Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޝަހީދު ހުސައިން އާދަމް

ޝަހީދު ހުސައިން އާދަމް: މުޅި ރާއްޖެ ފަޚުރުވެރިވާ ބަޠަލް

މިއަދު ފާހަގަ ކުރަމުން މިދަނީ 33 ވަނަ ނަސްރުގެ ދުވަސް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2021 | ބުދަ 03:18
ސަހީދު ހުސައިން އާދަމް

ސަހީދު ހުސައިން އާދަމް

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަދުވަސް ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ތާރީޚް ނުދެކޭފަދަ ބިރުވެރި ކަންތައްތަކަކާ ދިވެހިން ކުރިމަތިލާންޖެހުނު ދުވަހަކަށެވެ. ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގައި އުޅުނު ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. ދިވެހިން ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، ދިވެހިރައްޔިތުންގެ މިނިވަންކަމާ ދެކޮޅަށް ބަޔަކު ދިން ނުރައްކާތެރި ބިރުވެރި މިޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުންނަށް ނަޞްރު ލިބުން ފާހަގަކުރުމަށްޓަކައެވެ.

ދިވެހި މި ލޮބުވެތި ފަސްގަނޑަށް ދިމާވި ދަތި އުނދަގޫ ކޮންމެ ވަގުތެއްގައި ތިލަދުންމަތީގެ ދަރީން ވަނީ ޤައުމަށްޓަކައި ޤުރުބާންވެ ވަޑައިގެން ޤައުމު ދިފާޢުކުރައްވާފައެވެ. ތިލަދުންމައްޗަކީ މުޅިޤަމުގެ ފަޚުރެއްކަން ޔަޤީނެވެ. ތިލަދުންމަތީ މީހުންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ޒަމާނުއްސުރެ ރިވެތި އަޚުލާޤެއްގެ ވެރިބައެކެވެ. ސުލްހަމަސަލަސްކަމަށް ލޯބިކުރާ ބަޔެކެވެ. ޤައުމިއްޔަތުގެ ރޫޙު ހިތްތަކުގައި ބިންވަޅު ނެގިފައިވާ ބަޔެކެވެ. އެންމެ ފުރަތަމަ ޤައުމުކަމަށް ޢަމަލާއި ބަހުން މިސާލުދައްކުވައިދިން ރައްޔިތެކެވެ. ތިލަދުންމަތީ ރައްޔިތުންނަކީ މަޑުމޮޅި ކަމާއި، ސާދާކަމުގެ ލާމަސީލު ބަޔެކެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު ޤައުމަށް މިދިމާވި ނުރައްކާތެރި ދަނޑިވަޅުގައި، ދުޝްމަނުންގެ ހަމަލާ ނާކާމިޔާބުކޮށްލައި ފުރާނައިން ޤުރުބާންވެ ވަޑައިގެންނެވި ޝަޙީދު ޙުސައިން އާދަމަކީ މުޅި ޤައުމު ފަޚުރުވެރިވާ ތިލަދުންމަތީގެ ދަރިއެކެވެ. ހދ. ކުޅުދުއްފުއްޓަށް އުފަން، ހުސައިން އާދަމް އެދުވަހު ވެވަޑައިގެން ޤުރުބާނީގެ ސަބަބުން ދުޝްމަނުންނަށް ރާއްޖޭގެ ސިފައިންގެ ހިފުމަށް ރާވާފައިވާ ރޭވުން ނާކާމިޔާބު ކޮށްލެއްވިއެވެ. އެދުވަހު ދުޝްމަނުން ރާވާފައިއޮތީ ސިފައިންގެ ހިފުމަށްފަހު، ދިވެހި ޤައުމު އެމީހުންގެ އަތްދަށަށް ގެނައުމަށެވެ. ނަމަވެސް އަތުގައި އޮތް 60 ވަޒަން ހުސްވެ ޝަޙީދުވަންދެން ހުސައިން އާދަމް ދުޝްމަނުންނާ ހަމަލާ ބަދަލު ކުރެއްވުމުގެ ނަތީޖާއަކަށްވީ، ދުޝްމަނުންގެ ރޭވުން ނާކާމިޔާބުވެ، ސިފައިންގެ ހިފުމުގެ ފުރުޞަތު ގެއްލިގެން ދިޔުމެވެ.

1968 ވަނަ އަހަރު ބޮޑުތިލަދުންމަތީގެ ކުޅުދުއްފުއްޓަށް އުފަންވެ ވަޑައިގަތް ޝަހީދު ޙުސައިން އާދަމްގެ ނުހަނު ޅައުމުރުގައި ވަޠަންގެ ދިފާއުގައި އައްޑަނައަކަށްވެ ވަޑައިގެން ފުރާނައިންވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަކީ ދުލަކުން ނުވަތަ ގަލަމަކުން ބަޔާން ކުރެވޭނެ ޤުރުބާނީ އެއްނޫނެވެ. ދިވެހިން ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮވެމްބަރ 3 ވަނަ ދުވަހަކީ، އެމަތިވެރި ޝަހީދާއެކު، މިޤައުމަށްޓަކައި ފުރާނަ ޤުރުބާންކުރެއްވި އެހެން ޝަހީދުންގެ ޒިކުރާ އައުކުރެވޭ ދުވަހެވެ.

3 ނޮވެމްބަރ 1988 ދުވަހުރޭ ފަތިހު ބަނޑޭރިގޭގެ ބޭރު ދޮރާށީގައި ހުޅަނގު ފަޅީގެ ޑިއުޓީއަށް ހުންނަވައި، ޤައުމަށްޓަކައި، އުމުރުން 20 އަހަރުގައި ޝަހީދު ޙުސައިން އާދަމް ވެވަޑައިގަތް ޤުރުބާނީއަކީ އަދުގެ ޖީލު ފިލާވަޅު ލިބިގަންނަން ޖެހޭ ޤުރުބާނީއެކެވެ. މުޅި ތިލަދުންމައްޗާއި، ޤައުމު ފަޚުރުވެރިވާ ޤުރުބާނީއެކެވެ. މިއަދު އަޅުގަނޑުމެން 33 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރާއިރު، ދުޢާއަކީ ތިލަދުންމައްޗާއި މުޅި ޤައުމު ފަޚުރުވެރި ކުރުވި އެ ބަޠަލަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމެވެ. ހަމަ މިނޭވާގައި އެދުވަހު ޤައުމަށްޓަކައި ޝަހީދުވި އެންމެހާ ބަޠަލުންގެ ޒިކުރާއައުކޮށް، މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި އެބަޠަލުން ލެހެއްޓެވުންއެދި ދުޢާ ކުރަމެވެ. އާމީން!

ކުޅުދުއްފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި

ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި

04 ނޮވެމްބަރު 2025
ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް

ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް

01 ނޮވެމްބަރު 2025
ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކުޅުދުއްފުއްޓާއި ދާންދޫގައި ހަރަކާތްތަކެއް ބާއްވައިފި

ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކުޅުދުއްފުއްޓާއި ދާންދޫގައި ހަރަކާތްތަކެއް ބާއްވައިފި

11 އޮކްޓޯބަރު 2025
މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ޓީމުތައް ކުޅުދުއްފުއްޓާއި ދާންދޫގައި

މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ޓީމުތައް ކުޅުދުއްފުއްޓާއި ދާންދޫގައި

09 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު