Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޮޅިވަރަންފަރު ލެބޯޓަރީ ހުޅުވުން

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިފްތިތާޙް ކޮށްފި

ލެބޯޓަރީގެ ޚިދުމަތާއިއެކު އާންމުކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ރަށުން ބޭރަށް ކުރަން ޖެހޭ ދަތުރުތައް ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2021 | ހޯމަ 02:01
ނޮޅިވަރަންފަރުގައި ލެބޯޓަރީގެ ހިދުމަތް ގާއިމް ކުރުމުގެ ރަސްމިއްޔާތު

ނޮޅިވަރަންފަރުގައި ލެބޯޓަރީގެ ހިދުމަތް ގާއިމް ކުރުމުގެ ރަސްމިއްޔާތު

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގެ ލެބޯޓަރީގެ ޚިދުމަތް އިފްތިތާޙް ކޮށްފިއެވެ.

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އަޙްމަދު އާދިލްއެވެ.

Advertisement - newsAdvertisement

ފެށިގެން ދިޔަ ލެބޯޓަރީގެ ޚިދުމަތާއިއެކު އާންމުކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ރަށުން ބޭރަށް ކުރަން ޖެހޭ ދަތުރުތައް ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެއެވެ. މިގޮތުން މިވަގުތު ހެދެން ހުރި ޓެސްޓުތަކަށް ބަލާއިރު، ލޭގެ 11 ޓެސްޓް، ހަކުރު ބަލީގެ 3 ޓެސްޓް، ކިޑްނީގެ ތަޙްލީލުގެ 4 ޓެސްޓް، ޗިސްމޭ ތަޙްލީލުގެ 6 ޓެސްޓް، ހިތުގެ ތަޙްލީލުގެ 4 ޓެސްޓް، ކަށީގެ ތަޙްލީލުގެ 1 ޓެސްޓެއް ހެދެއެވެ.

އަދި އިލެކްޓްރޯލައިޓްގެ މިންވަރު ދެނެގަންނަ ތަޙްލީލުގެ 4 ޓެސްޓް، ކުޑަކަމުދާ ތަކެތީގެ ތަޙްލީލުގެ 11 ޓެސްޓް، ބޮޑުކަމުދާ ތަކެތީގެ ތަޙްލީލުގެ 3 ޓެސްޓް، ދިފާއީ ނިޒާމު އަދި ލޭގައި ހިމެނޭ ސިރަމްގެ 8 ޓެސްޓުގެ އިތުރުން ޕްރެގްނެންސީ 2 ޓެސްޓް ހިމެނޭ ގޮތަށް ޖުމްލަ 57 ޓެސްޓެއް ހެދޭނެއެވެ. މީގެއިތުރުން، މި ފެށޭ ޑިސެންބަރު މަހުގެ ތެރޭގައި ލިޕިޑް ޕްރޮފައިލް ޓެސްޓުގެ ޚިދުމަތް ވެސް ފެށިގެންދާނެއެވެ.

މިހަފްލާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ސަރުކާޒުގެ ވިސްނުމަކީ ޒަމާނުއްސުރެ މާލެއަށް ބަރޯސާވެފައިވާ ޞިއްޙީ ޚިދުމަތް ސަރަހައްދީ ފެންވަރެއްގައި ތަރައްޤީކޮށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުން ކަމަށެވެ. މިގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްޤީ ކުރެވިގެންދާ މަންޒަރަކީ މިކަމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ.

އަދި މިފަދަ ޚިދުމަތެއް ފެށުމުން ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަ ފާހަގަކުރައްވާ، ކުރިޔަށް އޮތްތާ މި ހިދުމަތް ފުޅާކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. އަދި ކޮވިޑުގެ ދަތި އިޤްތިޞާދީ ޙާލަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އެ މަނިކުފާނުގެ ޙިކްމަތު ޢަމަލީ ބޭނުންކުރައްވާ ޤައުމު އާރާސްތު ކުރުމުން މި ދާއިރާއަށް ކުރެއްވި ހޭދަ އަކީ ތަޢުރީފް ޙައްޤު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ދާއޫދި ވިދާޅުވީ ހޮސްޕިޓަލެއްގައި ނުވަތަ ޞިއްޙީ މަރުކަޒެއްގައި ވެސް ފަރުވާ ދިނުމުގައި އެންމެ މުހިންމު އެއްކަމަކީ، ބަލިވެގެން ނުވަތަ އެނޫން ޚިދުމަތެއް ހޯދަން އަންނަ ފަރާތެއްކަމުގައި ވިޔަސް، އޯގާތެރި ހިތްހެޔޮ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެއިން ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމަށް ޚިދުމަތްތެރީންނަށް އިލްތިމާސް ކުރެއްވިއެވެ.

އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ޞިއްޙީ ނިޒާމަކީ ރައްޔިތުންނާއި ގާތުން ޚިދުމަތްދެވޭ ލާމަރުކަޒީ ނިޒާމެއްގެ ގޮތުގައި ބައްޓަންކުރަން ކުރައްވާ މަސައްކަތަށް ޝުކުރު ދެންނެވިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްހދ. ނޮޅިވަރަންފަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުން ހުއްޓުވައިފި

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުން ހުއްޓުވައިފި

22 ސެޕްޓެމްބަރު 2024
ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25ށް

ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25ށް

21 ޑިސެމްބަރު 2023
ނޮޅިވަރަންފަރު ފެނާއި ނަރުދަމާ ނިމި 100 ހައުސިންގ ޔުނިޓްވެސް ނިމެނީ - ކައުންސިލް

ނޮޅިވަރަންފަރު ފެނާއި ނަރުދަމާ ނިމި 100 ހައުސިންގ ޔުނިޓްވެސް ނިމެނީ - ކައުންސިލް

23 މެއި 2023
ކުޅުދުއްފުށީ ހޮސްޕިޓަލުގައި އައިސީސީޔޫގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އައިސީސީޔޫގެ ޚިދުމަތް ފަށައިފި

11 މެއި 2023

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު