Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޮޅިވަރަމްގައި އަންހެނަކު މަރުވުން

ފައިސަލްގެ ހާލަތަށް ބަދަލެއް ނާދޭ، އަދިވެސް ވެންޓިލޭޓަރުގައި

އޭނާ ވެންޓިލޭޓަރަށް ލާފައިވަނީ ސިކުނޑިއަށް އޮކްސިޖަން ފޯރުކޮށްނުދޭތީ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2022 | ހޮނިހިރު 09:23
ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް

ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް

ހދ. ނޮޅިވަރަމު، 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށި ރޯޒީ ވިލާ، 32 އަހަރުގެ އަބޫބަކުރު ފައިސަލްގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަކު "ރާއްޖެ އެމްވީ" އަށް ބުނީ އޭނާއަށް އަދިވެސް ފަރުވާ ދެނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. އޭނާ ވެންޓިލޭޓަރަށް ލާފައިވަނީ ސިކުނޑިއަށް އޮކްސިޖަން ފޯރުކޮށްނުދޭތީ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ފައިސަލްއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނީ އޭނާގެ އަންހެނުންގެ މަރުގެ މައްސަލައިގައި ހައްޔަރުގައި ހުއްޓާ ދަަންޖެހެން މަސަައްކަތް ކުރުމުންނެވެ. އޭނާ އެކަން ކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 23:15 އެހާއިރު އެވެ. ފައިސަލް ދަންޖެހިފައިވަނީ ކުޅުދުއްފުށީ ފުލުހުންގެ ބަންދުގައި ހުއްޓައެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލައިގައި ފައިސަލްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން ވަނީ ހުއްދަ ދީފައެވެ. އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކިޔާދީފައިވާ ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭނާ ދަންޖެހެން މަސައްކަތް ކުރީ ބާލީހުގެ އުރަ ގޮޅީގެ ތޭރިތަކުގައި އައްސައިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވިންދު ނެތެވެ. އަދި އިމަރޖެންސީގައި ވަގުތުން ފަރުވާ ފަށާ، ވިންދު އައުމުން އައިސީޔޫއަށް ބަދަލުކުރެވި ވެންޓިލޭޓަރަށްވެސް ވަނީ ލާފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާ ދަންޖެހެން މަސައްކަތް ކުރި މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ މައްސަލަ މަޖިޅިހަށް ހުށަހަޅުއްވަން ނިންމަވާފައެވެ. އެގޮތުން މި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އޭނާ ވަނީ ސިޓީއެއް ހުށަހަޅުއްވާފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކޮންމެ 10 މިނެޓަކުން ފުލުހުން ގޮޅި ޗެކް ކުރެއެވެ. އެގޮތުގެ މަތިން އޭނާގެ ގޮޅި ޗެކް ކުރިތާ 10 މިނެޓު ނުވަނިސް ފުލުހުން އަނެއްކާވެސް އެ ގޮޅި ޗެކް ކޮށްފައިވެއެވެ.

ފައިސަލްގެ އަންހެނުން ނިޝާމާ މަރުވެފައި އޮއްވާ ފެނިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ނޮޅިވަރަމްގައި އޭނާ ދިރިއުޅެމުން އައި ގޭގެ ތެރެއިންނެވެ. އޭނާ މަރުވިފަހުން ފައިސަލް ޑޮކްޓަރަށް ދައްކަން ކަމަށްބުނެ ކުޅުދުއްފުއްޓަށް ގޮސްފައިވާ ކަމަށާއި އޭނާ ކުރިންވެސް ނިޝާމާއަށް އަނިޔާ ކުރާ ކަމަށް އެ ރަށުގެ މީހުން ބުނެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްނޮޅިވަރަމުގައި މީހަކު މަރާލުންހދ.ނޮޅިވރަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25ށް

ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25ށް

21 ޑިސެމްބަރު 2023
ކުޅުދުއްފުށީ ހޮސްޕިޓަލުގައި އައިސީސީޔޫގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އައިސީސީޔޫގެ ޚިދުމަތް ފަށައިފި

11 މެއި 2023
މިހާރު ކުރަމުން ދަނީ ނިޝާމާގެ ޕޯސްޓްމޯޓަމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް: ފުލުހުން

މިހާރު ކުރަމުން ދަނީ ނިޝާމާގެ ޕޯސްޓްމޯޓަމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް: ފުލުހުން

17 ޑިސެމްބަރު 2022
ނިޝާމާގެ 3 ކުދިން ތިބީ ރައްކާތެރި މާހައުލެއްގައި، ހާލަތު ދަނީ މޮނިޓަރކުރަމުން: ޖެންޑަރ

ނިޝާމާގެ 3 ކުދިން ތިބީ ރައްކާތެރި މާހައުލެއްގައި، ހާލަތު ދަނީ މޮނިޓަރކުރަމުން: ޖެންޑަރ

14 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު