Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
215 ކިލޯ ޑްރަގް ކޭސް

215 ކިލޯ ޑްރަގް ފެނުނީ ރ.ރާނބުގަލީ ކަށިކެޔޮ ގަސްގަނޑެއްގެ ތެރޭގައި ހުރި ގޯނިތަކަކުން

ދެ މީހުންނަށް ފުލުހުން އަނިޔާކުރި ކަމުގެ ޝަކުވާ ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2021 | ހޮނިހިރު 07:50
215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ

215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ

215 ކިލޯ ޑްރަގް ފެނުނީ ރ.ރާނބުގަލީ ކަށިކެޔޮ ގަސްގަނޑެއްގެ ތެރޭގައި ހުރި ގޯނިތަކަކުންކަން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ރ. މަޑުއްވަރި، ފިނިފަރު، ޢަލީ ޝާކިރު (42އ) އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘް (33އ) ގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މި މައްސަލައިގައި ހިމެނޭ އައިއޯއިން ފާހަގަކޮށްފައިވާ ވާހަކަތަކުންނެވެ. އެގޮތުން މި ދެ މީހުންގެ ބަންދަށްވެސް އިތުރު 15 ދުވަސް ޖަހާފައިވާއިރު، މި ދެމީހުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަން އިންޓެލިޖެންސް ރިޕޯޓުންވެސް އެނގޭކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ އައިއޯއިން ފާހަގަކުރާ ގޮތުގައި ފެށުން 2 ކިޔާ ލޯންޗެއްގައި މި ދެމީހުން ރ މަޑުއްވަރީއަށް ވަތް ވަގުތު ބަލައި ފާސްކޮށްފައިވާކަމަށް ސީންގައި ހަރަކާތްތެރިވި އޮފިސަރުން ވަނީ ބުނެފައެވެ. އަދި އޭރު ލޯންޗުން ގިނަ އަދަދެއްގެ ޕެޓްރޯލް ހަންތަކާއި، ސެޓެލައިޓު ފޯނެއް ފެނިފައިވާއިރު، އެ ސަރަޙައްދުގައި ހުރި ފަޅު ރަށްތައްވެސް އޮފިސަރުން ވަނީ ބަލައި ފާސްކޮށްފައެވެ. މިގޮތަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ރ ބޮޑުފަރު ފިނޮޅުން ޕެޓްރޯލް ހުސްކުރި 20 ލީޓަރުގެ 63 ހަން ފެނިގެން އޮފިސަރުން އެމީހުންނާ ސުވާލު ކޮށްފައިވާކަމަށާއި، ޖަވާބުގައި އެއީ މަސްތުވާތަކެތި ބަލާ ދިއުމަށް ޓެސްޓު ދަތުރެއް ކުރަން ބޭނުންކުރި ހަންތަކެއްކަމަށް އެމީހުން ބުނެފައިވާކަންވެސް އޮފިސަރުން ފާހަގަ ކުރެއެވެ.

ސީންގައި ޙަރަކާތްތެރިވި އޮފިސަރުން މައުލޫމާތު ދޭ ގޮތުގައި އެ ދެމީހުން އެތެރެކުރި މަސްތުވާތަކެތި ރ ރާނބުގަލީގައި ހުންނާނެކަމަށް ބުނެ އެތަކެތި ފުލުހުންނަށް ދެއްކިއެވެ. އެގޮތުން އެތަކެތި ފެނިފައިވަނީ އެމީހުން އެތަކެތި ހުންނާނެކަމަށް ބުނި ކަށިކެޔޮ ގަސްތަކުގެ ތެރޭގައިކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެތަނުން މަސްތުވާތަކެތި އަޅާފައި ހުރި 11 ގޯނި ފުލުހުން ހޯދާފައިވެއެވެ. އަދި އެތަކެތީގެ ވަގުތީ ބަރުދަނުގައި 215 ކިލޯ ހުންނާނެކަންވެސް ފުލުހުން ފާހަގަ ކުރެއެވެ.

އޭގެ އިތުރުން، ލޯންޗުން ފެނުނު ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓުވެސް ފުލުހުން ވަނީ ބަލާފައެވެ. އަދި ފޯނުގައި ހުރި މެސެޖުތަކުގައި އެމީހުން ރާއްޖެ ސަރަޙައްދުން ބޭރަށް ދިޔަ ކަމުގެ މެސެޖުތަކާއި، ބޯޓަކާއި ބައްދަލުކުރި ކަމުގެ މެސެޖުތަކެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ދިފާއުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ދެ މީހުންނަށް ފުލުހުން އަނިޔާކުރި ކަމުގެ ޝަކުވާ ކޮށްފައިވާތީ, އެކަން ބެލުމަށް އެޗްއާރްސީއެމްއަށް ކޯޓުން ވަނީ އަންގާފައެވެ. އެގޮތުން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ފަހުން ފަޅު ރަށަކަށް ގެންގޮސް އަނިޔާކޮށްފައިވާކަމަށް އެމީހުން ވަނީ ބުނެފައެވެ. އެމީހުން ވަނީ ޕެޕަރ ސްޕްރޭ ޖަހައި، ގައިގައި ތަޅައި އެތައް އަނިޔާއެއް ކޮށްފައިވާކަމަށް ތުހުމަތު ކޮށްފައެވެ. އަދި އަނިޔާއިން ރެކުމަށްޓަކައި ޕެޓްރޯލް ހަންތަކާއި ގުޅޭގޮތުން އެއްޗެއް ބުނެވިފައި އޮވެދާނެ ކަމަށާއި، ނަމަވެސް ފުލުހުން އެ ފާހަގަކުރާ ގޮތަށް މަސްތުވާތަކެއްޗާ ގުޅޭގޮތުން އެއްޗެއް ބުނެފައިނުވާނެކަމަށް އެމީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝްއިން މާލެ އައި މީހެއްގެ އަތުން 7 ކިލޯގެ ކެނަބިސް އަތުލައިގަނެފި

ބަންގްލަދޭޝްއިން މާލެ އައި މީހެއްގެ އަތުން 7 ކިލޯގެ ކެނަބިސް އަތުލައިގަނެފި

07 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
ކަނަމަދު ކިލޯއެއް 800 ރުފިޔާއަށް އަރައިފި

ކަނަމަދު ކިލޯއެއް 800 ރުފިޔާއަށް އަރައިފި

04 ޖޫން 2017
ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

09 މެއި 2017
 ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

27 އެޕްރީލު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު