Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުވައްމުލަކު

ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައްވެސް ރައީސް ހަނިކުރައްވައިފި

ކައުންސިލްތަކުގެ ބާރުތަކަށް ރައީސުލްޖުމްހޫރިއްޔާ އަށް ބަދަލު ގެނެވޭ ގޮތަށް ގާނޫނު ވަނީ ބަދަލުކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 25 މެއި 2017 | ބުރާސްފަތި 19:22
ފުވައްމުލަށް: ބާރުތައް ވަނީ ހަނިކުރެވިފައި

ފުވައްމުލަށް: ބާރުތައް ވަނީ ހަނިކުރެވިފައި

ފުވައްމުލަކު ސިޓީ ކައުންސިލަށް ވެސް ލިބިގެން ވަނީ އެހެން ސިޓީ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބާރުތައް ކަމަށް ކަނޑައަޅައި ފުވައްމުލަކު ސިޓީގެ ބާރުތައްވެސް ހަނިކުރައްވަން ރައީސް އަބްދުﷲ ޔާމީން ބުރާސްފަތި ދުވަހު ނިންމަވައިފި އެވެ.

މާލެ އާއި އައްޑޫ ސިޓީ ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލިބިދީފައިވާ ބާރުތައް ހަނިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށެވެ. ކައުންސިލްތަކުގެ ބާރުތައް ކަނޑައެޅުމުގެ އިހްތިޔާރު ގާނޫނުން މިހާރު ދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

Advertisement - newsAdvertisement

އަލަށް އުފެދުނު ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައް ހަނިކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގަ އެވެ.

ރައީސް އޮފީހުން ބުނީ ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބިގެންވާ ބާރުތަކާއި އެ ކައުންސިލުން ފޯރުކޮށްދޭނޭ ޚިދުމަތްތަކަކީ،މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަށްވެސް ލިބިދީފައިވާ ބާރުތަކާއި ފޯރުކޮށްދޭ ޚިދުމަތްތައް ކަމުގައި، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ބުރާސްފަތި ދުވަހު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިހެން ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ ޤާނޫނުގެ 41 ވަނަ މާއްދާއާއި އެ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލްގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކުގެ ތެރެއިން، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮންމެ ސިޓީ ކައުންސިލަކަށް ލިބިދެވޭނޭ ބާރުތަކާއި އެ ސިޓީ ކައުންސިލަކުން ފޯރުކޮށްދޭނޭ ޚިދުމަތްތައް، ވަޒީރުންގެ މަޖިލިހުގެ މަޝްވަރާގެ މަތިން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މިއީ ދާދިފަހުން ކައުންސިލްތަކުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ނެންގެވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ގެންނެވި ބަދަލެކެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާގައި، ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބިދެވޭނޭ ބާރުތަކާއި، އެ ސިޓީ ކައުންސިލުން ފޯރުކޮށްދެވޭނޭ ޚިދުމަތްތަކާމެދު މަޝްވަރާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން ސިޓީއެއްކަމަށް މިހާރުވެސް ކަނޑައަޅުއްވާފައިވާ ސަރަޙައްދުތަކުގެ ސިޓީ ކައުންސިލްތަކަށް ލިބިދޭ ބާރުތައް، ފުވައްމުލަކު ސިޓީ ކައުންސިލަށްވެސް ލިބިދިނުމަށާއި، އެ ސިޓީ ކައުންސިލްތަކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ފުވައްމުލަކު ސިޓީ ކައުންސިލުންވެސް ފޯރުކޮށްދެމުން ގެންދާގޮތަށް ހަމަޖެއްސެވުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ، ދިވެހިރާއްޖޭގައި މިހާރު އޮތް ތިން ސިޓީގެ ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއި، އެ ސިޓީ ކައުންސިލްތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންގެންދާ ޚިދުމަތްތައް އެއްގޮތްކުރެއްވުމަށް ކަމަށެވެ. ހަމައެއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި، އެ ޚިދުމަތްތައް އެ ފެންވަރުގައި ފޯރުކޮށްދެމުން ގެންދިޔުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްވެސް ބުރޫއެއް ނާރާ ފަދައަކުން ހަމަޖެއްސެވުމަށެވެ. ސިޓީ ކައުންސިލްތަކުންނާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންގެންދާ ހިދުމަތްތައް ވަކިން ކަނޑައެޅިގެން ދިޔަ ނަމަވެސް، އެއިން އެއްވެސް ޚިދުމަތަކަށް ބުރޫއެރުމެއްނެތި، އެ ޚިދުމަތްތައް ރައްޔިތުންނަށް ލިބެމުންދާނެކަން ސަރުކާރުން ކަށަވަރުކުރައްވާނެ ކަމަށެވެ.

ފުވައްމުލަކު ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއްވެސް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު