Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފެށުން

ބަޖެޓް 2022: އަންނަ އަހަރު ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފަށަނީ

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2021 | އާދީއްތަ 07:15
ކަނޑުތެރޭގައި ޕްލާސްޓިކް ކޮތަޅެއް، އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް ވަނީ ނިންމާފައި

ކަނޑުތެރޭގައި ޕްލާސްޓިކް ކޮތަޅެއް، އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް ވަނީ ނިންމާފައި

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކަކީ ދައުލަތުގެ މައިގަނޑު ސިޔާސަތުތަކަށް ބާރުދޭ، ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ކަންކަން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންތައްތަކުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް މި ނިންމީ މިދިޔަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ ޕްލޭންގައި މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ޓެކުހެއް ނެގުމަށް ވަނީ ރާވާފައެވެ. މި ޓެކްސް ނެގުމަށް އެ ޕްލޭންގައި ކަނޑައަޅާފައިވަނީ ކޮންމެ ސައިޒެއްގެ ކޮތަޅަކަށް ވެސް ދެ ރުފިޔާއެވެ. މި ޓެކްސް ނަގަން ރާވާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

ބަޖެޓްގައިވާ ގޮތުން އަންނަ އަހަރު ޕްލާސްޓިކް ކޮތަޅު ޓެކުހުން ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 47.7 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރު އާމްދަނީ ހޯދުމަށް ދެން ހުށަހަޅާފައިވާ ކަންކަމަކީ ރިޒޯޓްތައް ހެދުމަށް އައު ރަށްތައް ދޫކުރުމާއި، ރިއަލް އެސްޓޭޓް ޓޫރިޒަމް އިތުރަށް ފުޅާކުރުމާއި، ދިވެހިރާއްޖޭގެ ރަށްތަކުގައި ހިއްކޭ ބިމުގެ ވަކި އިންސައްތައެއް އާންމުންނަށް ވިއްކުމުގެ ސިޔާސަތު ތަންފީޒުކުރުމެވެ. މީގެ ތެރެއިން ގިނަ ސިޔާސަތުތަކަކީ މިހިނގާ 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުނު ނަމަވެސް އެކިއެކި ގޮންޖެހުންތަކާހުރެ، ތަންފީޒުކުރުން މިއަންނަ އަހަރަށް ފަސްކުރެވިފައިވާ ކަންކަން ކަމަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރު ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ.

އައު ކަންތައްތަކުން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީ:

ރިއަލް އެސްޓޭޓް ޓޫރިޒަމްއަށް ބިން ދޫކުރުމަކީ 2021 ވަނަ އަހަރުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަމެކެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމަށް ރަށްތައް ދޫކުރުމަށް ރާވައިފައިވަނީ މޯލްޑިވްސް ފަންޑްސް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) މެދުވެރިކޮށެވެ.

މިގޮތުން 2022 ވަނަ އަހަރު، މި ކުންފުނި މެދުވެރިކޮށް 4 ރަށެއް ހިއްކައި އެ ރަށްތައް ރިއަލް އެސްޓޭޓް ޓޫރިޒަމަށް ދޫކުރެވިގެންދާނެކަމަށް އަންދާޒާކޮށްފައިވެއެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރުމަށް ރާވައިފައިވާ ގޮތުން މި ރަށްތައް ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުން ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނީ މި ވިޔަފާރިން އެމްއެފްއެމްސީއަށްވާ ފައިދާއިން ދައުލަތަށް ދޭ ޑިވިޑެންޑުގެ މިންވަރަކުންނެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރުމަށް އެ ކުންފުނިން ކުރަންޖެހޭ ޚަރަދުތައް ދައުލަތުގެ ބަޖެޓަށް ބުރަނުވާނޭހެން ހިފެހެއްޓުމަށާއި މި މަސައްކަތުން ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، މި ވިޔަފާރި ހިނގުމުން 2022 ވަނަ އަހަރު އެ ކުންފުނިން އިންޓެރިމް ޑިވިޑެންޑް ޑިކްލެއަރކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން 2022 ވަނަ އަހަރު އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި 231.3 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ.

ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށް 12 ރަށެއް ހުޅުވައިލައި އޭގެ ކޮންމެ ރަށަކުން އެކުއިޒިޝަން ފީގެ ގޮތުގައި، 700,000 އެމެރިކާ ޑޮލަރާއި 1 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް 2022 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ.

މީގެ ގިނަ ރަށްތަކަކީ ކުދި އަދި އިންވެސްޓްކުރުމަށް ޑިމާންޑް ދަށްކަމަށް ފެންނަ ރަށްތަކަކަށްވާތީ އެކުއިޒިޝަން ފީގެ ރޭޓު، ކުރީގެ ރޭޓުތަކާ އަޅައިބަލާއިރު ދަށްކަމަށް ބަޖެޓްގައި ފާހަގަކޮށްފައިވެއެވެ. މި ރަށްތައް ވިއްކުމަށް ޓޫރިޒަމް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު 2022 ވަނަ އަހަރު ރިސޯޓުތައް ތަރައްގީކުރުމަށް އައު ރަށްތައް ދޫކޮށްގެން 148.0 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ.

ދައުލަތުން ހިއްކާފައިވާ ބިމަށް ކޮށްފައިވާ ޚަރަދުގެ ބައެއް ދައުލަތަށް އަނބުރާ ހޯދުމުގެ ގޮތުން، ދައުލަތުން ހިއްކާފައިވާ ބިމުގައި ދިރިއުޅުމަށް ދޫކުރާ 30 އިންސައްތަ އަމިއްލަ ފަރާތްތަކަށް ވިއްކުމަށް، 2021 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ އައު ކަމެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ. އެހެން ނަމަވެސް ތަފާތު އެކި ގޮންޖެހުންތަކުގެ ސަބަބުން މި އަހަރުގެ ތެރޭގައި މި ސިޔާސަތުވަނީ ތަންފީޒުނުކުރެވިއެވެ.

މީގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މި ބިންތަކުގެ އިހްތިސާސް ކަނޑައެޅުމަށް ދަތިވުން ވެސް ހިމެނެއެވެ. އެހެންކަމުން މި ގޮންޖެހުންތައް ހައްލުކޮށް 2022 ވަނަ އަހަރު މި ފަދަ ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 34.0 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 24.3 ބިލިއަން ރުފިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު