Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓޭޓް މިނިސްޓަރ ޒުހައިރު

އޭސީސީން ބަލަމުންދަނީ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރާ ސީދާ ގުޅުން ހުރި މައްސަލައެއް ނޫން!

30 އޮކްޓޯބަރު 2021 | ހޮނިހިރު 10:40

އޭސީސީން ނެގީ ހަމައެކަނި ސްޓޭޓްމަންޓެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 އޮކްޓޯބަރު 2021 | ހޮނިހިރު 10:40
ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު

ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަހުމަދު ޒުހައިރު ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޒުހައިރުގެ ކޮރަޕްޝަނުގެ މައްސަލައެއް އޭސީސީން ބަލުމުންދާ ކަމަށް ބުނެ ޚަބަރު އޮންލައިންގައި އާންމުކޮށްފައިވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވިއެވެ. ޒުހައިރު ވިދާޅުވީ ރީޖަނަލް އެއަރޕޯޓްސްގެ މައްސަލަ ބެލުމަށް އެންގީވެސް ޚުދު އޭނާ ކަމަށާއި ބިޑް އިވެލުވޭޝަން ކޮމެޓީ އަދި ޕްރޮކިއުމަންޓާ ބެހޭ އެއްވެސް ކަމެއްގައި ހަރަކާތްތެރިވެފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން އޭސީސީއަށް މީހުން ދީފައި ހުރި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް، ޒުހައިރުގެ ސްޓޭޓްމަންޓެއް އޭސީސީން ނެގި ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ހަގީގަތް ނުބަލާ މިގޮތަށް ޚަބަރުތައް ފަތުރަމުންދާތީ ޒުހައިރު ވަނީ މިކަން ކުށްވެރި ކުރައްވާފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އޭސީސީން ބުނީ ފަޔަރޕްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރާއްޖެ އެތެރެ ކުރި ދެ ބަހާއި ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށެވެ. ވަކި މީހަކަށް ތުހުތަމަތުކޮށް، އެމީހެއްގެ މައުލޫމާތު އާންމުކޮށްފައިނުވާނެ ކަމަށެވެ.

ޚަބަރު އޮންލައިންގައި ބުނެފައިވަނީ ކޮރަޕްޝަންގެ މައްސަލަ ބަލަމުންދާއިރު ކަމާއި ގުޅޭ ލިޔެކިޔުންތައް ހޯދުމަށް އޭސީސީން ޓްރާސްޕޯޓް މިނިސްޓަރ ނަހުލާއަށް ދަންނަވާފައިވާ ކަމަށެވެ. އަދި އެކަމުގައި ބޭނުންވާ އެންމެހާ ލިޔުންތައް ހޯދުމަށް އެދިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށާއި 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުރިހާ ލިޔުންތަކެއް އޭސީސީއަށް ފޮނުވުމަށް އެދިފައިވާ ކަމަށެވެ. އޭސީސީން ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ރީޖަނަލް އެއަރޕޯޓްސްގެ ނަންބަރު 448/1/2019/44(IUL) (21 އޮގަސްޓް 2019) އިއުލާނާ ގުޅިގެން ބިޑް ކާމިޔާބު ކުރި ފަޔަރޕްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރާއްޖެ އެތެރެ ކުރި ދެ ބަހާ ގުޅޭ އެއްވެސް ޕޭމަންޓެއް ރީޖަނަލް އެއަރޕޯޓްސް ކުންފުންޏަކަށް ބަދަލު ކުރުމާ ހަމައަށް ހަދާފައިވާނަމަ، އެކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ހަވާލު ކުރުމަށާއި، އަދި އެކަމާގުޅޭ އެއްވެސް ޕޭމަންޓެއް ހަދާފައިނުވާނަމަ، އެކަން ބަޔާންކޮށް ވަކި ލިޔުމެއް ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައި ކަމަށް އެ ނޫހުގައިވެއެވެ.

މީގެ އިތުރުން ރީޖަނަލް އެއަރޕޯޓްސް އޮވަރސީ ކުރުމުގެ މަސައްކަތް ސްޓޭޓް މިނިސްޓަރ، އަޙްމަދު ޒުހައިރާ އެއްވެސް ދުވަސްވަރެއްގައި ހަވާލުކޮށްފައިވާނަމަ، އެކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް (އެ މަސައްކަތް ހަވާލުކުރެވުނު ތާރީޚް، ހަވާލުކުރެވުނު ޒިންމާތަކާއި، ބާރުތައް، އެކަން ރީޖަނަލް އެއަރޕޯޓްސްއަށް އަންގާ ފޮނުވުނު ލިޔެކިޔުންތައް ހިމަނައިގެން) އަދި އެފަދަ މަސައްކަތެއް ހަވާލުކޮށްފައިނުވާނަމަ، އެކަން ބަޔާންކޮށް ވަކި ލިޔުމެއް ހޯދުމަށްވެސް އޭސީސީން އެދިފައިވާ ކަމަށް ޚަބަރު އޮންލައިންގައިވެއެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް