Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭސް ވިއްކާ އަގު

ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުގެ މަސައްކަތް ފަށައިފި

4 ނޮވެމްބަރު 2021 | ބުރާސްފަތި 13:55

ބޭސް އެންމެ މަތިން ވިއްކޭނެ އަގު ކަނޑައަޅައި ތަންފީޒުކުރުމަށް ނިންމާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ނޮވެމްބަރު 2021 | ބުރާސްފަތި 13:55
ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި އާސަންދަ ސްކީމް ހަރުދަނާކުރުމަށް ބަޖެޓް ކުރެވިފައިވޭ

ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި އާސަންދަ ސްކީމް ހަރުދަނާކުރުމަށް ބަޖެޓް ކުރެވިފައިވޭ

ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއާއި ގުޅިގެން ފަށާފައިވާ ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ބަޖެޓް 2022 ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަރިޔަމް ޝަފީގު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ހަދަމުން ގެންދިޔަ އިރު އޭގައި ވަރަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ސްކީމްގެ ތެރެއިން ތަކުރާރުކޮށް ކުރެވޭ ޚަރަދުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ބަލާފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

މަރިޔަމް ޝަފީގު ވިދާޅުވީ އާސަންދަ ސްކީމް ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް ބަލާފައިވާ ކަމަށާއި، އޭގެ ތެރެއިން ނިސްބަތުން ބަލާއިރު ބޮޑުބައެއް ބޭހަށް ޚަރަދު ކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެ ބައި ހަމައަގެއްގައި ވިއްކޭނެ ގޮތަކަށް މަސައްކަތްތަކެއް ކުރަމުން ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް ކަނޑައެޅުމަށްޓަކައި ހެލްތް މިނިސްޓްރީއާއި، އެންސްޕާއާއި ގުޅިގެން މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި، އެކަމުގައި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ސިސްޓަމް ތެރެއިން ރިޕީޓެޑް ކޯޑުގައި ހުންނަ ޚިދުމަތް ފަދަ ބައެއް ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަރިޔަމް ވިދާޅުވިއެވެ. އަދި ޚިދުމަތްދޭ ހުރިހާ ފަރާތްތައް އެއް ޕްލެޓްފޯމަކަށް ވެއްދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، އެ ޕްލެޓްފޯމްގެ ތެރެއިން އެކަކު ދެތިން ތަނަކުން ޚިދުމަތް ނަގައި ބޭނުންވާވަރަށް ވުރެ ވެސް އިތުރަށް ޚިދުމަތް ނަގާފައި ހުންނަނަމަ އެނގިގެންދާނެ ކަމަށެވެ. އަދި އެ ކަންތައްތައް ހަމަ މަގަށް އެޅުވޭނެ ގޮތަށް ސިސްޓަމް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަރިޔަމް ޝަފީގް ވިދާޅުވިއެވެ.

ބަޖެޓްގައިވާ ގޮތުން އާސަންދަ ސިއްހީ އިންޝުއަރެންސް ސްކީމަށް ކުރާ ހޭދަ ކުޑަކުރުމަށް އަޅަން ރާވައިފައިވާ މުހިއްމު ފިޔަވަޅުތަކެއް 2022 ގައި ތަންފީޒު ކުރެވިގެންދާނެކަމަށް ބެލެވެއެވެ. އާސަންދައިގެ ނިޒާމުގެ އެންމެ ބޮޑު ޚަރަދެއް ކުރެވޭ ދާއިރާއަކީ ބޭހަށްވެފައި، 2022 ވަނަ އަހަރުގެ ތެރޭގައި ބޭހަށް މެކްސިމަމް ރީޓެއިލް ޕްރައިސް ނުވަތަ އެންމެ މަތިން ވިއްކޭ އަގު ކަނޑައަޅައި ތަންފީޒު ކުރުމަށް ނިންމާފައިވުމާއެކު އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި ބޭސް އެތެރެކުރާ ފަރާތްތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދެމުންދިޔަ އެކްސްލޫސިވިޓީ ހުއްޓާލުމަށްވެސް ރޭވިފައިވެއެވެ. މީގެއިތުރުން އާސަންދައިގެ ނިޒާމުގެ ތެރޭގައާއި ޖުމްލަކޮށް ސިއްހީ ނިޒާމުގެ ތެރޭގައި ހުރި އެހެނިހެން އިންއެފިޝަންސީތަކަށް ހައްލު ހޯދައި ޚަރަދު ބޭކާރުވެގެން ދިއުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް 2022ވަނަ އަހަރު މަސައްކަތްތަކެއް ކުރަމުންދާނެއެވެ.

އާސަންދަބަޖެޓް 2022

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
16 އެޕްރީލު 2025

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި
26 ޖެނުއަރީ 2025

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން
13 ޑިސެމްބަރު 2024

ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

13 ޑިސެމްބަރު 2024
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ
18 ނޮވެމްބަރު 2024

އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

18 ނޮވެމްބަރު 2024
އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު
03 ނޮވެމްބަރު 2024

އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފި

03 ނޮވެމްބަރު 2024
އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފި
03 ނޮވެމްބަރު 2024

ރައްޔިތުން ރުޅިގަދަވުމުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް ވެސް އާސަންދައިން ލިބޭގޮތަށް ހަދައިފި

03 ނޮވެމްބަރު 2024
ރައްޔިތުން ރުޅިގަދަވުމުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް ވެސް އާސަންދައިން ލިބޭގޮތަށް ހަދައިފި
31 އޮކްޓޯބަރު 2024

ޕްރައިވެޓް އިންޝިއުރަންސް އޮންނަ ފަރާތްތަކަށް އާސަންދަ ލިބޭނީ އެ އިންޝިއުރެންސްގެ ލިމިޓް ހަމަވުމުން

31 އޮކްޓޯބަރު 2024
ޕްރައިވެޓް އިންޝިއުރަންސް އޮންނަ ފަރާތްތަކަށް އާސަންދަ ލިބޭނީ އެ އިންޝިއުރެންސްގެ ލިމިޓް ހަމަވުމުން
31 އޮކްޓޯބަރު 2024

ޕްރައިވެޓް އިންޝުއަރެންސުން ކެނޑުމަށްފަހުން އާސަންދަ ދޭ ގޮތައް ހަމަ ޖައްސައިފި

31 އޮކްޓޯބަރު 2024
ޕްރައިވެޓް އިންޝުއަރެންސުން ކެނޑުމަށްފަހުން އާސަންދަ ދޭ ގޮތައް ހަމަ ޖައްސައިފި
11 އޮކްޓޯބަރު 2024

އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވޭ: އޭސީސީ

11 އޮކްޓޯބަރު 2024
އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް