Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިކަން

ކޮވިޑްގެ ހާލަތުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދައިދިނީ މަސްވެރިން: ސަރުކާރު

ފާއިތުވި ދެ އަހަރު ރެކޯޑު އަދަދަކަށް މަސް ކިރާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2021 | ހޮނިހިރު 06:30
ހޯރަފުށީ މަސް ދޯންޏެއް

ހޯރަފުށީ މަސް ދޯންޏެއް

މިދިޔަ ދެ އަހަރު މިފްކޯއިން ރެކޯޑު އަދަދަކަށް މަސް ކިރައިފިއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން ދިވެހި ސަރުކާރުން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން 2019 އަދި 2020 ވަނަ އަހަރު މިފްކޯއިން ވަނީ ރެކޯޑު އަދަދަކަށް މަސް ކިރާފައެވެ. އެގޮތުން 2019 ވަނަ އަހަރު 48،495 ޓަނުގެ މަސް މިފްކޯއިން ކިރާފައިވެއެވެ. އަދި 2020 ވަނަ އަހަރު 49،392 ޓަނުގެ މަސް ކިރާފައެވެ. އޭގެ ކުރީ އަހަރުތަކުގައި 2017 ވަނަ އަހަރު މިފްކޯއަށް ކިރާފައިވަނީ 44،746 ޓަނުގެ މަހެވެ. އަދި 2018 ވަނަ އަހަރު 42،294 ޓަނުގެ މަސް މިފްކޯއަށް ކިރާފައިވެއެވެ.

Advertisement - newsAdvertisement

2019 ވަނަ އަހަރު އަދި 2020 ވަނަ އަހަރު ކޮވިޑް-19 ގެ އެންމެ ދަތި ހާލަތާ ކުރިމަތިލާންޖެހުނުއިރު ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދީފައިވަނީ މަސްވެރިކަމުގެ ސިނާއަތުން ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއިން މަސް އެކްސްޕޯޓުކޮށްފައިވާ މިންވަރަށް ބަލާއިރު، މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 43،014 ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މިކަމާއި ގުޅިގެން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މި ދުވަސްވަރަކީ މޫސުން ގޯސް، ކަނޑު ގަދަ ދުވަސްވަރަކަށް ވުމާއެކު މިއަހަރުގެ ނިމުމުގެ ކުރިން އެކްސްޕޯޓުކުރެވޭނެ މިންވަރު އަންދާޒާކުރަން ދަތި ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ސަރުކާރުން ގެންދަނީ މިފްކޯ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ކުރިއެރުންތަކާއެކު މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މީގެ ކުރިން ވިދާޅުވެފައިވެއެވެ. މިގޮތުން މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި މަހަށް ހަމަ އަގު ހޯދައިދިނުމަށް މަސް ގަންނަ އަމިއްލަ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި މި ކަންކަމުގެ ސަބަބުން ހަމަ އަގުގައި މަސް ވިއްކި މަސްވެރިންނަށް ކުރާ ފައިދާ އިތުރުވެގެންދާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިފްކޯއަށް ގެންނަ ތަރައްގީއާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ޝަމީމް ވިދާޅުވީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 100 ޓަނުގެ ކަނޑުމަސް 8 ގަޑިއިރުގެ ޝިފްޓުގައި ގަނޑުކުރެވޭ އައު ކޮމްޕްލެކްސްއެއް ޤާއިމް ކުރުމާއި، ލޮނުފެން ގަނޑުކޮށް 80 ޓަނުގެ ކަނޑުމަސް ބެހެއްޓޭނެ ހޯލްޑިން ޓޭންކް ޤާއިމް ކުރުމާއި، 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި އައު ޕަވަރހައުސްއެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި, މަސްދަޅު އުފައްދާ އިތުރު ފެކްޓަރީއަކާއި، ދުވާލެއްގެ މައްޗަށް 100 ޓަނުގެ ކަނޑުމަސް ޕްރޮސެސްކޮށް, ދަޅުމަހާއި ކައްކާ ގަނޑުކުރެވިފައިވާ މަސްބުރި އަދި ޕައުޗް ފަދަ އެތައް ޕްރޮޑަކްޓް އުފެއްދޭ ފެސިލިޓީއެއްގެ އިތުރުން، ދުވާލެއްގެ މައްޗަށް 40 ޓަނުގެ 'ފިޝްމީލް' އުފެއްދޭ ޕްލާންޓްއަކާއި، ދުވާލެއްގެ މައްޗަށް 50 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއްގެ އިތުރުން 100 ޓަނުގެ އައިސް ސްޓޯރޭޖް ކެޕޭސިޓީއެއް ޤާއިމް ކުރެވޭނެއެވެ.

ގެމަނަފުށީގައި ދުވާލެއްގެމައްޗަށް 50 ޓަނުގެ އައިސް އުފައްދާ ޕްލާންޓެއް ޤާއިމްކުރުމުގެ އިތުރުން 8-10 ޝިޕިން ކޮންޓެއިނަރު ޓްރާންސްޕޯޓް ކުރެވޭ ލޭންޑިން ކްރާފްޓެއް ވެސް ޤާއިމް ކުރެވޭނެއެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ މަސްވެރިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިފްކޯގެ އަމިއްލަ ކެރިއަރެއް ޚިދުމަތަށް ނެރުމާ ގުޅޭގޮތުން މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވަނީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވާފައެވެ. މިފްކޯގެ އަމިއްލަ ކެރިއަރެއް އޮތްނަމަ މަސް އުފުލުމަށް ވެސް ލުއިތަކެއް ލިބިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. މިހާރު ހުރި ދަތިތަކާއެކުވެސް މި މަސައްކަތަކީ ފަސޭހައިން ކުރެވޭނެ މަސައްކަތަކަށް ހެދުމަކީ އުންމީދެއް ކަމަށް ފައުޒީ ވިދާޅުވިއެވެ. މީގެ ސަބަބުން އެއްތަނުން އަނެއް ތަނަށް މަސް އުފުލުމަށް ފަސޭހަވެ، ބޭރު ގައުމުތަކަށް މަސް އެކްސްޕޯޓުކުރަން ވެސް ފަސޭހަވާނެ ކަމަށް ފައުޒީ ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން އިތުރު ބޯޓެއް ގަނެފައިވާކަން ފާހަގަކުރައްވައި ފައުޒީ ވިދާޅުވީ އެ ބޯޓަކީ ބްރައިން ފްރީޒަރ ވެސެލްއެއް ކަމަށެވެ. މި ބޯޓުގައި 370 ޓަނު ނުވަތަ 400 ޓަނުގެ މަސް ގަނޑުކުރެވޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މިވަގުތު ފެލިވަރު ބަނދަރުގައި ބްރައިން ފްރީޒިން ބޯޓެއް އޮތް ނަމަވެސް އޭގައި ބޭނުންވާ ވަރަށް ޖާގަ ނެތި، އޭގެ ހާލަތުވެސް ވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. 

މި ތަރައްގީތައް ގެނެވުމާއެކު މި ސިނާއަތް އިތުރަށް ތަރައްގީވެ، މަސްވެރިން ބާނާ މަހަށް ހަމައަގު ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ދިވެހި ސަރުކާރުމިފްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު