Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައިދީންނަށް މަސައްކަތުގެ ފުރުސަތު

ޕެރޯލްގެ ދަށުން މަސައްކަތަށް ނުކުންނަ މީހުންނަށް ފުރުސަތު ދޭނަން - މުޣުނީ

18 އޯގަސްޓު 2021 | ބުދަ 08:45

ބޭނުމަކީ އަނބުރާ މުޖުތަމައަށް ނުކުންނައިރު އެފަރާތްތަކަކީ، މުޖުތަމައުގެ ވަޒީފާގެ މާހައުލަށް ތައްޔާރުވެފައި ތިބި ބަޔަކަށް ހެދުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 18 އޯގަސްޓު 2021 | ބުދަ 08:45
ހަސަން މުޣުނީ - ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ

ހަސަން މުޣުނީ - ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ

ޕެރޯލްގެ ދަށުން މަސައްކަތަށް ނުކުންނަ މީހުންނަށް ފުރުސަތު ދޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުޣުނީ ވިދާޅުވީ ޕެރޯލްގެ ދަށުން މަސައްކަތަށް ނުކުންނަ ގައިދީންނަށް ސްޓެލްކޯގެ އެކި މަސައްކަތްތައްކުރުމަށް ފުރުސަތު ދިނުމުގެ ބޭނުމަކީ އަނބުރާ މުޖުތަމައަށް ނުކުންނައިރު އެފަރާތްތަކަކީ، މުޖުތަމައުގެ ވަޒީފާގެ މާހައުލަށް ތައްޔާރުވެފައި ތިބި ބަޔަކަށް ހެއްދެވުން ކަމުގައެވެ.

Advertisement - newsAdvertisement

ސްޓެލްކޯއިން މިފަދަ ފުރުސަތެއް ހުޅުވާލުމުގެ މައިގަނޑު އަމާޒަކީ ވަގުތީގޮތުން މަސައްކަތް ބޭނުންވެފައިވާ ޒުވާނުންނަށް މަސައްކަތް ހޯދައިދީ، އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އެކި ސަބަބުތަކާހުރެ ވަޒީފާއެއް ނުލިބި ތިބި ޒުވާނުންނަށް މިއީ އާމްދަނީ ހޯދުމަށް ރަނގަޅު ފުރުސަތެއްކަމަށް މުޣުނީ ވިދާޅުވިއެވެ. މުޣުނީ ވިދާޅުވީ، ހުޅުވާލެވިފައިވާ މި ފުރުސަތުގެ ތެރެއިން ރަނގަޅު މީހުންނާއެކު އެހެން މަސައްކަތްތައް ވެސް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށެވެ.

ސްޓެލްކޯއަކީ އާއްމު ރައްޔިތުންނަށް އެކި ގޮތްގޮތުން ޚިދުމަތްދޭ ކުންފުންޏަކަށް ހެދުން އެއީ ކުންފުނީގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ ކޮންޓްރެކްޓް މަސައްކަތްތައް ވެސް ސްޓެލްކޯއިން އަމާޒުކުރަނީ ވަކިން ހާއްސަކޮށް ދިވެހި ޒުވާނުންނަށް ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ހަދަން ވިސްނީ ކޮވިޑް-19ގެ ތެރޭގައި ވަރަށް ގިނަ މީހުންގެ ވަޒީފާ ގެއްލި، އިޤްތިޞާދީ ގިނަ މަސައްކަތްތަކަކަށް ބުރޫ އަރާފައިވާތީ މި ދަނޑިވަޅުގައި މަސައްކަތް ނުކޮށް ތިބި ޒުވާނުންނަށް އަމާޒުކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އެކަހަލަ މަސައްކަތްތައް ނަގަނީ ކޮންޓްރެކްޓް ގްރޫޕްތަކުން ކަމަށާއި، ދެން އެ ގްރޫޕަކުން މަސައްކަތް ހަވާލުކުރާނީ ކޮންމެ ވެސް ބޭރު ބަޔަކަށް ކަމަށެވެ. ސްޓެލްކޯއިން ބޭނުންވަނީ އެ އާދަ ކަނޑުވާލައި އެ ފައިސާ ވެސް ދިވެހިންގެ ތެރޭގައި ރޯލްކުރުމަށް ކަމަށް މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު، ހަސަން މުޣުނީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
21 ސެޕްޓެމްބަރު 2025

ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ، ސްޓެލްކޯގެ ބަހެއް ނެތް

21 ސެޕްޓެމްބަރު 2025
ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ، ސްޓެލްކޯގެ ބަހެއް ނެތް
12 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ ބޯޑަށް މެމްބަރު ޝާޑުގެ އަނބިކަނބަލުން މުޒްނާ އައްޔަން ކޮށްފި

12 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ ބޯޑަށް މެމްބަރު ޝާޑުގެ އަނބިކަނބަލުން މުޒްނާ އައްޔަން ކޮށްފި
08 ސެޕްޓެމްބަރު 2025

ޖަނަވަރީ1، 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރުމަށް ރައީސް ނިންމަވައިފި

ސްޓެލްކޯއިން ވަކިކުރި ފަހުމީ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކޮށްފި

08 ސެޕްޓެމްބަރު 2025
ސްޓެލްކޯއިން ވަކިކުރި ފަހުމީ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކޮށްފި
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް