Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮޕް26 ހުޅުވުމުގެ ރަސްމިއްޔާތު

ކޮޕް26: ބަހަނާތައް ހުސްވެއްޖެ، މިއީ ކަންކަން ރަނގަޅުކުރަންވީ ވަގުތު: ޝާހިދު

1 ނޮވެމްބަރު 2021 | ހޯމަ 02:34

ހައްލުކުރުމުގެ ގާބިލުކަމާއި ވަސީލަތްތައް ވެސް އެބަހުރިކަމަށާއި، ނަމަވެސް މިކަން ހައްލުކުރުމަށް އެއްވެސް ކަމެއް ނުކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ނޮވެމްބަރު 2021 | ހޯމަ 02:34
 ކޮޕް26 ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހިދު ވާހަކަދައްކަވަނީ

ކޮޕް26 ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހިދު ވާހަކަދައްކަވަނީ

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ދައްކަމުންދާ ބަހަނާތައް މިހާރު ހުސްވެއްޖެކަމަށާއި މިއީ ކަންކަން ރަނގަޅުކުރުމަށް އަމަލީ ގޮތުން ކަންކަން ކުރަންވީ ވަގުތުކަމުގައި އދ ގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިހާރު ގްލާސްގޯ ގައި ކުރިޔަށްދާ ކޮޕް26 ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އިންސާނުންނަށް މިހާރު ކުރިމަތިވެފައިމިވަނީ އިންސާނުންގެ ދިރިހުރުމާމެދު އުފެދިފައިވާ ކާރިސާއަކަށްކަމަށެވެ. މިކަން ހައްލުކުރުމުގެ ގާބިލުކަމާއި ވަސީލަތްތައް ވެސް އެބަހުރިކަމަށާއި ނަމަވެސް މިކަން ހައްލުކުރުމަށް އެއްވެސް ކަމެއް ނުކުރާކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ މިކަމުގައި އެންމެން ވެސް އެމީހެއްގެ އަމިއްލަ ނަފުސަށާއި އެކަކު އަނެކަކަށް އަދި މުޅި ދުނިޔެއަށް ވެސް ތެދުވެރިވާންޖެހޭކަމަށެވެ. މޫސުމީ ބަދަލުތަކުގެ ބަހުސުގައި އެތައް އަހަރެއް ހޭދަކޮށްފިކަމަށާއި ހަކަތަ އުފެއްދުމުގައި އިޔާދަކުރަނިވި ހަކަތައަށް ދިޔުމުގެ ވާހަކަދައްކާތާ އެތައް ދުވަހެއްވެއްޖެކަމަށެވެ. ނަމަވެސް މިކަން ހާސިލުކުރުމުގެ އަޒުމާއި އެ ހިތްވަރު ހޯދުމުގައި ފެއިލްވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. މިއީ ގަބޫލުކުރަން އުނދަގޫ ހަގީގަތަކަށްވިޔަސް ހަގީގަތްކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެހެން އެއްވެސް ވާހަކައަކަށްވުރެ ބޮޑަށް މޫސުމީ ބަދަލުތަކުގެ ވާހަކަ އަޑުއިވިވަޑައިގަނެފައިވާކަމަށެވެ. ދުނިޔޭގެ ލީޑަރުންނާއި، ޒުވާނުންނާއި، ސިވިލް ސޮސައިޓީ އާއި އަންހެނުންގެ ފަރާތުން ވެސް އެވާހަކަ އަޑުއިވިވަޑައިގަނެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ އެންމެންގެ ވާހަކަތަކަށް ބަލާއިރު އެންމެން ވެސް ބުނަނީ އެއް ވާހަކައެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އެއީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމުގެ ލަނޑުދަނޑިއަށް ވާސިލުވުމުގެ ވާހަކައާއި މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށްކުރާ އާބާދީތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

މީގެއިތުރުން ޓެކްނޮލޮޖީގެ އައު ވަސީލަތްތައް ބޭނުންކުރުމާ ދިމާލަށް ނުދިޔުމާއި އަންހެނުންނާއި ޒުވާނުން މިކަމުގައި ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މެސެޖްކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިމެސެޖްތައް ގްލާސްގޯ އަށް ގެންނަވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ނެޓް ޒީރޯ އަށް ވާސިލުވުމަށް 100 ޓްރިލިއަން ޑޮލަރު ޚަރަދުކުރުމަށް ވައުދުވެފައިވާއިރު އެފައިސާ ޚަރަދުކުރާނެ ގޮތާއި އިސްކަންދޭނެ ކަންކަން އަދި ސާފުނުވާކަމަށެވެ. މީގެއިތުރުން މޫސުމީ ބަދަލުތަކަށް އެޑަޕްޓް ވުމުގައި މޫސުމީ ބަދަލުތަކުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކަށް ދޭންޖެހޭ ސަމާލުކަން އަބަދުވެސް ދެމުންގެންދަންޖެހޭކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ދުނިޔޭގެ 1.8 ބިލިއަން ޒުވާނުން ނޫ އަދި ފެހި އިޤްތިޞާދުގެ ތެރެއަށް ވައްދާ، އެމީހުންނަށް އިންވެސްޓްކުރަންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގައި ވާހަކަދެއްކި ޑައިނަސޯރ ފްރޭންކީ ބުނިގޮތަށް ނެތިދިޔުން އިޚުތިޔާރުނުކުރުމަށް ޝާހިދު އިލްތިމާސްކުރެއްވިއެވެ. އެންމެން އެކުގައި އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތްކޮށް ހުރި ވަސީލަތަކާއި ގާބިލުކަމެއް ބޭނުންކޮށްގެން ދުނިޔެ ސަލާމަތްކުރުމަށް ޝާހިދު އިލްތިމާސްކުރެއްވިއެވެ.

ކޮޕް26ޢަބްދުﷲ ޝާހިދު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
01 މެއި 2025

ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި

01 މެއި 2025
ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި
31 ޖެނުއަރީ 2025

"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"

31 ޖެނުއަރީ 2025
"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"
25 ނޮވެމްބަރު 2024

2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު

25 ނޮވެމްބަރު 2024
2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު
21 ނޮވެމްބަރު 2024

ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ކަމަށާއި، މިފެންނަނީ މި ސަރުކާރު ބަލިވަމުންދާ މަންޒަރު: ޝާހިދު

21 ނޮވެމްބަރު 2024
ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ކަމަށާއި، މިފެންނަނީ މި ސަރުކާރު ބަލިވަމުންދާ މަންޒަރު: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް