Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮޕް26 ސަމިޓް

ކޮޕް26ގެ ހަވާސާގައި ބޭއްވި "ރީޑިސްކަވަރިންގ ނައިޓްރޮޖަން" އިވެންޓުގައި ރައީސް ބައިވެރިވެވަޑައިގެންފި

1 ނޮވެމްބަރު 2021 | ހޯމަ 00:17

ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވަކާލާތުކޮށް، ޢަމަލީ ގޮތުން މަސައްކަތް ކުރާ ޤައުމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ނޮވެމްބަރު 2021 | ހޯމަ 00:17
ކޮޕް26ގެ ހަވާސާގައި ބޭއްވި "ރީޑިސްކަވަރިންގ ނައިޓްރޮޖަން" އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ

ކޮޕް26ގެ ހަވާސާގައި ބޭއްވި "ރީޑިސްކަވަރިންގ ނައިޓްރޮޖަން" އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ

ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް26)ގެ ހަވާސާގައި ބޭއްވި "ރީޑިސްކަވަރިންގ ނައިޓްރޯޖަން: ސޮލިއުޝަންސް އެންޑް ސިނަރޖީސް ފޮރ ކްލައިމެޓް ޗޭންޖް، ހެލްތް، ބަޔޯޑައިވަރސިޓީ އެންޑް ސަރކިއުލަރ އިކޮނޮމީ" އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

މި އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް އިބްރާހީމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސް މަންދޫބުންނާއި ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އިރު، އޭގެ ތެރޭގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލަންޑް ހިމެނިވަޑައިގެންނެވިއެވެ.

މި އިވެންޓުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވާހަކަފުޅު ދައްކަވަމުން ވަނީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވަކާލާތުކޮށް، ޢަމަލީ ގޮތުން މަސައްކަތް ކުރާ ޤައުމެއްކަމާއި އަދި ރާއްޖެއަކީ ނަތީޖާއާ ހަމައަށް ވާޞިލުވާ ޤައުމެއްކަން ފާހަގަކުރައްވައި ރާއްޖެއަށް ތަޢުރީފު ކުރައްވާފައެވެ.

ސްރީލަންކާ ސަރުކާރާއި އިންޓަރނޭޝަނަލް ނައިޓްރޯޖަން މެނޭޖްމަންޓް ސިސްޓަމް (އައި.އެން.އެމް.އެސް) ގުޅިގެން "ރީޑިސްކަވަރިންގ ނައިޓްރޯޖަން" ގެ ނަމުގައި ކޮޕް26ގެ ހަވާސާގައި ބޭއްވި މި އިވެންޓަކީ "ނައިޓްރޯޖަން ފޯރ ނެޓްޒީރޯ" ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އިވެންޓެކެވެ.

މި ތީމުން، ސައިންޓިފިކް ގޮތުން ސްކޮޓްލެންޑުގައި ނައިޓްރޯޖަން ހޯދިތާ 250 އަހަރު ފުރޭ މުނާޞަބާ ރަމްޒުކޮށްދިނުމުގެ އިތުރުން މިއީ މޫސުމާއި ތިމާވެށީގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ނައިޓްރޯޖަން އަލުން ހޯދުމަށް ނުވަތަ "ރީޑިސްކަވަރ ނައިޓްރޮޖަން" އަށް މަސައްކަތްކުރުމަށް މުހިންމު ދަނޑިވަޅެއްކަން ވެސް ރަމްޒުކޮށްދެއެވެ. ނައިޓްރޯޖަން ފޯރ ނެޓްޒީރޯ ހަރަކާތަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، އެޑަޕްޓޭޝަނަށް މަސައްކަތްކުރުމުގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ނައިޓްރޯޖަން މެނޭޖްކުރުމުގެ ބޭނުންތެރިކަން އަންގައިދިނުމަށް ކުރިޔަށްގެންދާ، އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ބައިވެރިވުން އިތުރުވަމުން އަންނަ ހަރަކާތެކެވެ.

މި ހަރަކާތުގެ މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރާއިރު، މޫސުމަށް އަންނަ ބަދަލުތަކުގައި ނައިޓްރޯޖަން އަދާކުރާ ދައުރާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކޮޕް-26ގެ ބައްދަލުވުމުގައި ނައިޓްރޯޖަން މެނޭޖްކުރުމަށް ހުރިހާ ޤައުމަކުން އެއްބަސްވެވޭ އަމާޒަކަށް މަސައްކަތްކުރުމަށް މަގުފަހިކުރުން ހިމެނެއެވެ.

ރީޑިސްކަވަރިންގ ނައިޓްރޮޖަންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކޮޕް26

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް