Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯގެ އިންޖީނުގެތައް

ސްޓެލްކޯގެ ދުންހޮޅިތައް އުސްކޮށް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފްކުރުމަށް މަޖިލީހުން ފާސްކޮށްފި

4 އޮކްޓޯބަރު 2021 | ހޯމަ 07:17

އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ސްޓެލްކޯގައި ދެންނެވުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 އޮކްޓޯބަރު 2021 | ހޯމަ 07:17
ސްޓެލްކޯގެ ޖަނަރޭޓަރ

ސްޓެލްކޯގެ ޖަނަރޭޓަރ

ސްޓެލްކޯގެ އިންޖީނުތަކުގެ ސަބަބުން ވާ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެ އިންޖީނުތައް ސައުންޑް ޕްރޫފްކޮށް، ދުންހޮޅިތައް އުސްކުރަން އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ އާއި އެންވަޔަރުމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ފާސްކޮށްފިއެވެ.

ރިޕޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ސްޓެލްކޯ ހުންނަ ސަރަައްދުގައި ދިރިއުޅޭ މީހުންނަށް އެ ކުންފުނީގެ އިންޖީނުތަކުގެ ސަބަބުން ވާ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ ގަރާރު ދިރާސާކޮށް، އެ ކަން ހައްލުކުރުމަށް މައިގަނޑު 8 ރެކޮމެންޑޭޝަނެއްވަނީ ރިޕޯޓުގައި ހިމަނާފައެވެ.

މިރިޕޯޓަށް ވާހަކަދެއްކެވި މެމްބަރުންވަނީ، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ބާރުއެޅުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ގޮވާލާފައެވެ. ކުންފުނިތަކުން މިކަން ކުރުމުގެ ބަދަލުގައި ގޭބީސީތަކުން މިކަން ކުރުމަށް ފުރުސަތު ފަހި ކޮށްދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

އެންވަޔަރުމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، މިހާރުން މިހާރަށް ކުރެވޭނެ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ސްޓެލްކޯގެ ބޭނުމަށް މިހާރު ބަންދުކޮށްފައި ހުރި މަގުތައް މިހާރުން މިހާރަށް ހުުޅުވާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ކޮމިޓީގެ މެމްބަރުން އެ ސަރަހައްދަށް ވަޑައިގެން ބެލި ބެލުމުން ވައިބްރޭޝަން ވަރަށް ބޮޑަށް ހުރިކަމާއި، ދުމާއެކު ތެލުގެ އަސަރު ކުރާކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ. ޑިސަލް ޖަނެރޭޓަރުތައް ނިއްވާލުން އެއީ ކުރަންޖެހޭ ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ބޭނުން ނުކޮށް ހުރި ޖަނެރޭޓަރތައް ހުރި ތަންތަނުން ޖާގަ ހުސްކުރެވިދާނެ ކަންވެސް ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ޖޫން މަހު މެންބަރު މީކާއިލް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުން އަވަސް ކުރުމަށާއި އެ މަސައްކަތް ނިމެންދެން ވަގުތީ ހައްލެއް ހޯއްދަވައިދެއްވުމަށެވެ.

ސްޓެލްކޯސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު، ހަސަން މުޣުނީރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް