Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިބު ރައީސްގެ ތިލަދުންމަތީ ދަތުރުފުޅު

ނައިބު ރައީސް ނެއްލައިދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ނެއްލައިދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ މައްސަލަކަމަށް އެކައުންސިލުންވަނީ ނައިބު ރައީސަށް ދަންނަވާފައި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 20 ނޮވެމްބަރު 2021 | ހޮނިހިރު 11:41
ނައިބު ރައީސް ނެއްލައިދޫ ކައުންސިލާ ބައްދަލްކުރެއްވުން

ނައިބު ރައީސް ނެއްލައިދޫ ކައުންސިލާ ބައްދަލްކުރެއްވުން

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީލް ތިލަދުން މައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭން، ހދ. ނެއްލައިދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ނެއްލައިދޫ ސްކޫލްގައި ބޭއްވުނު މި ބައްދަލުވުމުގައި ކައުންސިލުން ވަނީ، ރަށަށް ދިމާވެފައިވާ ދަތިތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކަން ކަމަށް ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ އިގުތިސާދު ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައިވާ ކަމަށް ނެއްލައިދޫ ކައުންސިލުން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގެ ނެއްލައިދޫ ސިއްހީ މަރުކަޒުން ވަނީ، އެތަނުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ނައިބު ރައީސަށް ދަންނަވާފައެވެ. އަދި އެތަނުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް އިތުރު ވަސީލަތްތައް ބޭނުންވާ ކަމަށާއި، އެކަމަށް ސަރުކާރުން އެހީތެރިވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ނެއްލައިދޫ ކައުސިލުންނާއި ސިއްހީ މަރުކަޒުން ފާހަަގަކުރެއްވި ކަންކަމަށް އަލި އަޅުވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ސަރުކާރާ ރައްޔިތުންނާ އޮތް ގުޅުން ބަދަހިކުރުމުގެ އިތުރުން، ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް މަގު ފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ، މިސަރަހައްދުގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތި ކުރުމަށް ކުރާ މަސައްކަތަކީ، ތިލަދުންމަތީގެ ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހައެއްކަން ފާހަގަ ކުރައްވާފައެވެ.

އަދި މި ސަރަހައްދުގެ ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތަކީ މުޅިސަރަހަދުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަންތައްތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ، ތަރައްގީއާއި ރަށަށް ހެޔޮގޮތްތައް ހޯދުމުގެ ވިސްނުން އަބަދުވެސް އިސްކުރުމަށް މި ބައްދަލުކުރެއްވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ނެއްލައިދޫ ސްކޫލްގައި އަލަށް އިމާރާތް ކުރަމުންދާ 2 ކްލާސް ރޫމް ބައްލަވާލެއްވުމުގެ އިތުރުން، ނެއްލައިދޫ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ.

މި ފުރުސަތުގައި ނެއްލައިދޫ ކައުންސިލުން ވަނީ، ސަރުކާރުން ނެއްލައިދޫގެ ތަރައްގީއަށް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

ހދ.ނެއްްލައިދޫ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2023

ނެއްލައިދޫ ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފި

10 ޑިސެމްބަރު 2023
ނެއްލައިދޫ ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފި
12 ޖޫން 2022

ހައިސްޕީޑް ފެރީގެ ޚިދުމަތާއި އެކު ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިއްޖެ - ނެއްލައިދޫ ކައުންސިލް

12 ޖޫން 2022
ހައިސްޕީޑް ފެރީގެ ޚިދުމަތާއި އެކު ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިއްޖެ - ނެއްލައިދޫ ކައުންސިލް
08 މެއި 2022

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

08 މެއި 2022
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
08 ޖެނުއަރީ 2022

ހދ. ނެއްލައިދޫއިން ކޯވިޑް ކޭސްތަކެއް ފެނި، ރަށް މޮނިޓަރިންއަށް

08 ޖެނުއަރީ 2022
ހދ. ނެއްލައިދޫއިން ކޯވިޑް ކޭސްތަކެއް ފެނި، ރަށް މޮނިޓަރިންއަށް
04 ޖެނުއަރީ 2022

ނެއްލައިދޫގެ ބަނދަރާއެކު ދަތުރުފަތުރަށް ބޮޑު ފަސޭހައެއް

04 ޖެނުއަރީ 2022
ނެއްލައިދޫގެ ބަނދަރާއެކު ދަތުރުފަތުރަށް ބޮޑު ފަސޭހައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު