Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޮޅިވަރަންފަރު ސަހަރާ ކޮނުނު މައްސަލަ

ސަހަރާ ކޮނުނީ ބަޔަކު ރުގްޔާކުރަން، ފުލުހުންނަށް ކައުންސިލުން ހުއްދައެއް ނުދެން - ނޮޅިވަރަންފަރު ކައުންސިލް

ކޮނެފައިވަނީ ކުޑަކުއްޖެއްގެ މަހާނަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2022 | އަންގާރަ 06:08
ނޮޅިވަރަންފަރު ސަހަރާގައި ކޮނުނު މަހާނަ

ނޮޅިވަރަންފަރު ސަހަރާގައި ކޮނުނު މަހާނަ

ސަރަހާ ކޮނުނީ ރުގްޔާކުރުމަށް ކަމަށާއި، ފުލުހުން އެކަމަށް އެދުނު ނަމަވެސް ކައުންސިލުން އެއްވެސް ސިފައެއްގައި އެކަމަށް ހުއްދަ ދީފައި ނުވާނެކަމަށް ބުނެ، ނޮޅިވަރަންފަރު ސަހަރާ ކޮނުނު މައްސަލައިގައި ފުލުހުން ދެއްކި ވާހަކަ އެ ރަށު ކައުންސިލުން ދޮގުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން، ނޮޅިވަަރަންފަރު ސަހަރާ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ރަށު ކައުންސިލްގެ އެހީތެރިކަމާއެކުގައި ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މައްސަލައިގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ސަހަރާ ކޮންނަން ބޭނުންވާކަމަށް ބުނެ ފުލުހުން ކައުންސިލްގައި އެދުމުން، ކައުންސިލްގެ އިދާރީ މުވައްޒަފުންލައްވާ މިނިސްޓްރީއަށް ގުޅާއެކަމުގައި އަމަލުކުރަންވީ ގޮތެއް ސާފުކޮށްފައިވާ ކަމަށެވެ. އަދި އެކަން ނުކުރެވޭނެކަން މިނިސްޓްރީން އެންގުމުން، އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށާއި، ނަމަވެސް ހޯމަ ދުވަހުގެ ރޭގަނޑު 11:30 ހާއިރު ސަހަރާ ކޮނެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ބޭނުމަކަށް އެތަން ކޮންނަ ކަމަށް ބުނި ނަމަވެސް، މަހާނަ ކޮނުނީ އާންމުންގެ މީހުން ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މަހާނަ ކޮނުނު އިރު އެތަނުގައި ރުގްޔާ ކުރާ މީހަކާއި، ރުގްޔާ ކުރަން އެދުނު މީހާ ވެސް ހުރި ކަމަށެވެ. އަދި ކޮނެފައިވަނީ ވަރަށް ކުރީގެ މަހާނައެއް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ކައުންސިލުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ކުޑަކުއްޖެއްގެ މަހާނައެވެ. އަދި މަހާނަ ކޮޅުގައި ހިރިގަލުން ހަދާފައި ހުރި މަހާނަގަލެއްވެސް ހުއްޓެވެ. މަހާނަ އެއްކޮށް ކޮނެފައި ނުވިނަމަވެސް މަހާނައިގެ ބޮލާ ދިމާލުން ތަންކޮޅެއް ކޮނެފައި ހުރިތަން ފޮޓޯތަކުން ފެނެއެވެ. އަދި ރުގްޔާކުރާ މީހާ އެތަނުން ނެގި ވެލިތައް ދަނޑިބުރިއަކުން ހާވާތަން ފެނެއެވެ.

ހދ. ނޮޅިވަރަންފަރުމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު