Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިސީސީޔޫގެ ޚިދުމަތް

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އައިސީސީޔޫގެ ޚިދުމަތް ފަށައިފި

އަލަށް ހުޅުވި އައިސީސީޔޫ އަކީ 6 އެނދުގެ ތަނެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 މެއި 2023 | ބުރާސްފަތި 03:31
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ތަރައްގީކުރި އައިސީސީޔޫ ހުޅުވަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ތަރައްގީކުރި އައިސީސީޔޫ ހުޅުވަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިސީސީޔޫގެ ޚިދުމަތް ފަށައިފިއެވެ.

ކުޅުދުއްފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފެސިލިޓީ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޢަލީ ޝިޔާމްއެވެ. ޒަމާނީ ވަސީލަތްތަކާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިސީސީޔޫގެ ޚިދުމަތް ދެނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް ތަރައްޤީކުރި 3 ބުރީގެ ކާނި ވިންގުގައެވެ.

Advertisement - newsAdvertisement

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ހުޅުވި އައިސީސީޔޫ އަކީ 6 އެނދުގެ ތަނެކެވެ. މީގެ ކުރިން އެ ހޮސްޕިޓަލުގައި އައިސީޔޫގެ ޚިދުމަތް ދެމުން އައީ 3 އެނދުގެ އައިސީޔޫއެއްގައެވެ.

އައިސީސީޔޫގެ ޚިދުމަތް ފެށުމަށް، އައިސީސީޔޫއަށް ޚާއްސަ ޓީމެއް ވެސް ހޮސްޕިޓަލުގައި ވަނީ އެކުލަވާލާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފިޒީޝަން ޑރ. މުހައްމަދު ނަޒީފް ވިދާޅުވީ ކާނި ވިންގްގައި ހުޅުވި އައިސީސީޔޫ އަކީ މެޑިކަލް ސްޓޭންޑަޑްގެ އައިސީސީޔޫއެއް ކަމަށާއި އެއީ އެ ސަރަހައްދުގައި ފޯރުކޮށްދޭ ކްރިޓިކަލް ކެއާގެ ފެންވަރު އިތުރުވާނެ ކަމެއް ކަމަށެވެ. އަދި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަކީ ސަރުކާރުން އިސްކަންދޭ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ 3 ބުރީގެ އައު އިމާރާތާއެކު 36 އެނދުގެ ޖާގަ ވަނީ އިތުރުވެފައެވެ. އެތަނުގެ ތިރީ ފަންގިފިލާ ބޭނުންކުރަނީ، 15 އެނދުގެ ކުޑަކުދިންގެ ވޯޑެއްގެ ގޮތުގައެވެ. ދެވަނަ ފަންގިފިލާގައި 15 އެނދުގެ މެޑިކަލް ވޯޑެއް ހިމެނޭއިރު އަލަށް ހުޅުވި އައިސީސީޔޫ ހިމެނެނީ ތިންވަނަ ފަންގިފިލާފައެވެ.

އައިސީސީޔޫކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
21 ޑިސެމްބަރު 2023

ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25ށް

21 ޑިސެމްބަރު 2023
ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25ށް
17 ޑިސެމްބަރު 2022

ފައިސަލްގެ ހާލަތަށް ބަދަލެއް ނާދޭ، އަދިވެސް ވެންޓިލޭޓަރުގައި

17 ޑިސެމްބަރު 2022
ފައިސަލްގެ ހާލަތަށް ބަދަލެއް ނާދޭ، އަދިވެސް ވެންޓިލޭޓަރުގައި
22 ނޮވެމްބަރު 2021

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިފްތިތާޙް ކޮށްފި

22 ނޮވެމްބަރު 2021
ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިފްތިތާޙް ކޮށްފި
05 އޯގަސްޓު 2021

ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 60ށް އަރައިފި

05 އޯގަސްޓު 2021
ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 60ށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު