Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެބާރުގެ ވެރިންގެ ވަގުތީ ގެކޮޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަފަނޑިޔާރުގެ ވަގުތީ ގެކޮޅު މި މަހު ނިމޭނެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސާފައިވާ ރެހެންދި އެޕާރޓްމެންޓްގެ މަސައްކަތް ނިމޭނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2021 | ބުދަ 07:48
މ. މުރައިދޫ / ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރުއުޅުއްވުމަށް ހަމަޖައްސާފައިވާ ވަގުތީ ގެކޮޅު

މ. މުރައިދޫ / ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރުއުޅުއްވުމަށް ހަމަޖައްސާފައިވާ ވަގުތީ ގެކޮޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަފަނޑިޔާރުގެ ވަގުތީ ގެކޮޅު މި މަހު ނިމޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ރާއްޖެއެމްވީއަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން ހަމަޖައްސަވާފައިވާ ވަގުތީ ގެކޮޅު، މ. މުރައިދޫ ގޭގެ މަރާމާތު ކުރުމުގެ މަސައްކަތް މި ހިނގާ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހަށް ނިމޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނިން ބުނެފައިވާ ކަމަށެވެ. މުރައިދޫގެ މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ސިފައިންގެ ކުންފުނި "ސިވެކް"އިންނެވެ.

Advertisement - newsAdvertisement

ކުރިން އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައި އޮތީ، އޮކްޓޫބަރު މަހުގެ ފަހުކޮޅަށެވެ. އެހެންނަމަވެސް ބައެއް ބަދަލުތައް ގެނެސް އިތުރު މަސައްކަތް ކުރަން ޖެހުމުން އެ ތާރީޚަށް ނިންމާ ނުލެވުނީ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށްފަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ އޮކްޓޫބަރ މަހުގެ 11 ވަނަ ދުވަހުއެވެ. މުރައިދޫ ގޭގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާތީ، އެމަނިކުފާނު މިހާރު ހުންނަވަނީ ހޮޓެލް ޖެންގައެވެ.

އަކްރަމް ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސާފައިވާ ރެހެންދި އެޕާރޓްމެންޓްގެ މަސައްކަތް މި ހިނގާ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށެވެ.

ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. މިހާތަނަށް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅުގައެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތްކުރުމަށް ނިންމައި، އެ މަސައްކަތް ވެސް ޕްލޭނިންގ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

މުރައިދޫގެ އެންމެ ފަހުން ބޭނުން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ ދޮށީ ދެބޭފުޅުން ދިރިއުޅުއްވުމަށެވެ. ރެހެންދި ފްލެޓުން އުއްތަމަ ފަނޑިޔާރަށް ހަމަޖައްސާ އެޕާޓްމަންޓަކީ ޔާމީންގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ރަސްމީ ގެކޮޅުގެ ގޮތުގައި ބޭނުންކުރެއްވި ފްލެޓެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު