Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުދިއްލީގެ ވައި ނުސާފުވުން

ނިއުދިއްލީގެ ވައި ނުސާފުވެ ސުކޫލުތަކާއި ކޮލެޖުތައް ބަންދު

17 ނޮވެމްބަރު 2021 | ބުދަ 10:51

އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތްކުރުމަށް ވަނީ އަންގާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ނޮވެމްބަރު 2021 | ބުދަ 10:51
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ވައި ނުސާފުވުން

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ވައި ނުސާފުވުން

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ނިއުދިއްލީގެ ސުކޫލުތަކާއި ކޮލެޖުތައް ބަންދު ކޮށްފިއެވެ.

ނިއުދިއްލީގެ ވައި ނުސާފުވުމުގެ ސަބަބުން އޮފިޝަލުން އަންނަނީ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ނިއުދިއްލީގެ ވައި ނުސާފުވެފައިވާއިރު، ސްކޫލްތައް ބަންދުކޮށް ކޮންސްޓްރަކްޝަން މަސައްކަތްތައް ހަތަރު ދުވަހަށް މެދުކަނޑާލުމަށް ސަރުކާރުން ވަނީ ހޮނިހިރު ދުވަހު އަންގާފައެވެ. އެއާއެކު މިހާރު ވަނީ ސުކޫލުތަކާއި ކޮލެޖުތައް ބަންދު ކޮށްފައެވެ.

ނިއުދިއްލީގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ނިއުދިއްލީއާއި، ކައިރި ސިޓީތަކުގެ އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތްކުރުމަށް އިންޑިޔާގެ ސްޕްރީމް ކޯޓުންވެސް ވަނީ އަމުރުކޮށްފައެވެ.

ނިއުދިއްލީގެ ރައްޔިތުން ސްޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން ފަހުބަސް އިއްވަވަމުން، ތިން ޖަޖުން ހިމެނޭ ޕެނަލްގެ ފަރާތުން ޗީފް ޖަސްޓިސް އެންވީ ރާމަންނާ ވިދާޅުވީ، އިންޑިޔާގެ މައި ސިޓީ ހިމެނޭ ސަރަހައްދުގައި މިވަގުތުން ފެށިގެން ގޭގައި ތިބެގެން މަސައްކަތްކުރުމަށް އަންގާކަމަށެވެ. މީގެއިތުރުން ނިއުދިއްލީއާއި، ކައިރި ހިސާބުތަކުގެ ސްޓޭޓްތައް ކަމުގައިވާ ހަރްޔާނާ، ޕަންޖާބު އަދި އުއްތަރް ޕްރަދޭޝްގެ އެތައް ސަތޭކަ ދަނޑުވެރިންނެއް އެމީހުންގެ ދަނޑުތަކުގައި ރޯކޮށްލާފައިވާ އަލިފާންގަނޑުތައް ވީއެންމެ އަވަހަށް ކޮންޓްރޯލްކުރުމަަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނިއުދިއްލީގައި ވައިގެ ކޮލިޓީ ހުރީ 500 އަކުން 343 ގައެވެ. މާހިރުން ބުނާގޮތުގައި މިއީ ވައިގެ ކޮލިޓީގެ ވަރަށް ދަށް މިންވަރެއްކަމަށާއި، މިހާލަތުގައި ބޭރަށް ނިކުމެ ގިނަ ވަގުތު އުޅޭނަމަ ނޭވާލުމުގެ ނިޒާމަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

ނިއުދިއްލީއަކީ މުޅި ދުނިޔޭގައިވެސް ވައި އެންމެ ނުސާފު، ވެރިކަން ކުރާ ސިޓީއެވެ. ބޯޓުދެލި އަންދާ ކާރުޚާނާތަކާއި ހާމަތަންތަނުގައި ކުނި އެންދުމުގެ ސަބަބުން ނިއުދިއްލީގެ ވައި އާންމުކޮށްވެސް ހުންނަނީ ނުސާފުވެފައެވެ.

އިންޑިއާ

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް