުނީ

23 ނޮވެމްބަރު 2021
"ސްޓެވޯ" ޖަނަރޭޓަރަކީ އުފައްދާ އެއްޗެއް ނޫން، އެސެމްބްލްކުރާ އެއްޗެއް: މުޣުނީ
20 ނޮވެމްބަރު 2021

މި ސަރަހައްދުގެ އެންމެ އިންސްޕަޔަރިންގ އެގްޒެކެޓިވްގެ އެވޯޑު މުޣުނީއަށް

20 ނޮވެމްބަރު 2021
މި ސަރަހައްދުގެ އެންމެ އިންސްޕަޔަރިންގ އެގްޒެކެޓިވްގެ އެވޯޑު މުޣުނީއަށް
04 އޮކްޓޯބަރު 2021

ސްޓެލްކޯގެ ދުންހޮޅިތައް އުސްކޮށް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފްކުރުމަށް މަޖިލީހުން ފާސްކޮށްފި

04 އޮކްޓޯބަރު 2021
ސްޓެލްކޯގެ ދުންހޮޅިތައް އުސްކޮށް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފްކުރުމަށް މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު