Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2022 ވަނަ އަހަރުގެ ބަޖެޓް

ދައުލަތުގެ ބަޖެޓް 2022: ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް 4.6 ބިލިއަން ރުފިޔާ

ލ. ގަމުގައި ތަރައްގީ ކުރާ ހޮސްޕިޓަލްގެ މަސައްކަތްވެސް ބަޖެޓުގައި ހިމެނިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 31 އޮކްޓޯބަރު 2021 | އާދީއްތަ 04:34
ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމަށް ބަޖެޓްގައި އިސްކަންދީފައި

ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމަށް ބަޖެޓްގައި އިސްކަންދީފައި

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް އަންނަ އަހަރަށް 4.6 ބިލިއަން ރުފިޔާ ބަޖެޓްގައި ހިމަނުއްވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ސިއްޙީ ދާއިރާގެ ތެރެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާ ކަމަށެވެ. މިގޮތުން ހަގު އުމުރުފުރާތަކުގެ ކުދިންނަށް ވެކްސިން ދެވޭނެ މަގު ފަހިވެގެންދިޔަހާ އަވަހަކަށް ވެކްސިން ހޯދުމަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގެ ޚިދުމަތް މެދުކެނޑުމެއްނެތި، މިހާރަށްވުރެ ރަނގަޅު ފެންވަރުގައި ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާ ކަމަށެވެ.  

Advertisement - newsAdvertisement

ސިއްޙީ ދާއިރާގައި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދެއްވުންކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ، މިކަން ހާސިލުކުރުމަށް ކުރަމުންދާ އެންމެ މުހިންމުކަމަކީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރެއްވުން ކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން މިހާރުވެސް 5 ހޮސްޕިޓަލުގެ ވަސީލަތްތަކާއި ޚިދުމަތްތައް ވާނީ ފުޅާކޮށް ފެންވަރު ރަނގަޅުކުރައްވާފައި ކަމަށާއި، އަދިވެސް އުމްރާނީ ގޮތުން މި ހޮސްޕިޓަލްތަކަށް އިންވެސްޓްކުރެވޭނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މި 5 ހޮސްޕިޓަލަކީ ވެސް އަމިއްލައަށް ހިންގާ ހޮސްޕިޓަލްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާނެ ކަމަށެވެ.

ސިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީއާއި ވަސީލަތްތައް މުއްސަނދިކުރުމާއި ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމަށް ބަޖެޓްގައި އިސްކަން ދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ކެންސަރުގެ ފަރުވާއަށް ހާއްސަކޮށް ލ. ގަމުގައި ތަރައްގީ ކުރާ ހޮސްޕިޓަލްގެ މަސައްކަތް ވެސް ބަޖެޓުގައި ހިމެނިފައިވާނެ ކަމަށާއި، ޕްރައިމަރީ ހެލްތް ކެއާ ނިޒާމު ފުޅާކުރުމާއި، އަތޮޅު ތެރޭގައި ރީޖަނަލް މެންޓަލް ހެލްތް ޕްރޮގްރާމްތައް ފެށުމާއި، އެމަޖެންސީ މެޑިކަލް ސާވިސް ގެ ޚިދުމަތް ހަރުދަނާކުރުމަށް ވެސް ރާއްވަވާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

2022 ވަނަ އަހަރު ސިއްޙީ ދާއިރާއަށް މުވައްޒަފުން އިތުރު ކުރުމަށް ބަޖެޓުގައި ޖާގަ ދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި 160 ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ހިމެނޭ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ކަންކޮޅުތަކުގައި ސިއްޙީ ޚިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށް އެޅޭ ހުރަސްތަކަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު